Support Us

ކޮވިޑް19 އަށް މިއަދު 106 މީހުން ޕޮޒިޓިވްވެއްޖެ

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް19 އަށް މިއަދު 106 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

ކޮވިޑް19 ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް މިވަނީ އިތުރުވާން ފަށައިފަ އެވެ. އިއްޔެ މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 107 މީހުންނެވެ. އެހެންކަމުން މި ބަލި ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 22 އަށް އަރައިފަ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ކޮވިޑް ޖެހިގެން މިއަދު ޕޮޒިޓިވްވި 106 މީހުންގެ ތެރޭގައި ހިމެނެނީ 79 ދިވެހިންނާއި 21 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ފަސް މީހުންގެ އިތުރުން ނޭޕާލް މީހެކެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް މި އޮގަސްޓް މަހު ޕޮޒިޓިވްވާނެ ކަމަށް އެންއީއޯސީގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. އަންދާޒާ ކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. މި ބަލި ޖެހިގެން ރާއްޖެއިން މިމަހުގެ މިހާތަނަށް ހަ މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 5785 އަށް އަރައިފަ އެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2414 ހިމެނޭއިރު 146 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ. މި ބަލި ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 22 އަށް އަރައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް