Support Us

ކޮވިޑްގައި މަރުވި މީހަކު ހުޅުމާލޭ ސަހަރާގައި ވަޅުލަނީ -އަދިވެސް ފޮޓޯ

ކޮވިޑް ޖެހިގެން 41 އަހަރުގެ އަންހެނަކު މަރުވެއްޖެ

ކޮވިޑް19 ޖެހިގެން އުމުރުން 41 އަހަރުގެ އަންހެނަކު މިއަދު މަރުވެއްޖެ އެވެ. އެއާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 24 އަށް އަރައިފަ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ އަންހެން މީހާ މަރުވީ އައިޖީޢެމްއެޗްގައި ފަރުވާދެމުން ގެންދަނިކޮށް މިއަދު ހެނދުނު 9:30 ހާކަންހާއިރު ކަމަށެވެ. ކޮވިޑް ޖެހިގެން އިއްޔެ ވެސް ވަނީ އުމުރުން 64 އަހަރުގެ އަންހެނެއް މަރުވެފަ އެވެ. މިއީ މި އޮގަސްޓް މަހު ކޮވިޑް19 ޖެހިގެން ރާއްޖެއިން މަރުވި އަށް ވަނަ މީހާ އެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް މި އޮގަސްޓް މަހު ޕޮޒިޓިވްވާނެ ކަމަށް އެންއީއޯސީގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. އަންދާޒާ ކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 5909 އަށް އަރައިފަ އެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2389 ހިމެނޭއިރު 138 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *