Support Us

ކޮމާޝަލް ހާބަރ ތިލަފުއްޓަށް ބަދަލުކޮށް، 2025ގެ ކުރިން އެއްފަހަރާ ބޮޑެތި ތިންބޯޓަށް ހިދުމަތް ދެވޭނެ: އެމްޕީއެލް

މާލޭ ކޮމާޝަލް ހާބަރ ތިލަފުއްޓަށް ބަދަލުކޮށް، 2025 ވަނަ އަހަރުގެ ކުރިން އެއްފަހަރާ ބޮޑެތި ތިން ބޯޓަށް ހިދުމަތް ދެވޭ ވަރަށް 600 މީޓަރުގެ ކީވޯލެއް ގާއިމްކުރެވިގެންދާނެ ކަމަށް އެމްޕީއެލުން ބުނެފި އެވެ.

އެމްޕީއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ތެރޭގައި ރާއްޖޭގެ މެރިޓައިމް ދާއިރާ ތަރައްގީ ކުރުމަށް ކަނޑައަޅުއްވާފައިވާއިރު އެކަމުގެ މައިގަނޑު މަސައްކަތްތަކެއް ކުރަމުން ގެންދަނީ އެޕްޕީއެލުން ކަމަށެވެ.

އެގޮތުން އެމްޕީއެލުން ހާސިލްކުުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ވަޖީހު ވިދާޅުވީ މާލޭ ކޮމާޝަލް ހާބަރު ތިލަފުށްޓަށް ބަދަލުކުރުމަށް ޕްލޭންތަކެއް ހަދާފައިވާ ކަމަށާއި ޕޯޓް ގާއިމްކުރަށް ބޭނުންވާ ބިން ކަނޑައަޅާފައިވާ ކަމަށެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ކޮންޓްރެކްޓަރ ހޯދުމުގެ މަސައްްކަތް މިހާރު ފަށާފައިވާއިރު ހުރިހާ ކަމެއް ނިމި އަންނަ އެޕްރީލް މަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވަޖީހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕްލޭނާ އެއްގޮތަށް ކަންތައްތައް ދާ ކަމުގައި ވާނަމަ 2025 ވަނަ އަހަރުގެ ނިޔަލަށް ކީވޯލް، 600 މީޓަރުގެ ކީވޯލެއް އެއީ އެއްފަހަރާ އެންމެ ބޮޑެތި ތިން ބޯޓަށް ހިދުމަތް ދެވޭނެ ވަރުގެ ކީވޯލެއް ގާއިމްކުރުން" ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ ކީވޯލެއް ގާއިމް ކުރެވުމުން ދެން ހުރި އެހެން ކަންކަން ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭނެ ކަމަށާއި ބޯޓުތައް ކީވޯލާ ގާތްކުުރުން އެހެން އޮޕަރޭޝަންތައް ފެށިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އައްޑޫ ޕޯޓާއި ކުޅުދުއްފުށީގެ ޕޯޓުގެ ހާލަތު އޮތީީ މީގެ 18 އަހަރު ކުރިން ހުޅުވި ގޮތަށް ކަމަށާއި އެ ދެޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ވަޖީހު ވިދާޅުވި އެވެ. އެގޮތުން އެ ދެ ޕޯޓް ތަރައްގީ ކުރުމަށް ހާއްސަ އިސްކަމެއް ދީގެން އެހީތަކެއް ދެއްވާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.

"މީގެ 18 ކުރިން މި ދެ ޕޯޓް ހުޅުވި ގޮތަށް އަދިވެސް އޮތީ، އެއްވެސް ބަދަލެއް ނާދޭ. އެތާނގައި ވަޒީފާގަ އިން ބޭފުޅާ އާދައިގެ މަގާމެއްގައި ހުރި ބޭފުޅާ 18 އަހަރުގެ ކުރިން ހުރި މަގާމުގައި އަދިވެސް ހުރީ. އަށާރަ އަހަރުގެ ކުރިން ލިބޭ މުސާރަ އަދިވެސް ލިބެނީ. ތަރައްގީއެއް ނާދޭ. އެކަމަކު އޭނާއަށް ލިބިއްޖެ ފަސް ހަ ކުދިން. ހަރަދުތައް ބޮޑުވީ،" ވަޖީހު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވައުދުފުޅާ އެއްގޮތަށް އައްޑޫ ސިޓީ އާއި ކުޅުދުއްފުށީގައި ބަންކަރިންގެ ހިދުމަތްތައް މި މާޗް މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ފަށައިފައިވާ ކަމަށާއި މި ހިދުމަތް އިންޓެނޭޝަނަލް ފެންވަރުގައި ހިދުމަތްތައް ފުޅާކުރެވިގެންދާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.

މީގެއިތުރުން ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން މާލޭގެ ކޮމާޝަލް ހާބަރުގެ އިތުރުން ކުޅުފުއްދުށީގެ ޕޯޓާއި އައްޑޫ ސިޓީގެ ޕޯޓުގެ އިތުރުން ފުވައްމުލަކު ސިޓީގައި ކޯލް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *