Support Us

އަންދާޒާ ކުރި މިންވަރަށް ވުރެ އިތުރުވެ، 194 މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް19 ޖެހޭ މިންވަރު އަންދާޒާކުރި މިންވަަރަށްވުރެ އިތުރުވެ، މިއަދު 194 މީހުން މި ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗް.ޕީ.އޭ) އިން ބުނީ ކޮވިޑް ޖެހިގެން މިއަދު ޕޮޒިޓިވްވި 194 މީހުންގެ ތެރޭގައި ހިމެނެނީ 167 ދިވެހިންނާއި 16 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ހަތް މީހުންނާއި ސްރީލަންކާ މީހަކާއި ނޭޕާލް މީހަކާއި ޖަޕާން މީހަކާއި ތައިލޭންޑް މީހެއްގެ އިތުރުން އިޓަލީ މީހެއް ކަމަށެވެ. މި ބައްޔަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 191 މީހުންނަކީ މާލެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އެންއީއޯސީން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މި އޮގަސްޓް މަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެ އެވެ. އަދި އެ ސެންޓަރުން އަންދާޒާ ކުރި މިންވަރަށް ވުރެ އިތުރަށް މިއޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލި ޖެހިގެން މިމަހުގެ މިހާތަނަށް ނުވަ މީހުން މަރުވެފައިވާއިރު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 25 އަށް އަރައިފައެވެ.

ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 6564 އަށް އަރައިފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2527 ހިމެނޭއިރު 166 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *