Support Us

މީހަކު ބުނާ ވާހަކައެއް: ވަގުތުގެ އަގު

* ދިހަ އަހަރު ދުވަހުގެ އަގު ވަޒަންކޮށް، ދެނެގަތުމަށްޓަކައި، ދިހަ އަހަރުގެ ކައިވެންޏަކަށް ފަހު، އެ ކައިވެނި ރޫޅިފައިވާ މީހެއް ކުރެން އަހާށެވެ!

* ހަތަރު އަހަރު ދުވަހުގެ އަގު ވަޒަންކޮށް، ދެނެގަތުމަށްޓަކައި، ހަތަރު އަހަރު ކިޔަވައި، ޔުނިވަރސިޓީއަކުން ދަސްވެނިވެފައިވާ މީހެއް ކުރެން އަހާށެވެ!

* އެއް އަހަރު ދުވަހުގެ އަގު ވަޒަންކޮށް، ދެނެގަތުމަށްޓަކައި، އިސްކޫލުގައި ނުވަތަ ޔުނިވަރސިޓީގައި ފޭލިވެ، އެއް އަހަރު ތަކުރާރުކުރަން ޖެހުނު ކުއްޖެއް ކުރެން އަހާށެވެ!

* ނުވަސް މަސް ދުވަހުގެ އަގު ވަޒަންކޮށް، ދެނެގަތުމަށްޓަކައި، ނުވަ މަސް ފުރައި ވިހޭ މަންމައެއް ކުރެން އަހާށެވެ!

* ހަފްތާއެއްގެ އަގު ވަޒަންކޮށް، ދެނެގަތުމަށްޓަކައި، ހަފްތާއަކު އެއް ފަހަރު ނިކުންނަ ނޫހެއްގެ އެޑިޓަރެއް ކުރެންއަހާށެވެ!

* އެއް މިނެޓުގެ އަގު ވަޒަންކޮށް، ދެނެގަތުމަށްޓަކައި، ފެރީއެއް، ބަހެއް، ރޭލެއް، ނޫނީ މަތިންދާ ބޯޓެއް، އެއް މިނެޓު ލަސްވެގެން ދަތުރު ނުލިބުނު މީހެއް ކުރެން އަހާށެވެ.

* އެއް ސިކުންތުގެ އަގު ވަޒަންކޮށް، ދެނެގަތުމަށްޓަކައި، ސިކުންތެއްގެ މުއްދަތުގެ ސަބަބުން އެކްސިޑެންޓަކުން ސަލާމަތްވި މީހެއް ކުރެން އަހާށެވެ!

* ކާމިޔާބުގެ އަގު ވަޒަންކޮށް، ދެނެގަތުމަށްޓަކައި، ފޭލިވެފައިވާ މީހެއް ކުރެން އަހާށެވެ!

* މިނިވަންކަމުގެ އަގު ވަޒަންކޮށް، ދެނެގަތުމަށްޓަކައި، ޖަލުގައި ހައްޔަރު ކުރެވިފައިވާ ގައިދީއެއް ކުރެން އަހާށެވެ!

* ގާތް ތިމާގެ މީހެއްގެ ނޫނީ ހަޔާތުގެ ބައިވެރިޔާގެ ނޫނީ ލޯބިވެރިއެއްގެ ނޫނީ ރަހުމަތްތެރިއެއްގެ އަގު ވަޒަންކޮށް، ދެނެގަތުމަށްޓަކައި، އެއިން މީހެއް ގެއްލުމުގެ ތަޖުރިބާކޮށްލާށެވެ!

އާދެ، އެކަކަށް ވެސް ވަގުތު މަޑުޖައްސާލައި ހުއްޓިގެން ނުހުރެއެވެ. ވަގުތު ހުންނަނީ އަބަދުވެސް ހިނގަހިނގައެވެ. އެ ހިނގުމާއެކު، ހަޔާތުގެ ދުވަސްތައް ނިގުޅި، ފާއިތުވަމުންދެެއެވެ. އާދެ، އިއްޔެގެ ތުއްތު ކުދިންނަކީ މިއަދުގެ ބޮޑެތި ކުދިންނެވެ. މިއަދުގެ ބޮޑެތި ކުދިންނަކީ މާދަމާގެ ޒުވާނުންނެވެ. މާދަމާގެ ޒުވާނުންނަކީ އަނެއް ދުވަހުގެ ބޮޑެތި މީހުންނެވެ. ދެން އެ މީހުންނަށް އޮންނާނީ އެހެން މީހުންނަށް އެ ޖާގަ ދީފައި އަލްވަދާއުކިޔުމެވެ. އެހެންވެ، ވަގުތުގެ އަގު ވަޒަންކޮށް ދެނަގަންނަން ޖެހެއެވެ. ގާތް މީހުންނާ އެކު ހޭދަކޮށްލާ ކުޑަކުޑަ ހިނދުކޮޅަކީ ވެސް ވަރަށް މުހިއްމު ވަގުތުކޮޅެކެވެ. އޭގެ އަގު ވަޒަންކޮށް ދެނެގަންނަން ޖެހެއެވެ. ދެކޮޅުވެރިކަމާއި ރުޅިވެރިކަން ދޫކޮށް، ހެޔޮނޭދުމާއި ހަސަދަވެރިވުން ހިތުން ފިލުވާލައި، ލޯތްބާއި ކަމޭހިތުމާއި އަޅާލުމާއި ހެޔޮ އެދުމާއެކު އެންމަނާ އެކުވެސް ލިބިފައި އޮތް ވަގުތުކޮޅު ހޭދަކުރެވޭތޯ ބަލަން ޖެހެއެވެ. އެއީ ތިމާގެ ނޫނީ އަނެކުންގެ ދުނިޔެމަތީގެ އެންމެ ފަހުގެ ވަގުތުކޮޅަށް ވެސް ވެދާނެއެވެ!