Support Us

މެމްބަރުންގެ ސުވާލުތަކަށް ހެލްތު މިނިސްޓަރ އަމީރު މަޖުލީހުގެ ކޮމިޓީގައި އިއްޔެ ޖަވާބު ދެއްވަނީ -ފޮޓޯ: މަޖިލިސްގެ އިދާރާ

ދައުލަތުގެ އިސްވެރިންގެ ވާހަކަތަކުން ގައުމަށް ގެއްލުމެއް ލިބިގެން ހިނގައިދާނެ: ފިނޭންސް މިނިސްޓަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ދައްކަވާ ބައެއް ވާހަކަފުޅުތަކުގެ ސަބަބުން ދައުލަތަށް ގެއްލުން ލިބިގެން ހިނގައިދާނެ ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ދައުލަތުގެ ދަރަންޏާއި ފިނޭންސް މިނިސްޓްރީން ކުރައްވާ ކަންތައްތަކާއި ގުޅޭގޮތުން މަޖިލިސްގެ ރައީސް ނަޝީދު ހިތްޕުޅުހަމަޖެހިވަޑައިނުގެން ދައްކަވާ ވާހަކަފުޅުތަކަށް ފަނޑު ރައްދެއް ދެއްވުމުގެ ގޮތުން މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އަމީރު އިއްޔެ ވިދާޅުވީ، މީޑިޔާ ހެޑްލައިިންތަކަކީ ލިބޭ ހިންހަމަޖެހުންތަކެއް ކަމަށް ދެކި ވާހަކަ ދެއްކެވުމަކީ ދައުލަތަށް ގެއްލުންވެގެންދާނެ ކަމެއް ކަމަކުގައެވެ.

"މިހާރު މިގޮތަށް (ހެޑްލައިން) އޮތުމުން ވޯލްޑް ބޭންކް، އައި.އެމް.އެފް ތަންތަނުން ސުވާލު އުފައްދާނެ. އަޅުގަނޑުމެން ދިވެހި ދައުލަތުންދޭ ޑެޓް ސްޓެޓިކްސް އާމެދު ބޭރުގެ ފަރާތްތަކުން ސުވާލުކުރާ ހިސާބުން ދަތިތަކެއް އަންނާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ދަރަންނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލިސް ހިމެނޭ ގޮތަށް ބޭއްވެވި ކޮމިޓީ ބައްދަލުވުމުގައި ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމުގައިވާ ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފަހުކޮޅުގައި ފިނޭންސް މިނސްޓަރުކަން ކުރެއްވި އަހްމަދު މުނައްވަރާއި މިހާރުގެ ފިނޭންސް މިނިސްޓަރު އަހްމަދު އަމީރު މަޖިލިސް ކޮމިޓީއަށް ހާޒިރުކުރުވި މި ބައްދަލުވުމުގައި ކޮމިޓީގެ ބައެއް މެންބަރުން ވަނީ ދައުލަތުގެ ދަރަނީގެ ތަފްސީލްތައް އެގިވަޑައިނުގަންވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ދަރަނީގެ މަޢުލޫމާތުތައް ހާމަކުރެއްވުމުގައި ފިނޭންސް މިނިސްޓްރީގެ އިހްމާލް އޮތް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެހެން ނަމަވެސް މެމްބަރުންގެ އެ ތުހުމަތުތަކާ ގުޅިގެން މިކަމުގައި ތިންް ބޭފުޅުންވެސް ވަނީ ފިނޭންސް މިނިސްޓްރީ ދިފާއުކުރައްވާ ވާހަކަފުޅު ދައްކަވައިފައެވެ. މީގެ އިތުރަށް އެބޭފުޅުން ވިދާޅުވެފައި ވަނީ ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓް ހުށަހަޅާއިރު މަޖިލީހަށާއި ކޮމިޓީއަށް ވެސް ބަޖެޓް ހުށަހަޅާ ކަމަށާއި ދައުލަތުގެ ފަރާތުން ނަގާ އެއްވެސް ލޯނެއް އަދި ސޮވެރިން ގެރެންޓީއެއްގެ މަޢުލޫމާތު ހާމަކުރުމުގައި ގާނޫނާ އެއްގޮތަށް އެ ކަންތައް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަމުގައި އެއްވެސް އިހްމާލެއް ވެފައި ނޯންނާނެ ކަމަށެވެ.

ކޮމިޓީގެ ބައްދަލުވުން ނިންމަވާލައްވަމުންވެސް މަޖިލިސް ރައީސް ނަޝީދު ހިތްޕުޅުހަމަނުޖެހުން ފާޅުކުރައްވަމުން ވިދާޅުވެފައި ވަނީ އަދިވެސް މަޖިލީހުން އެދިވަޑައިގެންނަވާ މަޢުލޫމާތުތައް ސާފުނުވާ ކަމަށާއި އަދި ދަޢުލަތުގެ ދަރަނީގެ ކަންކަން އޮތް ގޮތާމެދު ކަންބޮޑުވުން އޮތްކަމަަށެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *