Support Us

މަގުމަތިން އަންހެނެއްގެ ޝަކުވާތައް އަޑުއަައްސަވައި، ޑިމޮކްރަސީގެ ރީތި މިސާލެއް ރައީސް މުއިއްޒު އަނެއްކާވެސް ދައްކަވައިފި

ރައްޔިތުންގެ މަޖިލީހުގެ ކެންޕެއިންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ މަގުމަތީގައި މިއަދު މެންދުރުފަހު އުޅުއްވަނިކޮށް، އަންހެނަކު އެމީހާގެ ޝަކުވާތަކުގެ އަޑު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިއްވަން ބޭނުންވުމުން، ޝަކުވާތައް އަޑުއައްސަވައި ރައީސް ޑރ. މުއިއްޒު ޑިމޮކްރަސީގެ ރީތި މިސާލެއް އަނެއްކާ ވެސް ދައްކަވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި, އޭރުގެ އިދިކޮޅު ޕީޕީއެމް/ޕީޢެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ހުންނަވައިގެން ރާއްޖޭގެ ރަށްރަށަށް ރައީސް ޑރ. މުއިއްޒު ދަތުރުކުރެއްވި އިރު ބައެެއް ރަށްރަށުން އެމްޑީޕީގެ ސަޕޯޓަރުން ނުރުހުން ފާޅުކުރަމުން ގެންދިޔަ އެވެ. ނަމަވެސް ހިނިތުންވުމާ އެކު ވަޑައިގެން އެ ބޭފުޅުންނާ ސަލާމް ކުރެއްވުމުން އެކަމަށް ވެސް ގިނަ ބައެއްގެ ތައުރީފް ރައީސް ޑރ. މުއިއްޒަށް ލިބިވަޑައިގެންނެވި އެވެ.

"ދިވެހީންގެރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށް ގެންދާ މަޖިލިސް ކެންޕެއިންގައި މިއަދު މެންދުރުފަހު، ހެންވޭރު ހުޅަނގު ދާއިރާގެ ކެންޑިޑޭޓް ހުސެއިން ނާސިހުގެ ކެންޕެއިންގައި ދޮރުންދޮރަށް ހިންގަވަނިކޮށް މަގުމަތިން އާއްމުންގެ ބަޔަކާ ދިމާވެގެން ރައީސް ޑރ. މުއިއްޒު މަޑުކުރެއްވުމުން އެމީހުންގެ ތެރެއިން އަންހެނެއްގެ ޝަކުވާތައް ރައީސަށް ބަންޑުންކޮށްލިއެވެ.

އެ އަންހެން މީހާގެ އަތުގައި އޮތް ކަރުދާސްގަނޑެއްގައި "މެދު ހެންވޭރު ހަތަރު ނަމްބަރު ފޮށި ރައީސް ޑރ. މުއިއްޒުއަށް ނަގައިދިނީ ހެންވޭރު ވާލީވިލާ ހަސަން ޝިޔާމް!!! ބަދަލުގައި ދިނީ ބޮޑު އަނިޔާއެއް. މަޖިލިސް ގޮނޑި ވޯޓް ހަސަނު ބުނި މީހަކަށް!!!" ލިޔެފައިވެއެވެ.

އެ އަންހެން މީހާ ޝަކުވާ ކުރަމުން ގެންދިޔައީ މަޖިލިސް އިންތިހާބުގެ ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ހަސަން ޝިޔާމުގެ ކެންޑިޑެންސީ ބާތިލްކުރުމާ ގުޅިގެންނެވެ. އޭގެ ފަހުން އެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ނިންމައި ކެންޕެއިން ފަށައިގެން އުޅެނިކޮށް، ސާބިތު ދަރަންްޏެއް އޮތުމުން އޭނާއަށް ވާދަނުކުރެވޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ވަނީ އޭނާގެ ކެންޑިޑެސީ ބާތިލް ކޮށްފައެވެ.

ރައީސް ޑރ. މުއިއްޒަށް ޝަކުވާ ހުށަހަޅަން ބޭނުންވެގެން އެ ސަރަހައްދަށް ބަޔަކު ގޮވައިގެން އެއްވެ ހުރި އެ އަންހެން މީހާގެ ޝަކުވާއަކަށްވީ ޕީއެންސީން ޕްރައިމަރީން ހަސަން ޝިޔާމު ވަކިކުރުމަށް ރައީސް ޑރ. މުއިއްޒު ސިޓީފުޅެއް ފޮނުއްވި ކަމަށާއި ވޯޓަށް ކުޑަތަން ވެފައިވަނިކޮށް ވޯޓާސް ލިސްޓުން ވެސް އޭނާގެ ނަން އުނިކޮށްފައިވާ ކަމަށް ބުނެ އެވެ.  

ނަމަވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހަސަން ޝިޔާމް ވަކިކުރުމަށް އެެއްވެސް ކަމެއް އެމަނިކުފާނު ނުުކުރައްވާ ކަމަށާއި އުނިކުރަން ވެސް އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.

"ތިއީ ހަމަ ހުސް ދޮގު، ބަޔަކު ދައްކައިގެން އުޅޭ ވާހަަކަ، ރޯދައަށް މިހުރީ މާތްﷲ ގަންދީ ތެދު ހަގީގަތް މިބުނަނީ، އަޅުގަނޑަށް ނިސްބަތްކޮށް ތި ވިދާޅުވަނީ ހުސްދޮގު،" އެއްވެފައިވާ މީހުންތައް ތެރޭގައި އަޑުހަރުކޮށް އެ މީހާ ކުރި ޝަކުވާތައް އައްސަވައިފައި ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު އެ އަންހެން މީހާގެ ޝަކުވާތައް އަޑު އައްސަވަމުން ގެންދެވީ ކެތްތެރިކަމާއި މަޑުމައިތިރިކަމާ އެކުގަ އެވެ. ރައީސް އަރިހުގައި ސެކިިއުރިޓީންނާއި ޕީއެންސީގެ ސަޕޯޓަރުންނާއި ސަރުކާރުގެ އިސް ބޭބޭފުޅުން ވެސް ތިއްބެވި އެވެ. ނަމަވެސް އެ އަންހެން މީހާ ހުއްޓުވުމަށް އެތަނުން އެއްވެސް މީހަކު މަސައްކަތެއް ނުކުރެއެވެ. އެ މީހާ ބޭނުން އެއްޗެއް ކިޔަމުންދިޔައީއެވެ.

އެ އަންހެން މީހާގެ ޝަކުވާތައް އަޑުއެއްސެވުމުގައި ރައީސް ޑރ. މުއިއްޒު ދެއްކެވި ޑިމޮކްރެސީގެ ރީތި ނަމޫނާ މިސާލަށް، އެވަގުތު އެ ސަރަހައްދުގައި ތިބި ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފަ އެވެ. އަދި މީސްމީޑިއާގައި ވެސް ދަނީ ރައީސަށް ތައުރީފު އޮހެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *