Support Us

ޕޯޓް ސެކިއުރިޓީ އޮފިސަރުން ކޯހުގެ އެންމެ މޮޅު ބައިވެރިޔަކަށް އަފްސަލް

އެމް.ޕީ.އެލްގެ ޕޯޓް ސެކިއުރިޓީ އޮފިސަރުންނަށް ހިންގި "ޕޯޓް ސެކިއުރިޓީ ޓްރެއިނިން– ސެޓްފިކެޓް 1″ ކޯހުގެ އެންމެ މޮޅު ބައިވެރިއަކަށް ސީނިއަރ ސެކިއުރިޓީ އިންސްޕެކްޓަރ، އަފްސަލް އިބްރާހިމް ހޮވައިފިއެވެ.

ޕޯޓް ސެކިއުރިޓީގައި މަސައްކަތް ކުރާ އޮފިސަރުންނަށް ބޭނުންވާ ހުނަރާއި ޢިލްމު އުނގަންނައިދީ، ހަރުދަނާ ސެކިއުރިޓީ އޮފިސަރުން އުފެއްދުމުގެ މަޤްޞަދުގައި އެމް.އެން.ޑީ.އެފާއި އެމް.ޕީ.އެލް ގުޅިގެން، ހުސްވި އަހަރުގެ ނޮވެމްބަރު ފަހަކުން އެއް މަސް ދުވަހަށް ކުރިއަށް ގެންދިޔަ ކޯހުގައި އެމް.ޕީ.އެލްގެ 18 ސެކިއުރިޓީ އޮފިސަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހިތަދޫ ޕޯޓުގެ ދެ ބައިވެރިންނާއި ކުޅުދުއްފުށި ޕޯޓުގެ ދެ ބައިވެރިން ހިމެނެއެވެ.

އެމް.އެން.ޑީއެފް އިން ކުރިއަށް ގެންދިޔަ މި ކޯހުގެ ބައިވެރިންނަށް މިއަދު އޮތް ރަސްމިއްޔާތުގައި ބެޖާއި ސެޓްފިކެޓް ދިނުން އޮތެވެ. އަދި ބައެއް ވަނަތަކަށް ހޮވުނު ބައިވެރިންނަށްވެސް ވަނީ އިނާމު ދީފައެވެ.

ކޯހުގެ ރަން ވަނަތަކަށް ހޮވުނު ބައިވެރިން:

1– އަފްސަލް އިބްރާހިމް، ސީނިއަރ ސެކިއުރިޓީ އިންސްޕެކްޓަރ– ބެސްޓް އޯލް ރައުންޑް

2– މުޙައްމަދު ނުހާދު، ސީނިއަރ ސެކިއުރިޓީ އެސިސްޓަންޓް– ބެސްޓް އިން މެރިޓް

3– މުޙައްމަދު އަބްދުﷲ، ސީނިއަރ ސެކިއުރިޓީ އެސިސްޓަންޓް– ފިޓަސްޓް ޕާޓިސިޕަންޓް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *