Support Us

ކޮވިޑް19 އަށް މިއަދު މީހަކު ޓެސްޓްކުރަނީ.  -އަދިވެސް ފޮޓޯ: އަބޫ

ކޮވިޑަށް މިއަދު 146 މީހުން ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް މިއަދު 146 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗް.ޕީ.އޭ) އިން ބުނީ ކޮވިޑް ޖެހިގެން މިއަދު ޕޮޒިޓިވްވި 146 މީހުންގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި 21 ބަންގްލަދޭޝް މީހުންނާއި ސްރީލަންކާގެ ފަސް މީހުންނާއި އިންޑިއާގެ ދެ މީހުންގެ އިތުރުން ފިލިޕީންސް މީހެއް ކަމަށެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 144 މީހުންނަކީ މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންނެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އަދި އެންއީއޯސީން އަންދާޒާކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލި ޖެހިގެން މިމަހުގެ މިހާތަނަށް އަށް މީހުން މަރުވެފައިވާއިރު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 24 އަށް އަރައިފައެވެ.

ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 6225 އަށް އަރައިފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2413 ހިމެނޭއިރު 152 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *