Support Us

މިއަދު 170، ދިރާސާގައި ލަފާކުރި އަދަދު ފުރަތަމަ ފަހަރަށް ދިމާވެއްޖެ

ކޮވިޑް19 އަށް މިއަދު 170 މީހުން ޕޮޒިޓިވްވެއްޖެއެވެ. މިއީ ކޮވިޑް19 ގެ ލޮކްޑައުންއަށްފަހު ދޭންފެށި ލުއިތަކާ އެކު މި ބަލި ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން ނޭޝަނަލް އެމެޖެންސީން އޮޕަރޭޝަން ސެންޓަރުން މި އޮގަސްޓް މަހު ދުވާލެއްގެ މައްޗަށް މި ބައްޔަށް ޕޮޒިޓިވްވާނެ ކަމަށް އަންދާޖާ ކުރި މިންވަރަށް މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗް.ޕީ.އޭ) އިން ބުނީ ކޮވިޑް ޖެހިގެން މިއަދު ޕޮޒިޓިވްވި 170 މީހުންގެ ތެރޭގައި ހިމެނެނީ 139 ދިވެހިންނާއި 23 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ހަތް މީހުންގެ އިތުރުން ސައުތް އެފްރިކާގެ މީހެކެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 169 މީހުންނަކީ މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންނެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އަދި އެންއީއޯސީއިން އަންދާޒާ ކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލި ޖެހިގެން މިއަދު 41 އަހަރުގެ އަންހެނަކު ވަނީ މަރުވެފައެވެ. މި ބަލި ޖެހިގެން މިމަހުގެ މިހާތަނަށް އަށް މީހުން މަރުވެފައިވާއިރު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 24 އަށް އަރައިފައެވެ.

ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 6079 އަށް އަރައިފަ އެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2407 ހިމެނޭއިރު 144 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް