Support Us

ސަރުކާރަށް ސުޕަރ މެޖޯރިޓީ ލިބުމުގެ އުފާ ފާޅުކުރަން މިރޭ ހަވާ އަރުވަނީ

ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ލިބުމުގެ އުފާފާޅުކުރުމުގެ ގޮތުން މާލޭގައި މިރޭ ހަވާ އަރުވާ ގޮތަށް ހަަމަޖައްސަައިފި އެވެ.

ޕީއެންސީން ބުނީ ސަރުކާރަށް ސުޕަރ މެޖޯރިޓީ ލިބުމުގެ އުފާފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށްދާނީ މިރޭ 8:30 އިން ފެށިގެން އާޓިފިޝަލް ބީޗުގެ ސަރަހައްދުގައި ކަމަށެވެ. މި ހަރަކާތުގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުގެ ދެކަނބަލުންނާއި ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިންގެ އިތުރުން ޕީ.އެންސީގެ ޓިކެޓާއި ސަރުކާރުގެ ތާއީދާއެކު ދާއިރާތަކަށް ހޮވުނު މެމްބަރުން ވެސް ބައިވެރިވާނެއެވެ.

"ދިވެހީންގެރާއްޖެ މަޖިލީހަށް- މަރުހަބާ ދިވެހީން"ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިިވުމަކީ ޕީއެންސީގެ އެދުމެކެވެ.

ޖުމްލަ 93 ދާއިރާއަށް މަޖިލީސް މެމްބަރުން އިންތިހާބު ކުރުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ޕީ.އެން.ސީ އަށާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް 70 ގޮނޑިއަށް ވުރެ ގިނައިން ލިބިފައިވާއިރު ރައީސް މުއިއްޒު އަޒުލްކުރަން ނުކުތް އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑި އެވެ. އަދި އަމިއްލަ މެމްބަރުންނަށް ލިބިފައިވަނީ 11 ގޮނޑިއެވެ. މި އިންތިހާބުގައި ދަ ޑިމޮކްރެޓްސް އާއި އަދާލަތަށް އެންމެ ގޮނޑިއެއް ވެސް ނުލިބެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް ލިބިފައި މިވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ނަތީޖާ ނެރެދެއްވާނެ ކަމަށާއި ގައުމަށް ތަރައްގީއާއި ހަމަޖެހުމާއި ރައްކާތެރިކަން ގެނެސްދެއްވާނެ ކަމަށް ރައީސް ދެއްވި ޔަގީންކަމަށްފަހު އެވެ.

މަޖިލީހުގެ ސުޕަރ މެޖޯރިޓީގައި މިހާރު އޮތް އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނުއިރު އެ ޕާޓީ ގިނަ ބޭފުޅުންގެ ގޮނޑި ވަނީ ގެއްލިފަ އެވެ. އޭގެ ތެރޭގައި މަޖިލިސް ރައީސާއި މަޖިލިސްގެ ނައިބް ރައީސްގެ ގޮނޑީގެ އިތުރުން 15 އަހަރު ވަންދެން އެމްޑީޕީން ދިފާއުކުރި ހިންނަވަރު ދާއިރާގެ ގޮނޑި ވެސް ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *