...

Support Us

އެސްއޯ ފުލުހުން ނެރުމުގެ ކުރިން ސީޕީގެ ހުއްދަ ނަގަންޖެހޭ ގޮތަށް ރައީސް ހަމަޖައްސަވައިފި

ހާއްސަަ ހާލަތްތަކުގައި ސްޕެޝަލިޓްސް އޮޕަރޭޝަން (އެސްއޯ) ފުލުުހުން ފޮނުވުމުގެ ކުރިން ޕޮލިސް ކޮމިޝަނަރުގެ ހުއްދަ ނަގަން ޖެހޭ ގޮތަށް ގަވައިދަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ރައީސް މި ނިންމެވުން ނިންމެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ޕްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއް އީދު ވިލޭރޭ ގިޔާޒުއްދީން ސްކޫލްގައި ބާއްވަން އުޅުމުން، އެސްއޯ ފުލުހުން އެ ސަރަހައްދަށް ދިޔަ މައްސަލަ ހިނގައިދިޔަ ގޮތް ތަހުގީގުކުރުމަށްފަހު ރައީސަށް ރިޕޯޓް އެރުވުމުންނެވެ.

މިނިސްޓްރީ އޮފް ހޯމް ލޭންޑް އެންޑް ސެކިއުރިޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޣިޔާސުއްދީން ސްކޫލް ސަރަހައްދަށް އެސްއޯ ފުލުހުން ދިޔަ ސަބަބު ތަހުގީގު ރިޕޯޓް ރައީސަށް އެރުވުމާއެކު އެސްއޯ ފުލުހުންގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށް ހޯމް މިނިސްޓަރ އަލީ އިހުސާނު މެދުވެރިކޮށް ފުލުސް ކޮމިޝަނަރަށް އަލީ ޝުޖާއު އަށް އަންގަވާފައިވާ ކަމަށެވެ.

އެގޮތުން އެޅުމަށް ހަމަޖެހުނު ފިޔަފަޅުތަކުގެ ތެރޭގައި:

  • އެސްއޯ ފުލުހުން ހަރަކާތްތެރިވާންޖެހޭ އޮޕަރޭޝަން ހާލަތްތައް އަލުން ކަނޑައެޅުމާއި އެހާލަތްތަކުގައި ވެސް އެސްއޯ ފުލުހުން ފޮނުވުމުގެ ކުރިން ސީދާ ސީޕީގެ ހުއްދަ ނަގަން ޖެހުން.
  • ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗާކޮށް، މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުން.
  • ޣިޔާސުއްދީން ސްކޫލް ސަރަހައްދަށް އެސްއޯ ފުލުހުން ނެރުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކޮށް، އެއްވެސް ފަރާތަކުން އިހުމާލުވެފައިވާނަމަ އެފަރާތަކާ މެދު ފިޔަވަޅު އެޅުން.
  • އޮޕަރޭޝަނަލް ހާލަތްތަކުގައި މީޑިއާތަކަށް މައުލޫމާތު ދިނުމުގައި އަމަލް ކުރަމުންދާ އުސޫލް މުރާޖާކޮށް، މިހާރަށްވުރެ ދެފުށް ފެންނަ އަދި ތަފްސީލު ގޮތަކަށް ރައްޔިތުންނަށް މައުލޫމާތު ހާމަކުރެވޭނެ ގޮތްތައް ކަނޑައެޅުން.
  • ގިޔާޒުއްްދީން ސްކޫލް ކައިރީގައި އެސްއޯ ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތް، "ޔޫޒް އޮފް ފޯސް" ރިވިއު ކޮމިޓީން ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން.

ހޯމް މިނިސްޓްރީން ބުނީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ޣިޔާސުއްދީން ސޫކޫލުން އެ ޕާޓީއަށް ހުއްދަ ދިނުމަށްފަހު، އެ ހުއްދަ އެ ސްކޫލުން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އެކަން އެ ސްކޫލުން ޕީއެންއެފަށް އަންގާފައި ވަނިކޮށް، އެ ޕާޓީން އެ ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރުމުން ގެންދާތީ އެކަން ހުއްޓުވައިދިނުމަށް ސްކޫލްގެ ހިންގުމާ ހަވާލުވެ ހުރި ފަރާތުން އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ޣިޔާސުއްދީން ސްކޫލްގައި ބޭއްވުމަށް މަސައްކަތް ކުރި އެ ޖަލްސާ ހުއްޓުވުމަށް އެސްއޯ ފުލުހުން އެ ސަރަހައްދަށް ގޮސްފައިވާތީ ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އެކަމާ ކަންބޮޑުވެޑައިގެންނަވާ ކަމަށާއި އެކަން ހިނގާފައިވަނީ ސީދާ އެމަނިކުފާނުގެ އިރުޝާދާއި ސިޔާސަތާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަލަ ބަލައި ތަހުގީގު ރިޕޯޓް ހުށަހެޅުމަށް ރައީސް ހޯމް މިނިސްޓަރ އިހުސާނާ ސީޕީ ސުޖާއުއަށް އެންގެވި އެވެ.

ހޯމް މިނިސްޓްރީން ބުނީ ސަރުކާރުގެ ވިސްނުމަކީ އޯގާތެރި، ކުލުނުވެރި، ޕްރޮފެޝަނަލް އަދި ޖާވާބުދާރީވާނެ ފުލުހުންގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ޣިޔާސުއްދީން ސްކޫލްގައި ޖަލްސާ ބޭއްވުމަށް ޕީއެންއެމްގެ ސަޕޯޓަރުން ސްކޫލްގެ ގޭޓް އެސްއޯ ފުލުހުން ބަންދުކޮށްފަ އެވެ. ނަމަވެސް ޕީއެންއެފްގެ ސަޕޯޓަރުން ސްކޫލްގެ ތެރެއަށް ވަނުމަށް ކުރި މަސައްކަތުގެ ތެރޭގައި ބައެއް ކަހަލަ ހަމަނުޖެހުންތައް ވަނީ ހިނގައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.