...

Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

ދިވެހިރާއްޖެއާ ބެހޭ ތާރީޚީ ސަފުހާތަކެއް- 16 

އަފޫއާންމެއްގެ ވައުދުތައް

ދިވެހި ސަރުކާރުގެ ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ރާއްޖެ ފުރިހަމައަށް މިނިވަންވާން ބޭނުންވާ ކަމަށެވެ. މިކަން މިހެން ދިމާވީ ސެޕްޓެމްބަރު މަހުގެ ތެރޭގައި މރ. ސޭންޑީސް އާއި އިބްރާހިމް ނާސިރާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހުގައެވެ. އައްޑު އަތޮޅަށް ނިސްބަތްވާ މީހުންނާ މެދު ހިނގި ކަންކަން ހައްލު ކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިވުމަށް އިނގިރޭސި ސަރުކާރުން އެއްބަސްވި އެވެ. މި މީހުން ވަނީ ކުރީން އަމިއްލަ އަމިއްލަ ސަރުކާރެއް "ސުވާދީވް ރިޕަބްލިކް"ގެ ނަމުގައި އުފައްދައިފައި ނަމަވެސް އެމީހުންނަށް މައާފު ދިނުމަށް މިހާރު ވަނީ ވައުދުވެފައެވެ.

މިހާރު ދިވެހި ސަރުކާރުން ބުނަނީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ދޭން އިނގިރޭސި ސަރުކާރުން އެއްބަސް ނުވާހާ ހިނދަކު ހިތަދޫ އާރޭފްގައި ހުރި މުވާސަލާތީ ފެސިލިޓީތައް ދޫނުކުރާނެ ކަމަށެވެ. ގަބޫލު ކުރެވޭ ގޮތުގައި ޑިސެމްބަރު 31 ގެ ކުރިން އައްޑު އަތޮޅުގެ ރައްޔިތުން ދިވެހި ސަރުކާރުގެ ބާރު ދަށަށް ގެންދިއުމަށް ދިވެހި ސަރުކާރުން އިނގިރޭސިންނަށް ޕްރެޝަރު ކުރަމުން ދިޔައެވެ.

ދިވެހިރާއްޖޭން މިނިވަންކަމަށް ގޮވާލަނީ

ދިވެހި ރާއްޖޭގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު މިނިވަންކަމަށް އެދިވަޑައިގަތީ ސޭންޑީސް އަށް ފޮނުއްވި ސިޓީއެއްގައެވެ. އެ އެދުމަކީ އިނގިރޭސިން ގަން އައިލެންޑްގައި އާރް.އޭ.އެފް ސްޓޭޖިން ބޭސްއެއް ގާއިމްކުރުމާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. ދިވެހި ސަރުކާރުން މިނިވަންކަން ބޭނުންވީ ރާއްޖޭގެ އަތޮޅެއްގައި ރިލޭ ސްޓޭޝަނަށް ގާއިމު ކުރުމަށް އެއްބަސްވުމުގެ ކުރިންނެވެ. ރާއްޖެއިން ބޭނުންވީ ސިޔާދަތުގެ ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އދ.ގައި ރާއްޖެ ހިމެނޭނެ ގޮތް ހަދައިދިނުމަށެވެ.

އިނގިރޭސިވިލާތަށް ރާއްޖޭން ފާޑުކިޔުން

އިނގިރޭސިވިލާތާއި ދިވެހި ސަރުކާރާ ދެމެދު އޮތް ގުޅުން ގޯސްވަމުން ދިޔައީ އިނގިރޭސިވިލާތުގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ މިނިވަންކަން ލިބުން ލަސްވަމުންދާތީ އެވެ. ގަން އައިލެންޑްގައި ރާއްޖޭގެ ސިފައިންގެ ސްޓޭޖިން ބޭސް ހެދުމުގެ މައްސަލައިގައި އިތުރު ހުރަސްތައް ކުރިމަތިވަމުންދިޔަ އެވެ. ދިވެހި ސަރުކާރުގެ ބޮޑުވަޒީރު ވަނީ ބަޣާވާތުގެ ލީޑަރު އަފީފް ސީޝެލްސްއަށް ފޮނުވާލުމުން އިނގިރޭސިވިލާތަށް ފާޑުވިދާޅުވެފަ އެވެ. ދިވެހި ސަރުކާރުން ހުށަހަޅާފައިވަނީ ސުވާދީބުގެ ރައީސް އަފީފާއި އެހެންވެސް އިދިކޮޅު ލީޑަރުން ރަށްރަށަށް ހަ މަސް ދުވަހަށް އަރުވާލާފައި ބޭތިއްބުމަށެވެ.

މރ. ރައުންސްވޭޓް ރާއްޖޭން ދިއުން

އިނގިރޭސިވިލާތުގެ ޕޮލިޓިކަލް އެޑްވައިޒަރެއް ކަމަށްވާ މރ. ޑީ.ސީ ރައުންސްވޭޓް ދިވެހި ސަރުކާރުން އަނބުރާ ފޮނުވާލިއެވެ. އޭނާއަކީ ރަނގަޅު މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ފެނުނު ނަމަވެސް، ދިވެހި ސަރުކާރުގެ މިނިސްޓަރ އޮފް ހޯމް އެފެއާޒް އޭނާގެ ހަރަކާތްތަކާ މެދު އިއުތިރާޒު ކުރެއްވި އެވެ. އައްޑު އަތޮޅުގެ ރައްޔިތުން ދިވެހި ސަރުކާރުގެ ބާރު ދަށަށް ލުމުގެ އުނދަގޫ މަސައްކަތެއް މރ. ރައުންސްވޭޓް ކުރަން އޮތެވެ. އޭނާ ވަކިވުމުން އިތުރު މަޝްވަރާތަކަށް ލުއިތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރެވުނެވެ.

ދިވެހި ސަރުކާރުން ހުށަހެޅި ޝަކުވާ

ގަން އައިލެންޑްގައި އިނގިރޭސި އޮފިސަރުން ދިވެހި މަސައްކަތްތެރިންނަށް ބިރުދައްކާ ކަމަށް ކުރާ ތުހުމަތެއް ކޮމަންވެލްތު ރިލޭޝަންސް އޮފީހުން ވަނީ ދޮގުކޮށްފަ އެވެ. އިނގިރޭސި އޮފިސަރުން މަސައްކަތްތެރިންނާއި ދިވެހި ސަރުކާރާ ދެމެދު މައްސަލަ ގޯސް ކުރަން އުޅޭ ކަމަށް ދިވެހި ސަރުކާރުން ދައުވާކުރި އެވެ. މި ޝަކުވާތަކަކީ އާ ޝަކުވާތަކެއް ނޫން ކަމަށާއި އެއީ ދިވެހި ސަރުކާރުގެ ވެރީންގެ ފަރާތުން އުފައްދައިގެން އުޅޭ ޝަކުވާތަކެއް ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.

ރާނީ ރާއްޖެ ވަޑައިގަތީ 1972 ވަނަ އަހަރުއެވެ. އެއީ އިނގިރޭސިވިލާތުގެ ވެރިޔަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެ، މަސްމާރުކޭޓް ދެއްކެވިއެވެ. އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދުގެ ގުޅުން ތާރީޚުގައި އޮންނަނީ 1887 ވަނަ އަހަރު އެ ޖަޒީރާތައް އިނގިރޭސިންގެ ޕްރޮޓެކްޓޯރޭޓަކަށް ބަދަލުވުމުގެ ފަހުންނެވެ.

ދިވެހި ރާއްޖޭގެ ބޮޑުވަޒީރު އަތޮޅުތެރެއަށް އަރުވާލެއްވުން

ބޮޑުވަޒީރު އަޙްމަދު ޒަކީ 1975 ވަނަ އަހަރު ހައްޔަރުކޮށް ދުރު އަތޮޅަކަށް ފޮނުވާލެއްވީ ރައީސް އަމީރު އިބްރާހިމް ނާސިރެވެ. ސަރުކާރުގެ އެހެން އޮފިޝަލަކު ކަމަށްވާ އަޙްމަދު ޖަލީލްވެސް ވަނީ ހައްޔަރުކޮށްފައެވެ. މިކަން ހިނގާފައިވަނީ ރާއްޖޭގެ ސިފައިން ދޫކޮށްލަން އޮތް ގަމުގެ މުސްތަގުބަލާ ބެހޭ މަޝްވަރާތައް ފެށުމުގެ ކުރިންނެވެ.

ދިވެހި ރާއްޖެ ޖުމްހޫރިއްޔާއަކަށް ބަދަލުވުން:

ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު ދިވެހި ރާއްޖެ ވެފައިވަނީ ދުނިޔޭގައިވެސް އޮތް އެންމެ ޒުވާން ޖުމްހޫރިއްޔާ ކަމުގައެވެ. ދިވެހިން އިސްލާމްވެފައިވަނީ 12 ވަނަ ޤަރުނުގައެވެ. އާ ރައީސް އަމީރު އަމީން ދީދީ ރިޔާސީ ވެރިކަން ޖުމްހޫރިއްޔާއަކަށް ބަދަލު ކުރުމަށް ލަފާ ދެއްވި އިރު، އެކަން ގަބޫލު ކުރެވުނީ ގާތްގަނޑަކަށް އިއްތިފާގުންނެވެ. އަމީން ދީދީ ނިސްބަތްވަނީ 1759 ވަނަ އަހަރުން ފެށިގެން ރަސްކަން ވާރުތަވަމުން އައިސްފައިވާ އާއިލާއަކަށެވެ.

މިހާތަނުން މި ސަފުހާތަކުގެ ސިލްސިލާ ނިމުމަކަށް އައީ އެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.