...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ބޮޑު ސޭޓު

އެއް ދުވަހަކު ބޮޑު ސޭޓުގެ ބޮޑު ފިހާރައަށް ވަރަށް ރީތި އަންހެން ކުއްޖަކު ދިޔައެވެ. އެ ވަގުތު ފިހާރައިގެ ވަތްގަނޑު ދޮށުގައި އިނީ ޚުދް ބޮޑު ސޭޓެވެ.

ބޮޑު ސޭޓަކީ ނަލަ ހެދުމާއި އަގު ބޮޑު ގަޑިއާއި އަދި ހަމަ އެހެންމެ ރީތި ޒުވާން ކުދިންނަށް ވެސް ހިތްކިޔާ ސޭޓެކެވެ. ސޭޓުގެ ފިހާރައަށް ވަތް އަންހެން ކުއްޖާއަށް ސޭޓު ހިތް ކިޔާ ގޮތް ވެއްޖެއެވެ. ދެން، އެކުއްޖާގެ ހިތުން ސޭޓަށް ކޮންމެ ވެސް މަގާމެއް ލިބޭތޯ ސޭޓު މަސައްކަތް ފެށިއެވެ.

ސޭޓު: އަހަރެން މީ ރަށުގެ ބޮޑު ސޭޓުންގެ ތެރެއިން ވެސް ބޮޑު ސޭޓެކެވެ. އަހަރެންގެ މިލްކުގައި ބޮޑު ތިން ފިހާރައާއި ދިހަ ބުރީގެ ދެ ގެ ހުރެއެވެ. މީގެ އިތުރުން ރިސޯޓާއި ފަޅު ރަށްރަށް ވެސް އަހަރެންގެ އަތުގައި އެބަ ހުއްޓެވެ! ނަގުދު ފައިސާއަށް ބަލާއިރު ވިއްސަކަށް މިލިޔަން ރުފިޔާއާއި އަދި ހައެއްކަ މިލިޔަން ޑޮލަރު ވެސް އެބަ ހުއްޓެވެ! އަދިވެސް، މިއަށް އިތުރުކޮށްލަން ޖެހޭ ވާހަކައެއް އެބަ އޮތެވެ. އަހަންނަކީ ރަށުގެ ބޮޑު މަޖުލިހުގެ މެމްބަރެއް ވެސް މެއެވެ. ދެ ލައްކައެއްހާ ރުފިޔާ ހަމައެކަނި އެ މަގާމުގެ މުސާރައަށް ވެސް ލިބެއެވެ.

އަންހެން ކުއްޖާ: އަހަންނަކީ ރަށުގެ ޓެކްސް އޮފީހުގެ މުވައްޒިފެކެވެ. ރަށުގެ ވިޔަފާރިކުރާ ބައެއް ބޮޑެތިބޮޑެތި ސޭޓުން ޓެކްސް ނުދައްކާ މަކަރު ހަދައިގެން އުޅޭތީ އެކަން ތަހުގީގު ކުރަމުން އަންނަ އިދާރާގެ މުވައްޒިފެކެވެ. ސޭޓުގެ ފިހާރައަށް އަހަރެން މިއައީ ބޮޑު ވިޔަފާރިއެއް ސޭޓު ހިންގާ އިރު، އެ ވިޔަފާރިއާ އެކަށީގެންވާ ޓެކްސް ނުދައްކާތީ އެކަން ތަހުގީގު ކުރުމަށެވެ.

ސޭޓު: ތިކަން ތަހުގީގު ކުރަން ޖެހޭނެއެވެ. ނަމަވެސް، ތިކަން ތަހުގީގުކުރަން މި ފިހާރައަށް އަދި އަހަރެން ކައިރިއަށް ވެސް އަންނާކަށް ނުޖެހެއެވެ. ރަށުތެރޭ މީހުން ކުރެން އަހުރެންގެ ވާހަކަ އަހާލާށެވެ. އެ މީހުން ބުނާނީ އަހަންނަކީ ރަށުގައި އުޅޭ އެންމެ ބޮޑަށް ދޮގު ހަދާ އަދި އެންމެ ގަދައަށް ފޮނިކަނޑާ މީހާ ކަމެވެ. އަތުގައި މާ ބޮޑު އެއްޗެއް ނެތް ކަމުގައި ވިޔަސް، އަދި މީހުންނަށް ދަރާ އޮތް ކަމުގައި ވިޔަސް، ދެންމެ އަހަރެން މިދެއްކި ވާހަކަތައް ދައްކާ މީހެއް ކަމެވެ. މީގެ ހެއްކެއްގެ ގޮތުން އެ މީހުން ބުނާ ވާހަކައެއް ވެސް އެބަ އޮތެވެ. ވައިގެ ތެރެއިން ރަށްތައް ގުޅުވާލައި ކޭބަލް ކާރު ދުއްވާ ވާހަކަ ވެސް އަހަރެން ދެއްކި ވާހަކައެވެ! ނަމަވެސް، އެއީ މީހުންގެ ބޯ ކާލުމުގެ ގޮތުން ދެއްކި ވާހަކައެކޭ ވެސް އެ މީހުން ބުނާނެއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.