ދައުލަތުގެ ހަރަދުތައް ކުޑަކުރުުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވެފައިވަނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށާއި ސަރުކާރުގެ ރިކަރެންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަަވަޅުތައް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އެގޮތުން ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި އެކިއެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަަކަށް ކުރާ ހަރަދުކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ މިގޮތުން ކުރިއަށް އޮތް މިނިވަން ދުވަހުގެ ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަންތައް ފަދަ ކަންކަން ނުބޭއްވުމަށާއި މިނިވަން ދުވަހާ ފާހަގަކުރުމަށް ހަމައެކަނި ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައެއް ކުޑަކުރުމަށް ވާނީ ކަމާ ބެހޭ ފަރާތްތަކަށް އަންގާފައި،" ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުުރުމަށް ކުރިއަށް އޮތް ތަނުގައި ވެސް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަަަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުއިއްޒު ނިންމަވާފައި މިވަނީ މިއަހަރުގެ ދައުލަތުގެ ބަޖެޓް ފައިނޭންސް ކުރުުުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ އެވެ.
ދައުލަތުގެ މާލީ ވަޒީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނަވާާ ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވެސް ގެންދަވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ހުށަހަޅުއްވަމުންނެވެ.
މީގެ އިތުރުން ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.



advertisment