Support Us

ސަގާފީ ގިނަ ހަރަކާތްތަކާއެކު ހުޅުމާލެ ކުލަގަދަ ޢީދަކަށް

ސަގާފީ ގިނަ ހަރަކާތްތަކާ އެކު މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ތައްޔާރީތައް އެޗްޑީސީން ފަށައިފިއެވެ.

"މައި ހުޅުމާލެ ޢީދު އުފާ" ނަމުގައި ތިން ދުވަހަށް ކުރިއަށްގެންދާ މި އިވެންޓަކީ ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކާއެކު ކުރިއަށް ގެންދާ އިވެންޓެއް ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

އަޟްހާ އީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 15 ވާ ހޮނިހިރު ދުވަހުގެ ރޭ، އީދު ވެދުމާދިއުމުގެ ހަރަކާތުންނެވެ. ހުޅުމާލޭގައި މިއަހަރު އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައިވަނީ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކް އަދި ފޭސް ދޭއްގެ ކްރިކެޓް ސްޓޭޑިއަމްގައެވެ. ޢީދު ނަމާދަށްފަހު ސިންތެޓިކް ޓްރެކުގައި އީދު ބޮނޑިބަތް އޮންނާނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

މީގެ އިތުރުން ޖޫން 16 އަދި 17 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ދިވެހިންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑުމަސް ދުއްވުމާއި މާލި ޕެރޭޑާއި ކޯޑިކެޑުން ފަދަ ތަފާތު ހަރަކާތްތައް ހިމެނޭނެ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ. އަދި މި ޢީދު އުފާ ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ހަވާއެރުވުމުގެ ހަރަކާތްތައްވެސް ކުރިޔަށްދާނެއެވެ. ހަމަ މިއާއެކު، ދިވެހި ފަންނާނުންގެ މިއުޒިކް ޝޯ ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

"މި އީދު ހަރަކާތްތަކުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިފަރާތަކަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސްގެ ފަރާތުން 160 ސީސީ އެއަރ ބްލޭޑް ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ." އެޗް.ޑީ.ސީން ބުނެއެވެ.

"އެހެންކަމުން ތަފާތު އެކި ހަރަކާތްތަކާއެކު ކުރިއަށްގެންދާ "މައި ހުޅުމާލެ ޢީދު އުފާ" އާ އެކު މިއަހަރުގެ އަޟްހާ ޢީދު ވެގެންދާނީ ވަރަށް ފޯރިގަދަ ޢީދަކަށެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *