Support Us

މިއީ ޅެމެއް ނޫން. މަޖަލެއް: ދުނިޔެވަރު ގޯންޏަކަށް މަދޮއްޓެއް ލުން

ޝައްކެއް ނެތް. މިއަދަކީ މުދައްރިސުންގެ ދުވަސް. މިއަދު ޖެހޭނެތާ މުދައްރިސުންނަށް ދިމާވެފައި ހުންނަ މުހިންމު ވާހަކަތައް ދައްކައިލާން.. އެހެންނު. އެހެންވީމާ އެންމެ ފުރަތަމަވެސް ތިޔަ ބޭފުޅުން ގާތު މި އެދެނީ މި ވާހަކަތައް ކިޔައިދިނީމާ ނުހެއްޗޭ.. ނުހޭށޭ… ބޭނުމިއްޔާ މިހާރު ހީނފައި ތިބޭނީ… ފަހުން ހޭންވެއްޖެނަމަ އަޅުގަނޑުގެ ބައްޕަ ބުނާގޮތުން ވިއްޔާ ތާހިރުވާންޖެހިދާނެ..

ތިޔަ އެކުވެރިންނަށްވެސް އެނގޭނޭ ފަދައިން ބައެއް މުއައްޒިފުންނަކީ ވަރަށް ބުރަކޮށް އުޅޭ ބައެއް. އެހެންވެ ލިބޭ ވަރުބަލިކަމުގައި އަރާމުކޮށްފައި ޖެހިގެން އަންނަ ދުވަހު ތެދުވެވެނީ ވަރަށް ލަހުން. މުދައްރިސުންވެސް އުޅެނީ މިފަދަ ޙާލެއްގައި. ގިނަ ދުވަހު ހެނދުނު ހޭލެވެނީ ދެންމެދެންމެއަށް ވީމާ. އާބިދާއަކީވެސް މިފަދަ އެކަކު. އާބިދާ ސްކޫލަށްދާން ގެއިން ނުކުންނަނީ ހެނދުނު 6:45 ގައި.

އެއް ދުވަހަކު މި އާބިދާއަށް ހޭލެވުނީ ހަގަޑި ފަނަރައިގައި، އިނގޭ.. ދެން ވީ ގޮތަކީ ވަރަށް އަވަސްއަވަސް ކޮށްލައިގެން މޫނު ދޮވެލައިގެން ހެދުން އަޅައިފި. ސްކޫލަށް ދާން ތައްޔާރުވީ ވަރަށް ހާސްވެ ހުރެ. ދަރިފުޅު އޮފީހަށް ދާންވާއިރަށް ބޭނުންވާ ހެނދުންވެސް އިސްތިރިކޮށް ތައްޔާރުކޮށްފައި. ދެން އާބިދަ ދުވަމުން ނުކުމެގެން އޮފީހަށް ހިނގައްޖެ. އެވަރުންވެސް އޮފީހަށް ދެވުނުއިރު ގަޑިޖެހި މިނެޓެއް ހިނގައިފި.

އޭރު އާބިދާގެ ފޯނު ރިންގުވޭ. ބަލައިލި އިރު ކަމުދާކަށް ނެތް. އޭރު އާބިދާގެ ދަރިފުޅު ގުޅަނި. ފޯނު ނަގައިފި. ދަރިފުޅު އަހައިފި "އޭ މަންމާ.. ކޮބާ އަޅުގަނޑުގެ ހެދުން އިސްތިރިއެއް ނުކުރަމެއްނު."

މަންމަ އާބިދާ ބުނެފި…. "ނޫން ނޫން ދަރިފުޅާ.. ހުރިހާ އެއްޗެއްވެސް ދަރިފުޅު ބޭނުންވާހެން އިސްތިރިކުރިން. ހެދުމާ، ބްރާއާ ޖަންގީވެސް ކުރިން. ބަލާބަލަ އެނދުމަތި"

ދަރިފުޅު ބުނެފި.. "އަޅޭ މަންމާ. އެތަނުގައި އޮތީ މަންމަގެ ބްރާއާ ޖަންގީ… "

އާބިދާ އޭރު އޮފީސްތެރެއިން ނުކުންނަނީ.. ހައިރާންވެފައި ބުނަން ފަށައިފި.. "ނޫން ދަރިފުޅާ.. ކުރިން.. ހުރޭ. މަޑުކޮށްލާ.. ތިޔަވީ ކިހިނެއްބާ"

ދެން އާބިދާ ވަރަށް އަތްމަތި އަވަސްކޮށް ހެދުން ހިއްލައި ހަރުވާޅު ފުޅާކޮށްލައިފައި އެތެރެއަށް ބަލައިލައިފި. "އައްޗީ…" ދެލޯ ބޮޑުކޮށް މިހެން ބުނެލައިފި. އަދި ވަރަށް އަވަސް ހަރަކާތަކާއެކު ކަރުވަޅަށް ބަލައިލި. ހައިރާނާއެކު ބުނެފި. "މީތާ ގަދަކަމުން ލާންޖެހުނު ސަބަބަކީ"

އަނެއްކާ ފޯނަށް ޖަވާބުދީފި. އެކުވެރިންނޭ. އާބިދާ ލައިގެން ހުރީ ދަރިފުޅުގެ ޖަންގީ. އަދި އަޅައިފައި އޮތީވެސް ދަރިފުޅުގެ ބްރާ.. ދެން ކީކޭ ބުނާނީ…

އާބިދާ ވަރަށް ހަމަޖެހިލައިގެން ހީނލައިފައި ބުނީ ދަރިފުޅު ގަޑިޖެހިދާނޭކަމާ.. އަވަހަށް މަންމަގެ ސާމާނު ބޭނުންކޮށްލުމަށް. އިސްތިރިކޮށްފައި ހުރުމުން އެއްވެސް ގެއްލުމެއް ނުވާނޭކަމަށް.. ހައިރާނެއް ނުވާނެތަ.

އެހިނދު އާބިދާގެ ދަރިފުޅު ވަރަށް ހާސްވެފައި ބުނެފި. "މަންމާ… މާސިންގާ ގޯންޏަކަށް މަދޮއްޓެއް ލާނީ ކިހިނެއްތަ.. އަނެއްކާ މިއޮތީ އަނެއް އެތި. މީގެ އެއް ފައިކުރިއަށް މުޅި އަޅުގަނޑަށް އެރެވޭއިރު މި ލައިގެން މަގުމަތިން ދާއިރު ފިހުނު ފޮޅިތައް މަގަށް ތިރާވާނެނު.. " އާބިދާ އަށް ބުނާނޭ އެއްޗެއް ނޭނގުނު.

ބުނެލިހާވެސް އެއްޗަކީ "ބައްޕަވެސް ބައެއް ދުވަހު މަންމަގެ ވެއާތައް ބޭނުންކުރޭ.. ކުރިމަތި ފުރަގަހަށް އަނބުރައިލައިގެން ބޭނުންކުރީމާ ބައްޕައަށް އޯކޭކަމަށް ބުނަނީ.. ދަރިފުޅުވެސް މިހެން ހަދައިލާ… "

މިހެން ބުނެފައި އާބިދާ ފާޑަކަށް ހެމުން ހެމުން ސްޓާފްރޫމަށް ވަދެ މޭޒުމަތީ ބޯ ޖަހައިލައިފި.