Support Us

ސުރުޚީއަކާ ނުލައި

މަތީގައި އެ ފެންނަ ތަސްވީރުން ދައްކުވައިދެނީ އެއްކަމެއް ކުރާ ތަނެވެ. ދެ މީހުން ވެސް މުތާލިއާ ކުރަމުން އެ ދަނީ އަނެއް ޖިންސުގެ މީހުން ދަސްކޮށް މުއާމަލާތް ކުރާނެ ގޮތް ދަސްކުރުމުގެ މަސައްކަތެވެ.

ފިރިހެން މީހާ މަސައްކަތްކުރަނީ އަންހެނުން ދަސްކޮށް އަންހެނުންނާ މުއާމަލާތް ކުރާނެ ގޮތް ދަސްކުރުމެވެ. އަންހެން މީހާ މަސައްކަތްކުރަނީ ފިރިހެނުން ދަސްކޮށް ފިރިހެނުންނާ މުއާމަލާތް ކުރާނެ ގޮތް ދަސްކުރުމެވެ.

ނަމަވެސް، މިކަމުގައި އަންހެން މީހާ ކިޔާލަން އޮތީ ހަމައެކަނި އެންމެ ސަފުހާއެކެވެ. މިއާ ޚިލާފަށް ފިރިހެންމީހާ ބޮޑު ފޮތެއް ކިޔަން ޖެހެއެވެ. އަދި އެއީ އެ ފޮތްބައިގެ ފުރަތަމަ ޖިލްދެވެ. ބުނެވޭ ގޮތުގައި މި ސައިޒުގެ 10 ފޮތް އަދި ކިޔަން ޖެހެއެވެ. އަންހެނުން ދަސްކޮށް، އަންހެނުންނާ މުއާމަލާތް ކުރަން ވެސް އުނގެނުމަށެވެ!