ޗައިނާގެ ދިފާޢީ ވަޒީރުކަމަށް އެ ޤައުމުގެ ކަނޑުގެ ސިފައިންގެ ކުރީގެ ވެރިޔާ ޑޮންގ ޖުން މިއަދު އިސްކޮށްފިއެވެ.
ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޝިންޚުވާ ބުނިގޮތުގައި ޗައިނާގެ ބަރްލަމާނުގެ ދާއިމީ ކޮމެޓީން ޑޮންގ ޖުން (ފޮޓޯގައި) މި މަޤާމަށް އިސްކުރުމަށް ނިންމީ މިއަދުއެވެ. އެ މަޤާމުގައި ހުންނެވި ލީ ޝަންގް ވޫ މި ހުސްވި އޮގަސްޓު މަހުން ފެށިގެން ރަސްމީ އެއްވެސް ތަނަކުން ނުފެނެއެވެ. އޭނާ މި މަޤާމަށް އިސްކުރިތާ ހަތް މަސް ފަހުން މަޤާމުން ވަކިކުރީ ކީއްވެގެން ކަމެއް ނޭނގެއެވެ.
އުމުރުން 62 އަހަރުގެ ޑޮންގް ޖުން ކަނޑުގެ ސިފައިންގެ ވެރިޔާކަމުގެ މަޤާމަށް އިސްކުރީ 2021ގައެވެ.
އޭނާ މި މަޤާމަށް އިސްކުރުންވެގެން ދިޔައީ ދާރިސުންނަށް ވެސް ލިބުނު ސިހުމަކަށެވެ. ގިނަ ބަޔަކު ލަފާކުރިގޮތުގައި މި މަޤާމަށް އިސްކުރެވޭނީ ޖޮއިންޓް ޗީފް އޮފް ސްޓާފުގެ މަޤާމުގައި ހުންނެވި 59 އަހަރުގެ ޖެނެރަލް ލިޔު ޗިން ލީ އެވެ. އޭނާ މި ދިޔަ ހަފުތާގައި އެމެރިކާގެ ޖޮއިންޓް ޗީފް އޮފްސްޓާފާ ވަނީ ބައްދަލު ވެސް ކުރައްވައިފައެވެ.



advertisment