...

Support Us

ދިވެހިރާއްޖެއާ ބެހޭ ތާރީޚީ ސަފްހާތަކެއް- 13

އަލުން މަޝްވަރާއަށް ދައުވަތު ދިނުން

ޖޫން 30 ވަނައަށް ވީ ބުދަ ދުވަހު ލަންޑަނުގައި ކަށަވަރުވެގެން ދިޔައީ އިނގިރޭސި ސަރުކާރުން ދިވެހިސަރުކާރާ އެކު އަލުން އެކުވެރިކަމުގެ މަޝްވަރާއަށް ސެޕްޓެމްބަރު މަހު އަލުން ދިވެހި ވަފުދު ލަންޑަނަށް އައުމަށް ދައުވަތު ދީފައިވާ ކަމެވެ. އެއީ އެންމެ ފަހުން ކުރިޔަށް ނުގެންދެވިގެން ހުއްޓާލި މަޝްވަރާތައް އަލުން ފެށުމަށްޓަކައެވެ. އެހެންނަމަވެސް އެވަގުތު ލަންޑަނަށް ވަފުދެއް ފޮނުވުމަށް ދިވެހި ސަރުކާރުން ނިންމާފައި ނުވާތީ މިކަމަށް އަވަސް އިޖާބައެއް ދިނުމަށް ދިވެހި ސަރުކާރުން މަސައްކަތެއް ނުކުރިއެވެ. ދެ ސަރުކާރުގެ މަޝްވަރާތައް ހުއްޓުމަކަށް އައީ މާޗް މަހު ސުވާދީބު ސަރުކާރުގެ މިނިވަންކަމާއި އިސްތިގުލާލަށް ދިވެހި ސަރުކާރުން އިހުތިރާމު ކުރުމަށް ގޮވާލުމުންނެވެ. ދިވެހި ސަރުކާރުން ދެކޭ ގޮތުގައި ރާއްޖޭގެ ދެކުނު އަތޮޅު ތަކުގައި އިނގިރޭސީން އެ ހިންގުވަނީ ބަޣާވާތެކެވެ. މިކަމަކީ އިނގިރޭސީން އަޑީގައި ތިބެގެން އެމީހުން ލައްވާ ކުރުވާ ކަމެއް ކަމުގައެވެ. ދިވެހި ސަރުކާރުން އެ މަޝްވަރާ ކުރިއަށް ނުގެންދަން ނިންމެވީ މި ސަބަބަށްޓަކައެވެ.

ބަޣާވާތުގެ ސަބަބުން އުފެދުނު ދެބަސްވުމުން ދެގައުމުގެ ގުޅުމަށް ބުރޫއެރުން

މި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިނގިރޭސީން މަސައްކަތް ކުރި ނަމަވެސް ދެކުނުގެ ތިން އަތޮޅުގައި އުފެދިފައިވަނީ ދިވެހި ސަރުކާރާ އަލުން ގުޅިގެން ކުރިއަށް ދިއުމުގެ ރޫހެއް ނޫނެވެ. ސުވާދީބުގައި ހިމެނޭ ތިން އަތޮޅު މާލޭގެ ސަރުކާރަށް ބޯލަނބާކަށް އެއްބަހެއްނުވިއެވެ. އެހެންކަމުން މި މަޝްވަރާ އަލުން ފެށި ނަމަވެސް މާ ބޮޑު ކުރިއެރުންތަކެއް ލިބިދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތްމެއެވެ. އިންގިލާބީ ސަރުކާރުގެ ރައީސް އަފީފްދީދީ ނޫސްތަކަށް ބަޔާން ދެއްވައިފައިވަނީ ސުވާދީބު ރިޕަބްލިކްގައި ހިމެނޭ ތިންއަތޮޅާ ބެހޭ އެއްވެސް މުއާމަލާތްތަކެއް އެމީހުންގެ ރުހުން ނެތި ނުކުރެވޭނެ ކަމަށެވެ. އެމަނިކުފާނު ސާފުކޮށް ވިދާޅުވީ މާލޭ، ސަރުކާރުން އުންމީދު ކުރާ ގޮތުގައި ދިވެހި ސަރުކާރާ ގުޅިފައިވާނެ ގޮތަށް ބޭއްވުމަށް ހުށަހެޅޭ އެއްވެސް ހުށަހެޅުމެއް ބަލައިގަތުމަށް މަޖުބޫރުކޮށް ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅުހަދާނެ ކަމަށެވެ.

ރައީސް އަފީފް ދީދީ ފާހަގަކުރެއްވި ގޮތުގައި ޔުނައިޓެޑް ސުވާޑިވް އައިލެންޑްސް އުފެދުމުގެ ކުރިން ގަން އަދި ހިތަދޫގައި ތިބި އިނގިރޭސި އާރްއޭއެފްގެ ކަމާބެހޭ ފަރާތްތަކަށް މާލޭގެ ބާރުދަށުގައި ހުރަސްތަކެއް ކުރިމަތިކުރުވިއެވެ. އެހެންކަމުން އެ ސްޓޭޖިން ޕޯސްޓާއި ރޭޑިއޯ ސްޓޭޝަނެއް އުފެއްދުމަށް މަސައްކަތް ކުރަމުންދިޔަ ދަނޑިވަޅު 1958 ޑިސެމްބަރު 28 ވަނަ ދުވަހު ވަފުދަކާއެކު މިސްޓަރ ޒަކީ ފޮނުއްވައި ރޯޔަލް އެއާފޯސްގައި އެމީހުންގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް އެންގެވިއެވެ. މިކަމުގެ ސަބަބުން އިނގިރޭސީންގެ ވައިގެ ސިފައިންގެ މަސައްކަތަށް ނަގާފައިވާ ކޮންޓްރެކްޓަރުންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވެގެން ދިޔައެވެ.

އަފީފް ދީދީ ވިދާޅުވާ ގޮތުގައި ރައްޔިތުން މެއި މަހުގެ 25 ވަނަ ދުވަހު ކުރިން ލިޔުއްވި ލިޔުންތަކުގައި ދެއްކެވި ވާހަކަތައް ތަކުރާރުކޮށް، ސްޓޭޖިން ޕޯސްޓް ގާއިމްކުރުމާއި މަސައްކަތް ކުރުން ހިމެނޭ ގޮތަށް އިނގިރޭސި ސަރުކާރާއެކު އަމިއްލަ ނަމުގައި އެއްބަސްވުމެއް ހަދަން އެދުނެވެ. އޭނާގެ ބަޔާން ނިންމަވާލައްވަމުން ފާހަގަކުރެއްވި ގޮތުގައި އެކަމާ ގުޅޭ އެއްވެސް އެއްބަސްވުމެއް މާލެއާ އެކު ދުވަހަކުވެސް އެމީހުންނަށް ބަލައިގަނެވޭނެ ގޮތެއް ނުވާނެއެވެ. އެއީ އެ އަތޮޅުގެ ވެރިންނަކީ ހަމަ ޔަގީނުންވެސް މާލެ ނޫން ކަމަށްވާތީއެވެ.

އިނގިރޭސިވިލާތުން ފޮނުވާ ކާނާ

ދިވެހި ސަރުކާރުން ޖުލައި ހަތް ވަނަ ދުވަހު ކޮލަމްބޯގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިނގިރޭސި ކަމާބެހޭ ފަރާތްތަކުން ޗާޓަރުކުރި ބޯޓަކުން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ކާބޯތަކެތި ހުވަދުއަތޮޅަށް ގެންދިޔަ ކަމަށެވެ. މިއީ އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކާ ޚިލާފު، އަދި ގާނޫނާވެސް ޚިލާފު އަމަލެއް ކަމަށް ސަރުކާރުން ބުންޏެވެ. ދިވެހި ސަރުކާރުން ބުނީ އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އުފެދިފައިވާ އެކި މައްސަލަތަކާ ބެހޭ މަޝްވަރާ އަލުން ފެށުމާއެކު އެފަދަ އަމަލުތައް ތަކުރާރުވުން ހުއްޓުވައިގެން ނޫނީ ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ.

ސުވާދީވް އަމާން ދިނުން

ޖުލައި 30 ވަނަ ދުވަހު ސިލޯނުގައި ދިވެހި ސަރުކާރުން އިއުލާން ކުރި ގޮތުގައި ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރި އަދި ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އިނގިރޭސި ސަރުކާރުގެ ނުފޫޒު ފޯރާފައިވާ ދެ އަތޮޅު ސަރުކާރާ ހަވާލުވެއްޖެއެވެ.

އެ މަންދޫބު ވިދާޅުވީ އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ކޮށްފައިވާ ދޮގު ވައުދުތަކާ މެދު ދެ އަތޮޅުގެ ރައްޔިތުން ފުރިހަމައަށް ނަފްރަތުކޮށް، އެމީހުންގެ ނިންމުން އަމިއްލަ މަސްލަހަތަށް ނިންމާފައިވާ ކަމަށެވެ. ދިވެހި ސަރުކާރުން ދެން ނިންމީ ބަނޑުހައިހޫނުކަމުން ސަލާމަތްވުމަށްޓަކައި 5،000 ބަސްތާ ކާބޯތަކެތި އެ އަތޮޅުތަކަށް ފޮނުވުމަށެވެ. އެ އަތޮޅުތައް އަނބުރާ ލިބުމާ ގުޅިގެން ބޮޑުވަޒީރު ވަނީ އެ އަތޮޅުތަކަށް ޒިޔާރަތްކޮށް އެ އަތޮޅުތަކުގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ އެހީއެއް ދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

އިނގިރޭސީންގެ އެހީގައި އަބްދުﷲ އަފީފް ދީދީ ގަވާއިދާ ހިލާފަށް ސަރުކާރެއް އުފެއްދެވި ދުވަހުން ފެށިގެން އެ އަތޮޅުތަކުގެ ރައްޔަތުން ދިރިއުޅެމުން އައީ ބަނޑުހައިހޫނުކަމުގެ ފެންވަރުގައި ކަމަށް ބުނެފައިވެ އެވެ. އޭނާ ވިދާޅުވީ މީގެ ހަ މަސް ކުރިން ބަޣާވާތް ފެށި ފަހުން އިނގިރޭސި ކަމާބެހޭ ފަރާތްތަކުން ފޮނުވީ އެންމެ 500 ބަސްތާ ކާބޯތަކެތި ކަމަށާއި އެ ދުވަސްވަރު ރަށްރަށުގެ ރައްޔިތުންނަށް މަހަކު 3،000 އާއި 4،000 އާ ދެމެދުގެ ބަސްތާ ކާޑު ބޭނުންވާ ކަމަށެވެ.

އިނގިރޭސި ސިފައިންގެ މަންދޫބު ބުނާ ގޮތުން އެއް އަތޮޅެއް އެމީހުންގެ ކޮންޓްރޯލްގައި ތިއްބެވެ. އެއީ އައްޑު އަތޮޅެވެ. އެއަށް ޖަވާބު ދެއްވަމުން ރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުން ބުނީ އިނގިރޭސިވިލާތުން އެއްވެސް މަރުހަލާއެއްގައި ރާއްޖޭގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ވަދެ ނުވަތަ ތަދައްޚުލުވެފައިނުވާ ކަމަށާއި ގަން އައިލެންޑާއި މިހާތަނަށް އައްޑު އަތޮޅުގައި ތިބި ރޯޔަލް އެއާފޯސް މީހުންނަކީ އެއްބަސްވުމެއްގެ ދަށުން ތިބި ބައެއް ކަމަށެވެ.

އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރު ވަނީ ދިވެހިރާއްޖޭގެ ދެކުނު އަތޮޅުތައް ވަކި ވެރިކަމެއް ކުރަން ފެށުމުގައި އިނގިރޭސިވިލާތުން ބައިވެރިވާ ކަމަށް ބުނާ ތުހުމަތުތައް ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އިނގިރޭސި ސަރުކާރުން މުއާހަދާތަކަށް ތަބާވާ ކަމަށް ތަކުރާރުކޮށް ބުނެ، ދިވެހިރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް އެމީހުން ވަންނަ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރި އެވެ. މީގެ އިތުރުން އެބޭފުޅުންގެ ހެޔޮހިތުން ހުށަހެޅުއްވީ ދިވެހިރާއްޖޭގެ ސަރުކާރާއި އައްޑު އަތޮޅުގެ ރައްޔިތުންގެ މަންދޫބުންނާ ދެމެދު ސުލްހަވެރި މުއާމަލާތްތަކަށް މަގުފަހިކުރުމަށެވެ. އެމީހުންގެ އަމާޒަކީ، ހަމަޖެހުން އަލުން ގެނައުމަށް ސުލްހަވެރި ގަރާރަކަށް ބާރުއަޅައި، އައްޑު އަތޮޅުގައި ދިވެހި ސަރުކާރުގެ ބާރު އަލުން ފައިދާ ހުރި ގޮތެއްގައި ގާއިމްކުރުމަށް އެހީތެރިވުމެވެ.

މަޝްވަރާތައް އަލުން ފެށޭނެ ކަމަށް ލަފާކުރެވުން

އިނގިރޭސި ސަރުކާރުން ހުށަހެޅީ ދިވެހި ސަރުކާރުގެ މަންދޫބުންނާއި އައްޑު އަތޮޅު ރަށްރަށުގެ ރައްޔިތުންނާ ދެމެދު ސީދާ މަޝްވަރާތައް ބާއްވައި، މަޝްވަރާތަކަށް ދަތުރުފަތުރާއި އެކޮމޮޑޭޝަން ފަސޭހަކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ. އައްޑު އަތޮޅުގެ ބާރު އަލުން ގާއިމް ކުރުމަށް ސުލްހަވެރި އެއްބަސްވުމެއްގެ މުހިންމުކަން ފާހަގަކުރައްވައި، ކާމިޔާބު މަޝްވަރާތަކުން ސެޕްޓެމްބަރު މަހު ފުރަތަމަ ރާވާފައިވާ ފުޅާ މަޝްވަރާތަކަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި މަތީފެންވަރުގެ މުއާމަލާތްތަކާއި ސިޔާސީ އުނދަގޫތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި މިހިނގާ މައްސަލަތަކަށް ހައްލެއް ހޯދައި، ހަމަޖެހުން އަލުން ގާއިމު ކުރެވޭނެ މަގުތައް ކޮށައި، އެކަމުގައި ބައިވެރިވި ފަރާތްތައް މިހާރު އެތިބީ އެ މުހިންމު ދަނޑިވަޅު އަންނާނެ ވަގުތަކަށް ބަލަބަލައެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.