Support Us

މަޖިލީސް މެމްބަރުންގެ އަދަދު 77 އަށް ކުޑަކުރަން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅަނީ

ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 77 އަށް ކުޑަކުރައްވަން ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްުޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ސައިޒް ވެސް ހަމައަކަށް އަޅުވަންޖެހޭ ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ. އަދި މަޖިލީހުގެ ހިމެނިވަޑައިގެންނަވާ ސަރުކާރުގެ މެމްބަރުން އިސްނަގައިގެން އެކަމާ ބެހޭ ގަރާރެއް މަޝްވަރާކުރައްވާފައިވާތީ އެކަމަށް ރައީސް ޝުކުރު އަދާކުރެއްވި އެެވެ.

ރައީސް ވިދާޅުވީ މިހާރު މިދާ ގޮތަށް ދާނަމަ އާބާދީ ބޮޑުވަމުންދާ ވަރަކަށް މަޖިލިސް މެމްބަރުންގެ އަދަދު 100 އަށްވުރެ ވެސް މައްޗަށް އަރައިގެން ހިނގައިދާނެ ކަަމަށާއި އެއީ މާނައެއް ހުރި ކަމެއް ނޫން ކަމަށެވެ.

"(،ަޖލިސް) ކުޑަކުރަން ވިސްނާއިރު ވެސް މާ ކުޑަކޮށްލީމަ އެއީ ރަނގަޅު ގޮތަކަށް ނުވާނެ. އެންމެ ރަނގަޅު ގޮތަކަށްވާނީ 17 ވަނަ މަޖިލިސްގައި އޮތް އަދަދު އެއީީ 77 މެމްބަރުން، 77 މެމްބަރުންނަށް މަޖިލީސްގެ މެންބަރުންގެ އަދަދު ލިމިޓްކޮށް ހަމަޖެއްސުން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ހޮވާ ރައްޔިތުންގެ މަޖިލީހަކީ 93 މެމްބަރުންނަށް ވުރެ އިތުރުވެގެންދާ އަދަދެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި 77 އަށް ބަދަލުކޮށް އެއަށްވުރެ އަދަދު އިތުރުނުވާނެ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިކަމުގެ ސަބަބުން މަޖިލީހަށް ކުރަންޖެހޭ ހަރަދުތައް ވެސް ވަރަށް ބޮޑުތަނުން ކުޑަވެގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ގާނޫނޫ އަސާސީއަށް އަމަލް ކުރަން ފެށި ފަހުން މިހާތަނަށް ބާއްވައިފައިވާ މަޖިލީސް އިންތިހާބުތަކުގައި ކޮންމެ ފަހަރަކު ވެސް މެމްބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެެ. އެގޮތުން 2009 ވަނަ އަހަރު 77 މެމްބަރުން ތިބި މަޖިލިސްގައި މިހާރު ތިބީ 93 މެމްބަރުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *