Support Us

ތަސްވީރެއް ކިޔައިދޭ ވާހަކަ: ނާދިރު، ނަމަވެސް، މިވެސް ވާ، އަދި ވެދާނޭ ކަންކަމެވެ.

ތަސްވީރުން ފަންނަނީ އެކްސިޑެންޓެއް ވެފައި އޮތް މަންޒަރެވެ. އެމްބިޔުލަންސަކާއި ބޮޑު ލޮރީއެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. މި ހިތާމަވެރި ހާދިސާގައި އެންބިޔުލަންސުގައި ތިބި އެންމެންހެން މަރުވިއެވެ. އެމްބިޔުލަންސު ދުއްވަން އިން މީހާއާއި ނަރުހަކާއި އަދި ބަލިމީހާގެ އެހީތެރިޔާއެވެ. ސަލާމަތްވީ އެމްބިލުންސުން ގެންދިޔަ ބަލި މީހާ އެކަންޏެވެ. އެކްސިޑެންޓުގައި އޭނާއަކަށް އެއްވެސް ކަމެއް ނުވެއެވެ. އަދި ފަހުން، އޭނާގެ ބަލި މުޅިން ރަނގަޅުވެ، އޭނާއަށް ފުރިހަމަ ޝިފާއެއް ލިބުނެވެ.

އާދެ، މިވެސް ކަންތައްތައް ނިމޭ ގޮތެވެ. ބަލި މީހާ ބަލިން ސަލާމަތްވެ، ހެޔޮ ހާލުގައި ތިބޭ މީހުން ނިމިދާ ގޮތް މެދުވެރިވުމެވެ. އާދެ، ކަންތައްތައް މި ކަހަލަ ގޮތެއްގައި ދިމާންވާން މެދުވެރި ވަނީ ކިހިނެއް ހެއްޔެވެ؟ މިފަދަ ބައެއް ކަހަލަ ސުވާލުތަކަކީ، އޭގެ މައްޗަށް ތަހުލީލީ ނަޒަރެއް ހިންގައި ޖަވާބު ދިނުން ދަތި ސުއާލުތަކެވެ. އިލާހީ މިންވަރުފުޅޭ ބުނެލުން ނޫން، ރަނގަޅު ޖަވާބު ލިބުން ދަތި ސުއާލުތަކެވެ. މުއުމިނުންނަށް އޮތީ ހިތްމަޑުމޮޅިކޮށް، ދެއަތް އުފުލައި ދުއާކުރުމެވެ. اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ: عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ. اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا اسْتَعَاذَ بِكَ مِنْهُ عَبْدُكَ وَنَبِيُّكَ. اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ، وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا

[ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ހަޒުރަތުން ހުރިހާ ހެވަކަށް އަޅު އެދެމެވެ

އަވަހަށް ލިބުން މިންވަރުކުރައްވައިފައިވާ ހެވާއި ފަހަށް ލިބުން މިންވަރުކުރައްވާފއިވާ ހެވެވެ

އޭގެ ޚަބަރު އަޅަށް އެނގޭ ހެވާއި އޭގެ ޚަބަރު އަޅަށް ނޭނގޭ ހެއުވެސް މެއެވެ.

އަދި، އެކަމުގެ ޚަބަރު އެނގޭ ނުބައިކަަންކަމުންނާއި އެކަމުގެ ޚަބަރު ނޭގޭ ނުބައިކަންކަމުންނާއިި މިިހުރިހާ ނުބައި ކަންކަމަކުން ސަލާވުން އިެދި އިބަރަސްކަލާނގެ ކިބަފުޅަށް ރުޖޫއަވަމެެވެ

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ އަޅާއާއި ނަބިއްޔާ އިބަރަސްކަލާނގެ ހަޒުރަތުން އެދިވަޑައިގެން ދެންނެވި ކަންކަމަށް އަޅުވެސް އިބަރަސްކަލާނގެ ހަޒުރަތުގައި އަަދައި ދަންނަވަމެވެ.

އަދި، އިބަރަސްކަލާނގެ އަޅާއާއި ނަބިއްޔާ، އެ ނުބައިކަންކަމުން އިބަރަސްކާލާގެ ހަޒުރަތަށް ރުޖޫއަވެ ސަލާމަތްކަން ހޯއްދެވި ނުބައިކަންކަމުން، އަޅުވެސް އިބަރަސްކަލާނގެ ހަޒުރަތަށް ރުޖޫއަވެ، ސަލާމަތްކަން ހޯދަމެވެ.

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ސުވަރުގެއަށް އެދި، އިބަރަސްކަލާނގެ ހަޒުރަތުގައި އަޅު ދަންނަވަމެވެ، އަދި ސުވަރުގެއާ އަޅު ގާތްކޮށްދޭނޭ އަމަލުތައް ކުރުމާއި ކިޔުންތައްކިޔުމުގެ (ތައުފީގު ދެއްވުމަށް އެދިވެސް) މެއެވެ.]

އަދި ނަރަކައިން ސަލާމަތްކޮށް މިންޖުކޮށްދެއްވުމަށް އެދި އިބަރަސްކަލާނގެ ހަޒުރަތުގައި އަޅު ރުޖޫއަވަމެވެ. އަދި ނަރަކައާއި އަޅު ކައިރިކުރާނޭ އަމަލުތައް ކުރުމާއި ކިޔުންތައްކިޔުމުން ވެސް ސަލާމަތްވުމަށް އެދި އިބަރަސްކަލާނގެ ކިބަފުޅަށް ރުޖޫއަވަމެވެ.

އަދި އިބަރަސްކަލާނގެ އަޅާއަށް މިންވަރުފުޅު ކުރައްވާ ކޮންމެ މިންވަރުފުޅު ކުރެއްވުމީ އަޅާއަށް އޮތް ހެވެއް ކަމުގައި ލައްވާށިއެވެ!