Support Us

މިއަދު ކޮވިޑަށް 128 މީހުން ޕޮޒިޓިވްވި

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް19 އަށް މިއަދު 128 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

ކޮވިޑް19 ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް މިވަނީ އިތުރުވާން ފަށައިފަ އެވެ. މި ބަލި ޖެހިގެން އިއްޔެ ވަނީ 77 އަހަރުގެ އަންހެނަކު މަރުވެފަ އެވެ. އެހެންކަމުން މި ބަލި ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 21 އަށް އަރައިފަ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ކޮވިޑް ޖެހިގެން މިއަދު ޕޮޒިޓިވްވި 128 މީހުންގެ ތެރޭގައި ހިމެނެނީ 83 ދިވެހިންނާއި 35 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ހަތަރު މީހުންނާއި ސްރީލަންކާގެ ހަތަރު މީހުންގެ އިތުރުން ނޭޕާލްގެ ދެ މީހުންނެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް މި އޮގަސްޓް މަހު ޕޮޒިޓިވްވާނެ ކަމަށް އެންއީއޯސީގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. އަންދާޒާ ކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. މި ބަލި ޖެހިގެން ރާއްޖެއިން މިމަހުގެ މިހާތަނަށް ފަސް މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 5494 އަށް އަރައިފަ އެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2553 ހިމެނޭއިރު 156 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަންދަނީ ފަރުވާ ދެމުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް