މަތީގައި އެވާ ތަސްވީރަށް ބަލާލައި ނަޒަރު ހިންގާލުމަށް ފަހު، މީހަކު ބުންޏެވެ:
"އެ ތަސްވީރުން އަހަންނަށް ފެންނަނީ އަހަރެންގެ ގައުމުގެ ހާލަތެވެ. ގައުމުގެ ލަގަން އޮތީ ގައުމު ހިންގުމަކީ ގައުމުގެ ޚަޒާނާގެ އިބްތިދާއީ، އަދި އެންމެ މުހިއްމު، ބޭނުމަކީ އެ މީހުންގެ އަމިއްލަ، ޝަޚްސީ ބޭނުންތައް ފުއްދުންކަން ގަބޫލުކޮށް އެކަމަކަށް އަމަލީ ސިފަ ގެނެސް، ތަނަވަސްވެ، 'ފަލަވަމުންދާ' މީހުންގެ އަތުގައެވެ. ދެން، ތަސްވީރުން އެ ފެންނަ ކުޑަކުއްޖާ ރަމްޒުކޮށްދޭ، އެ މީހުންގެ ގައުމު އޮތީ ހަދާނެ ނުހަދާނެ ގޮތެއް ނޭނގި ހާސްކަން މަތީގައެވެ. ކުރިމަގު ނުފެނެއެވެ. އަދި، އިންތާނގައި ހަމަޖެހިގެން އިނދެވޭކަށް ވެސް ނެތެވެ. އަނެއްކޮޅުން ވަށައިގެން ބަލާލެވުނަސް، ރައްޔިތެއް ފެންނާކަށް ނެތެވެ. ޝިކާރައެއް ސިންގާތަކެއްގެ އަތްމައްޗަށް ދޫކޮށްލެވިފައިވާ ފަދައިން، ރައްޔިތުންގެ އެންމެން ވެސް އެމީހުންގެ އަމިއްލަ ކަންކަމައިގެން މަޝްޣޫލުވެ ގައުމުގެ ހާލަތް މަތިން ހަނދާން ނެތިއްޖެއެވެ!
