Support Us

ކޮވިޑް ޖެހިގެން މަރުވި މީހަކު ހުޅުމާލޭ ސަހަރާގައި ވަޅުލުމުގެ މަސައްކަތް ކުރިއަށް ދަނީ -އަދިވެސް ފޮޓޯ

ކޮވިޑް19ގައި 23 ވަނަ މީހަކު މަރުވެއްޖެ

ކޮވިޑް19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެ، މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 23 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް ޖެހިގެން މިއަދު މަރުވި މީހަކީ އުމުރުން 64 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގައި ފަރުވާދެމުން ގެންދަނިކޮށް މިއަދު ހަވީރު5:30 ހާއިރު ކަމަށެވެ. މިއީ މި އޮގަސްޓް މަހު ކޮވިޑް19 ޖެހިގެން ރާއްޖެއިން މަރުވި ހަތް ވަނަ މީހާ އެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް މި އޮގަސްޓް މަހު ޕޮޒިޓިވްވާނެ ކަމަށް އެންއީއޯސީގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. އަންދާޒާ ކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 5785 އަށް އަރައިފަ އެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2414 ހިމެނޭއިރު 146 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *