Support Us

ކޮވިޑަށް މިއަދު 145 މީހުން ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް މިއަދު 145 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗް.ޕީ.އޭ) އިން ބުނީ ކޮވިޑް ޖެހިގެން މިއަދު ޕޮޒިޓިވްވި 145 މީހުންގެ ތެރޭގައި ހިމެނެނީ 123 ދިވެހިންނާއި 11 ބަންގްލަދޭޝް މީހުންނާއި ސްރީލަންކާގެ ފަސް މީހުންނާއި އިންޑިއާގެ ތިން މީހުންނާއި ނޭޕާލް މީހަކާއި ޖަޕާން މީހެއްގެ އިތުރުން ޖޯޑަން މީހެއް ކަމަށެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 142 މީހުންނަކީ މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންނެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އަދި އެންއީއޯސީން އަންދާޒާކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލި ޖެހިގެން މިމަހުގެ މިހާތަނަށް އަށް މީހުން މަރުވެފައިވާއިރު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 24 އަށް އަރައިފަ އެވެ.

ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 6370 އަށް އަރައިފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2431 ހިމެނޭއިރު 161 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް