...

Support Us

އަރުޟުލް މުޤައްދަސާގައި ނިއުޅެމުންދަނީ ޔަހޫދީ ޑްރާމާގެ ފަހު ބާބު- 11

ދައްޖާލުގެ ފިތުނަވެރިކަމުގައި މުސްލިމުން ބަނދެވި މުސްލިމުން ވާނުވާގައި

ކީރިތި ރަސޫލާ ﷺ ދައްޖާލަށް މަސީޙުއްދައްޖާލުގެ ނަމުން ދައްޖާލަށް ނަންދެއްވި ސަބަބަކީ ޢީސާގެފާނުގެ ނަންފުޅުގައި ދޮގާއި މަކަރާއި ހީލަތް ހަގީގަތުގެ ގޮތުގައި މީސްތަކުންނަށް ފެންނާނެތީއެވެ. ދޮގާއި މަކަރާއި ހީލަތުން ފުރިފައިވާ މިޙަޤީޤަތް، އަޅުގަނޑުމެންނަށް ކިތަންމެ ރީއްޗަކަށްވެސް އެބަފެނެއެވެ. އެކަމަކު ފެންނަނީ ތެދު ޙަޤީޤަތެއް ފަދައިންނެވެ. އެއީ ޙަޤީޤީ ނަޞާރާއިންނާއި އެއްވެސްގޮތަކަށް އެއްވެސްކަހަލަ ގުޅުމެއްނެތް ބަޔަކު، ނަޞާރާއިންގެ ގޮތުގައި މަސީޙުގެ ނަންފުޅުގައި އުޅެމުންދާތަނެވެ.

އިމާމް ނަވަވީގެ އިތުރަށް ދައްޖާލާ ބެހޭގޮތުން ޢިލްމުވެރިން ތަފާތު ވާހަކަފުޅުތައް ދައްކަވާފައިވެއެވެ. އަދި ކޮންމެ އިލްމުވެރިއެއްގެ ވާހަކަތައް ބިނާކުރައްވާފައިވަނީ ކީރިތި ރަސޫލާ ﷺގެ ޞައްޙަ ޙަދީޘްފުޅުތަކަށެވެ. ޢިލްމުވެރިންގެ ވާހަކަފުޅުތަކުން ބަޔާންމިކުރާ މައިގަނޑު ތިންކަން ދައްޖާލާއިބެހޭގޮތުން ފާހަގަކުރެވެއެވެ.

1) ފަރުދެއްގެ ގޮތުގައި ދައްޖާލު:- ކޮންމެވެސް އެއް ހިސާބަކުން (ވަގުތަކުން) ފަރުދެއްގެ ގޮތުގައި ދައްޖާލު ފާޅުވުން

2) ދުނިޔޭގެ ނިޡާމެއް (ދުނިޔޭގައި ހިނގާ ކަންތައްތަކެއް):- ފަސާދައާއި ފިތުނަވެރިކަން ހައްދުފަހަނަޅާދިއުން

3) ނުފެންނަ ބާރެއް ނުވަތަ ފަރާތެއް:- ޝައިޠާނާއެކޭ އެއްގޮތަށް ނުފެންނަ ޝައިޠާނީ ބާރެއް

ދައްޖާލު، ދޮގާއި ހީލަތުން ދުނިޔޭގެ އެންމެން ކަހަލަގޮތަކަށް އޭނާއަށް ތަބާކުރުވާނެއެވެ. މުސްލިމުންގެ ތެރެއިންވެސް މަދު މީހަކު މެނުވީ އޭނާގެ ކެހިވެރިކަމުގައި (ފިތުނައިގައި) ޖެހޭނެއެވެ. ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވާފައިވާ ގޮތުގައި ދައްޖާލު ފޮނުއްވާނެކަމަށް ކޮންމެ ރަސޫލު ބޭކަލަކުވެސް އިންޒާރުކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅު ތަކަށް ވިސްނާއިރު ދައްޖާލަކީ ފަހު ޒަމާނުގައި ފާޅުވާނެ މީހެއްކަން އެނގެއެވެ. އެކަލޭގެފާނަކީ ފަހު ޒަމާނުގެ ރަސޫލާއެވެ. އެހެންކަމުން ފަހު ޒަމާން ނުވަތަ ޤިޔާމަތަށް ގުނަން ފެށުނީ އެކަލޭގެފާނާއި ހަމައިންކަމަށް ޤަބޫލުކުރަންޖެހެއެވެ.

ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ކީރިތި ރަސޫލާ ﷺގެ ޞައްޙަ ޙަދީޘްފުޅުތައް ރަނގަޅަށް ދިރާސާކުރާއިރު ދައްޖާލުގެ ހަޔާތުގެ ބުރެއް (އިވޮލިއުޝަންއެއް) ވެއެވެ. އެކަމަކު ދައްޖާލުގެ ހަޔާތުގެ ބުރު ތަރައްޤީވަމުން (އިވޯލްވްވަމުން) އަންނަނީ ވަގުތުގެ ތަފާތު ދުނިޔެތަކެއްގައެވެ. އެއީ އިންސާނާއަށް ނުފެންނަ ވަގުތުގެ ތަފާތު ތިން ދުނިޔެއެކެވެ. އެހެންކަމުން ދައްޖާލުގެ އަހަރަކާއި މަހަކާއި ހަފުތާއެއް ނިމޭނީ ވަގުތުގެ މުޅިން އެހެން ހާލަތެއްގައި އަޅުގަނޑުމެންގެ ލޮލަށް ނުފެނިއެވެ. އާޚިރުގައި އަޅުގަނޑުމެން މިދިރިއުޅޭ ވަގުތުގެ ދުނިޔެއިން އޭނާ ފެންނާނީ އޭނާގެ ހަޔާތުގެ އެންމެ ފަހު މަރުހަލާގައެވެ.

ރަސޫލުﷲ ﷺ ގެ ހަދީސްފުޅުތަކަށް ބިނާކޮށް ޑރ. ޔާސިރު ޤާޟީ ފާހަގަކުރައްވާ ގޮތުގައި ދައްޖާލަކީ ޖިސްމާނީ ނުކުޅެދުމެއް ހުންނާނެ މީހެކެވެ. އޭނާ މީސްތަކުންނަށް ފެންނާނީ ޒުވާނެއްގެ ގޮތުގައެވެ. އޭނާގެ ކޮންމެވެސް އެއް ލޮލެއް ހުންނާނީ ހަލާކުވެފައި ނުވަތަ އަވަރުވެފައެވެ. ދައްޖާލުގެ ބޮލުގެ އިސްތަށިގަނޑު ބުޅިވާނެއެވެ. އޭނާގެ ނިތްކުރީގައި ކާފިރު މިބަސް އޮންނާނެއެވެ. އެކަމަކު އޭގެ މާނަޔަކީ ދައްޖާލުގެ ނިތްކުރީގައި ކާފިރު ލިޔެފައިވުމެއްނޫނެވެ. ކިރިޔާ އީމާންކަމެއް ހުރި މީހަކަށްވެސް ދައްޖާލުފެނުމުން އޭނާއަކީ ދައްޖާލުކަން ކަށަވަރުވާނެއެވެ. ދައްޖާލު ހުރިހާ ބޮޑެތި ސިޓީތަކަށް ދަތުރުކުރާނެއެވެ. މި ޙަދީސްފުޅުތަކުން ކަށަވަރުވާ އެއްކަމަކީ މިހަދީސްފުޅުތަކުގެ ލަފުޒީ މާނައަށްވުރެ ބޮޑަށް އޭގައި ފޮރުވިފައިވާ މާނަތަކަށް ރިއާޔަތްކުރަންޖެހޭކަމެވެ. ހިތާމަޔަކީ ގިނަ ޢިލްމުވެރިން ހަދީޘްތަކުގެ ލަފުޒީ މާނައިގައި ހިފައިގެން ދެމުމެވެ.

ދައްޖާލާ ބެހޭގޮތުން ހުރި ނަބަވީ އިރުޝާދުތަކުގެ ލަފުޒީ މާނައިގައި ގިނަ މުސްލިމް ޢިލްމުވެރިން ތިބީ ތާށިވެފައެވެ. ވިސްނަވާށެވެ. އެއް ލޯ ކަނު އަވަރު ފައި ކޮރު މީހަކަށް މީހުން ތަބާވާނެތޯއެވެ؟ ނޫން، އެކަމެއް ނުވާނެއެވެ. އިންސާނެއްގެ ނިތްކުރީގައި ކާފިރު އެހެން ލިޔެވިފައި އޮތުމަކީ ބުއްދީގެ މަގުން އެކަށޭނަ ކަމެއް ނޫނެވެ. އެހެންކަމުން ދައްޖާލާއި އޭނާގެ ފިތުނަޔާމެދު ތޫނުފިލިކޮށް (ކްރިޓިކަލްކޮށް) ވިސްނުމުން ކަށަވަރުވާކަމަކީ އޭނާޔާ އެކުގައި އަޅުގަނޑުމެން އުޅެމުންދާކަމެވެ. ޔަޢުޖޫޖް މަޢުޖޫޖާއެކުގައިވެސް އަޅުގަނޑުމެން އުޅެމުންދާކަމެވެ. އެއްވެސް ރަސޫލެއް ނުވަތަ ނަބިއްޔެއްގެ ގައުމަށްވެސް ﷲ އޭލިއަނުން ނުފޮނުއްވައެވެ. އެހެންކަމުން ޔަޢުޖޫޖް މަޢުޖޫޖްގެ މީހުން މިއަދު އޭލިއަން ބަޔަކަށްވާންޖެހޭ ބުއްދީގެ ސަބަބެއް ނެތެވެ. ނަބަވީ އިރުޝާދުން އެނގޭ ހުރިހާ ކަމެއް ދައްޖާލުދަނީ ކުރަމުންނެވެ. މިކަން ގަބޫލުކޮށް ވިސްނޭނީ ރޫހީ ލޮލުން ބެލީމައެވެ.

ރަސޫލުﷲ ﷺ ގެ އިރުޝާދުން އެނގޭގޮތުގައި ދައްޖާލަށް އެންމެގިނައިން ތަބާވާނީ ޔަހޫދީންނެވެ. އެހެންކަމުން ދައްޖާލާމެދު އެމީހުން ދެކޭގޮތަށް ބަލާލަމާ ހިނގާށެވެ. ޔަހޫދީ އާދަކާދައިގައި މަސީޙް އޮވެއެވެ. އެކަމަކު އެމީހުން ކިޔަނީ މަޝީޚްއެވެ. މަޝީޚްއަކީ ދުނިޔޭގައި ވަރުގަދަ ރަސްކަމެއް ކުރާނެ މީހެއްކަމުގައި އެމީހުން ގަބޫލުކުރެއެވެ. އެމީހުންގެ ބަހުރުވައިން އެއީ މަލަޚް މަޝީޚްއެވެ. އެމީހުންގެ ޢިލްމުގައި މަޝީޚްއަކީ ދާވޫދޫ ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅުން އަންނަ މީހެކެވެ. މިރަސްގެފާނަކީ އެއްގޮތަކަށްވެސް ދީނީ މީހެއްނޫނެވެ. އެކަމަކު އެމީހުންގެ ޢިލްމުގައި އޭނާވާނީ ސިޔާސީ މީހަކަށެވެ. ޔަހޫދީންނަށް އޭނާއަކީ ބާރާއި ސިޔާސީ ކާމިޔާބީގެ ރަމްޒެކެވެ. މަސީޙުގެ ޒަމާން ދުނިޔެއަށް ގެންނާނީ މިރަސްގެފާނުކަމުގައި އެމީހުން ބުނެއެވެ. ޔަހޫދީން ޢީސާ ޢަލައިހިއްސަލާމާ ދެކޮޅަށް ނިމެ އެކަލޭގެފާނު އަވަހާރަކޮށްލަން ނިކުތީ އެކަލޭގެފާނު ރަސްކަލަކަށް ނުވުމުންނެވެ.

ޔަހޫދީން ގަބޫލުކުރާ ގޮތުގައި އެމީހުންގެ މަޝީޚް ރަސްގެފާނު ވަޑައިގެން ޔަހޫދީންގެ ރަން ޒަމާން ގާއިމްކުރައްވާނެއެވެ. މިރަސްކަމުގައި މިހާރު މަސްޖިދުލްއަޤުޞާ ހުރި ބިމުގައި އެމީހުން ޔަހޫދީ ކަނީސާއެއް ބިނާކުރާނެއެވެ. ޔަހޫދީންގެ ތިން މަޒުހަބުން މިރަސްކަން ގަބޫލުކުރެއެވެ. އޯތޮޑޮކްސް، ކޮންޒަވެޓިވް އަދި ރިފޯމް މަޒުހަބުން ގަބޫލުކާގޮތުގައި މަޝީޚް ވެގެންދާނީ ބާރުގަދަ ރަސްކަލަކަށެވެ. އެހެންވެ އަދުގެ ޔަހޫދީން މިހާރު އިންތިޒާރުކުރަމުންދަނީ މަޝީޚް ރަސްގެފާނަށެވެ. އަދި އެމީހުން ދެކޭގޮތުގައި ކޮންމެ ވަގުތަކުވެސް މަޝީޚް ވަޑައިގެންފާނެއެވެ. މިހާރު ޣައްޒާގައި ޔަހޫދީން މިހާރު މިހިންގާ ގަތުލުއާންމުގެ މައިގަނޑު ބޭނުމަކީ އެމީހުންގެ ރަސްގެފާނު ވަޑައިގަތުން އަވަސްކުރުމެވެ. ހަގީގަތުގައި އެމީހުން އެބުނާ މަޝީޚް ރަސްގެފާނު ވާނީ ދައްޖާލަށެވެ.

ޔަހޫދީން ގަބޫލުކުރާ ގޮތުގައި އެމީހުންގެ ރަސްގެފާނު ވަޑައިގަތުމަށް ތިރީގައި ބަޔާންމިކުރާ ކަންކަން ފުރިހަމަވާންޖެހޭނެއެވެ.

  • އަރުޟުލް މުޤައްދަސާ އެހެން މީހުންގެ ކިބައިން މިނިވަންވުން
  • މާތްކުރެއްވި ބިން މިލްކުކުރުމަށްޓަކައި ޔަހޫދީން އެބިމުގައި ވަޒަންވެރިވުން
  • އިސްރާއީލް ދައުލަތެއްގެ ގޮތުގައި ގާއިމްވުން
  • ޔަހޫދީން އަޅުކަންކުރަން އަޤުޞާހުރި ބިމުގައި ކަނީސާ ބިނާކުރުން
  • ދުނިޔޭގެ ވެރިކަން އިސްރާއީލުންކުރުން
  • އިސްރާއީލްގެ ބިމުން މަޝީޚް ރަސްގެފާނު ދުނިޔޭގެ ރަސްކަންކުރުން
  • ޔަހޫދީ ރަސްކަން ނިމުމެއްނުވާ ރަސްކަމަކަށްވުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.