Support Us

ކޮލަމް ކޯދު: މިސާލު ބަހެއް ބުނާ ވާހަކައެއް

އިނގިރޭސި މިސާލު ބަހެއްގައި އޮވެއެވެ. "އަބަދުވެސް، މަސް ކުނިވަނީ ބޮލުން ފެށިގެން ތިރިއަށެވެ. [ދަ ފިޝް އޯލްވޭސް ސްޓިންކްސް ފްރޮމް ދަ ހެޑްސް ޑައުންވާރޑްސް.]

މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ އެ ބަހުގައި ބުނާ ލަފްޒީ މާނައިގެ މައްޗަށް ބަލާލާ އިރު ދޭހަވަނީ، މަހެއްގެ ތާޒާކަން މަހުގެ ބޮލުގެ ހާލަތަށް ބަލާލައިފައި އެނގޭނޭ ކަމެވެ. މަހުގެ ބޯ ހަލާކުވެ ކުނިވެފައި އޮތް ނަމަ، މުޅި މަސް ވެސް އޮންނާނީ ހަލާކުވެ ކުނިވެފައި ކަމެވެ.

ދެން މިއިން ގަސްދުކުރެވޭ މާނައިގެ މައްޗަށް ނަޒަރު ހިންގާލާ ނަމަ، ދޭހަވަނީ ތަނެއްގެ މަސްއޫލުވެރިން ފާސިދުވެއްޖެ ނަމަ، ތަނުންގެ އާންމުން ފާސިދުވެ ހިނގައިދާނޭ ކަމެވެ.