ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓަން ވަޒީރުންނަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕގެ ވެސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު އޮތްތޯ ކޮންމެހެން ބަލަން ނުޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާމަނިކު ވިދާޅުވެއްޖެ އެވެ.
މޫސަ ކުރެއްވި ޓްވީޓެއްގައި މި ގޮތަށް ވިދާޅުވީ ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު މަޖިލީހަށް ވައްދަވާނެކަން ޢިއުލާން ކުރައްވާފައި ވަނިކޮށް ޝާހިދަށް އިތުބާރު އޮތް ކަމަށް މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވުމާއެކުއެވެ.
ރައީސް ސޯލިހުގެ ސަރުކާރު ދަމަހައްޓަން ވަޒީރުންނަށް ދެން ކޮންމެހެން މަޖްލިސް ރައީސްގެ އިތުބާރު އޮތް ވާހަކަ ގޮވާކަށް ބޭނުމެއް ނުވޭ ހެން ހީވަނީ ؟ ރ ސޯލިޙް ގެފުރިހަމަ ބާ ރު މަޖްލީހުގަ އަދި އޮތީމަތާ ރ ނަޝީދަށްއަށް @faya_i އަށްގޮތެއް ނުހެދިގެންއުޅެނީ
— Moosa Maniku (Reeko) (@ReekoMoosa) August 22, 2020
މިފަހަކަށް އައިސް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މޫސަ ވިދާޅުވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް ވެސް ގޮތެއް ނުހެއްދެވިގެން ރައީސް ނަޝީދު އެ އުޅުއްވަނީ ރައީސް ސޯލިހުގެ ފުރިހަމަ ބާރު ރައްޔިތުންގެ މަޖިލީހުގައި އޮތުުމުން ކަމަށެވެ.
ސަރުކާރުގެ ތެރޭގައި ބާރުގަދަ ވަޒީރެއްގެ ގޮތުގައި ބެލެވޭ އިކޮނޮމިކް މިނިސްޓަރުގެ އިތުބާރުނެތްކަމުގެ ވޯޓް ނެގުމަށް ރައީސް ނަޝީދު އިސްވެ ކުރައްވަމުންގެންދަވާ މަސައްކަތަށް މަޖިލިސް މެންބަރުންގެ ތާއީދު ނުލިބި އެމްޑީޕީގެ މެންބަރުންގެ ހިތްހަމަނުޖެހުން ދަނީ ފާޅުކުރަމުންނެވެ.
ޝާހިދުގެ ދިފާއުގައި ރައީސް މުހައްމަދު ނަޝީދު ކުރެއްވެވި ޓްވީޓާ ގުޅިގެން ރައީސް ނަޝީދަށް ޝުކުރު ދަންނަވައި ޝާހިދުވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ.



advertisment