Support Us

ސަރުކާރުން ހަދިޔާކުރި ކާޑު ނުނެގުނު މީހުންނަށް އެސްޓީއޯ ގުދަނުން ދޫކުރަނީ

 

މި ރަމަޟާން މަހު ސަރުކާރުން ހަދިޔާކުރި ކާޑި ނުނެގުނުު ފަރާތްތަކަށް އެސްޓީއޯގެ ކާޑު ގުދަނުން އެތަކެތި ލިބޭ ގޮތް ހަދައިފި އެވެ.

އެސްޓީއޯއިން ބުނީ މި ރަމަޟާން މަހު ސަރުކާރުން ކޮންމެ ގޭބިސީއަށް ހަދިޔާކުރި 10 ކިލޯ ފުށާއި 10 ކިލޯ ހަނޑޫ އަދި ނުގެންދާ މީހުންނަށް މާދަމާއިން ފެށިގެން އަންނަ އަންގާރައިގެ ނިޔަލަށް އެސްޓީއޯގެ ކާޑު ގުދަނުން ކާޑު ލިބޭނެ ކަމަށެވެ.

ހުކުރު ދުވަހު ކާޑު ބެހުމުގެ މަސައްކަތް ކުރިއަށް ނުގެންދާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

"ހަދިޔާ ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހިންނަށް އެކަނި. މިގޮތަށް ދޫކުރާނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަމްބަރަށް ބެލުމަށްފަހުު އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު ނަމްބަރު ނޯޓު ކުރުމަށްފަހު،" އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން ބުނީ ކާޑި ދުކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން މެންދުރު 1:00 އަށް ކަމަށެވެ.