Support Us

ކުޑަކުދިން ކުށަށް ޒިންމާވާންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަނީ

ކުށްކުރާ ކުޑަކުދިންނާ މެދު އުމުރުން 15 އަހަރު ނުވަނީސް ފިޔަވަޅު ނޭޅޭ ގޮތަށް އޮތް އޮތުން އުވާލައި، އަދަބުދެވޭ އުމުރު 12 އަހަރަށް ބަދަލުކުރުމަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމައިފި އެވެ.

އއ. ރަސްދޫޫގެ މިސްކިތެއްގެ ފާހާނާ ތެރޭގައި ކުޑަޖުއްޖަކަށް އަނިޔާކުރި މައްސަަަލައެއް ފެންމަތިވުމާ އެކު، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އެ މައްސަަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަނީ ބަލަން ފަށައިފަ އެވެ.

އެ މައްސަލާގައި ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުޑަކުދިން ކުރާ ކުށްތަކަށް އަދަބު ދިނުުުމުގައި މިހާރު އޮތް ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަަމަށެވެ.

ރަސްދޫގައި ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލާގައި އުމުރުން 13 އަހަރާއި 14 އަހަރުގެ ދެ ކުދިން ހިމެނޭއިރު މިނިސްޓަރު ވިދާޅުވީ މި ކުދިން ކުށެއް ކުރި ކަމުގައި ވީނަމަވެސް އެ ކުދިން ކުށަށް ޒިންމާ ކުރެވެން ނެތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޖިނާއީ ކުށުގެ ޒިންމާ ކުޑަ ކުއްޖެއްނަަމަ ނަގަންޖެހޭ އުމުރަކީ 15 އަހަރު ކަމަށެވެ. ނަމަވެސް ފުލުހުންގެ ރެކޯޑްތަކުންނާއި ޖުވެނަލް ޑިޕާޓްމަންޓްގެ ރިކޯޑްތަކުން ދައްކާ ގޮތުން ރާއްޖޭގައި 200 އެއްހާ ކުޑަކުދިން ކުށުގެ މާހައުލުގައި އުޅެމުންދާ ކަމަށެވެ.

"މި ދެންނެވި 200 ކުދިންގެ ތެރޭގައި ވެސް ގިނައީ ބާރަ ތޭރަ އަދި 14 އަހަރުގެ ކުދިން. އެހެންވީމަ މިހާރު މި އޮތް ގާނޫނުގައި މި ބަޔާންކުރާ 15 އަހަރުން ކުށުގެ ޒިންމާ ނަގަންޖެހޭ ކުދިންގެ އުމުރަށް މިއިން ކުއްޖަކު ނުފެތޭ. އެހެންވެ މިވަގުތު މިއިން ކުއްޖަކު ޖިނާއީ ކުށެެއް ކުރި ކަމަށް ވިޔަސް އެ ކުދިން އެ ކުށަށް ޒިންމާ ކުރެވޭނެ ގޮތަކަށް ނޫން ގާނޫނު ބައްޓަން ކުރެވިފައި މި އޮތީ. އަދި މި ސަރުކާރުގެ ވިސްނުމަކީ މި އުުމުރުފުރާ 12 އަަހަރަށް ތިރި ކުޑަކުރުން،" މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުުުމުތަކުގައި ވެސް ކުޑަކުދިން ކުށަށް ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރާއި 14 އަހަރަށް އުމުރު ދަށްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"އަަޅުގަނޑުމެންގެ މުޖުތަމައަށް ބަލާއިރުގައި އަޅުގަނޑުމެންނަށް ގަބޫލްކުރެވެނީ މި އުމުރުފުރާއަކީ މިހާރު 12 އަހަރު ކަމަށް. އެހެންވީމާ އަޅުގަނޑުމެން ރިކަމެންޑް ކުރާނަން ސަރުކާރުން ބޭނުންވާ ގޮތަށް ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނު މިހާރު އޮތް ގޮތުން 17 އަހަރުގެ ކުއްޖަކު ކުށެއް ކުރި ނަަމަވެސް އެ ކުއްޖަކަށް 10 ނޫނީ 12 އަހަރުގެ ހުކުމެއް އަޔަސް އެ ކުއްޖާއަށް 18 އަހަރު ވިޔަސް ބަލަހައްޓަން ޖެހެނީ ކުޑަކުއްޖެއްގެ ގޮތުގައެވެ. އެގޮތުން މިހާރު ވެސް ކުޑަކުއްޖެއްގެ އުމުރުގައި ކުރި ކުށަަކަށް 27 އަހަރުގެ ފިރިހެނަކު ކުޑަކުދިންގެ ޖަލުގައި ބަަލަހައްޓަމުން ގެންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ރަސްދޫ މައްސަލާގައި ހިމެނޭ 13 އަހަރާއި 14 އަހަރުގެ ދެ ކުދިންނަށް ވަގުތުންވަގުތަަށް އެޅެން ހުރި ފިޔަވަޅަކީ އެކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވީ މިހާރު އަމަލް ކުރާ ގާނޫނުގެ ދަށުން ކުޑަކުއްޖަކު ކުށެއް ކޮށްފިނަމަ އެ ކުއްޖަކު ޑިޓެންޝަނަށް ގެންދިއުމަށް ހޯދަންޖެހޭ ކޯޓު އަމުރު ނެގެން ނޯންނަ ކަމަށެވެ. އެހެންކަމުން ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް އީދު ބަންދަށްފަހު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން ގާނޫނު އިސްލާހުކޮށްގެން މި ކުރާ މަސައްކަތުގެ ތެރޭގައި މި ކޯޓު އަމުރު ހޯދުމަށް މިހާރު ދިމާވާ މި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނަން،" އުޝާމް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *