Support Us

ރިޔާސީ އިންތިހާބު 2023

ރައީސް ޔާމީންގެ ތަރައްގީގެ ފަސް އަހަރުގެ ބާރު ސްޕީޑް ގެނައުމަށް އެންމެން އަކަތިގަނޑަކަށް ވާންޖެހޭ: ޑރ. މުއިއްޒު

ރާއްޖޭގެ ރައްރަށުގެ ތަރައްގީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އޮތީ ސޮއްސާލައިގެން ގޮސްފައި ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެނިގެންދިޔަ ކަހަލަ ތަރައްގީގެ ފަސް އަހަރުގެ ބާރު ސްޕީޑް ގެނައުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން އެކަތިގަނޑަކަށް ވުމަށް ޕީޕީއެމް/ޕީއެންސީގެ ކޯލިޝަން ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ރިޔާސީ ކެންޕެއިން ދަތުރުފުޅުގައި މިއަދު އދ. ކުނބުރުދޫގެ ރައްޔިތުންްނާ ބައްދަލުކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ ފަސް އަހަރު ދުވަސް ނިމިގެންދާއިރު ރާއްޖޭގެ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށާއި ފެށިފައި ހުރި މަޝްރޫއުތައް ވެސް ހުރީ ވަޅުޖެހިފައި ކަމަަށެވެ. އެގޮތުން ވަރަށް ގިނަ ރަށްރަށުގެ ސްކޫލަށް ޖާގަ އިތުރު ކުރަން ފައުންޑޭޝަން އަޅާލާފައި ނޫނީ އިމާރާތުގެ ކޮންކްރީޓް މަސައްކަތް ނިންމާފައި ހުއްޓަސް އެ ތަންތަނުގައި ކޮންޓްރެކްޓަރު ނޫޅޭނެ ކަމަށާއި ހެލްތް ފެސިލިޓީޒްތައް ވެސް ހުރީ އެ ހާލަތުގައި ކަމަށެވެ.

"ތަރައްގީ އޮތީ ސޮއްސާލާފައި. 2018 ގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ފެނިގެންދިޔަ ކަހަކަ ތަރައްގީގެ ފަސް އަަހަރުގެ ބާރު ސްޕީޑްގައި ކުރިއަށް ދިއުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން އެކަތިގަނޑަކަށް ވުމަށް އަޅުގަނޑު އެދެން. އެކަން އެގޮތަށް ނިންމައި ދެއްވައިފިނަމަ އެ ކަންތައް ހަގީގަތަކަށް އަޅުގަނޑުމެން ހަދައިދޭނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ކުނބުރުދޫއަކީ ފަޅުތެރޭގައި މާބޮޑު ޖާގައެއް ވެސް ނެތް ރަށެއް ކަމުގައިވާއިރު ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލު ކޮށްދެއްވުމަށްޓަކައި ވެރިކަމަށް ވަޑައިގެން އެރަށުގެ ފަޅުތެރެއިން ބިން ހިއްކެން އޮތް އެންމެ ބޮޑު އަދަދަކަށް ބިން ހިއްކުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ބިން އިތުރުވެގެން ނޫނީ ރައްޔިތުން ބޭނުންވާ ކަންކަން ނުކުރެވޭނެ ކަމަށާއި ބިން ހިއްކައިގެން ލިބޭ ބިމުގައި ގެދޮރާއި ކުޅިވަރު ވަސީލަތްތައް ގާއިމް ކުރެވޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެެ.

"ރައްޔިތުންގެ ތާއީދާ އެކު ސެޕްޓެމްބަރު މަހުގެ 30 ގައި އޮންނަ އިންތިހާބުގައި ކާމިޔާބުވެގެން އުފެދޭ ސަރުކާރުގައި މި ފަޅުތެރޭން ބިން ހިއްކެން އޮތް އެންމެ ބޮޑުކޮށް ބިން ހިއްކައިދޭނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން އެރަށުގެ ހެލްތް ސެންޓަރުގެ ޖާގަ އިތުރުކޮށްދިނުމާއި ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ރޫމާއި ބަންދަރުގެ ޖާގަ އިތުރު ކުރުމަކީ ރައްުުޔިތުން އެދޭ ކަމެއް ކަމުގައިވާތީ އެކަންތައް ވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާާޅުވި އެވެ. އަދި ރައްޔިތުން ބޭނުންވާ އެހެންވެސް ތަރައްގީ ގެނެސްދޭނެ ސަރުކާރަކަށް ޕީޕީޢެމް/ޕީއެންސީގެ ސަރުކާރެއް ވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އިންތިހާބު ކާމިޔާބު ކުުރެެއްވުމަށްފަހު ފަށާ ދަތުރުގައި އެންމެ ކުރީ ބައިގައި ޒިޔާރަތް ކުރައްވާނެ ރަށެއްގެ ގޮތުގައި ކުނބުރުދޫ ހަމަޖެހިގެންދާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކެންޕެއިންގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އއ. އަދި އދ އަށް ކުރަމުން ގެންދާ ދަތުރުގައި އދ. މަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ޑރ. މުއިއްޒު ދެއްކެވި ވާހަަކަފުޅުގައި އެރަށުގެ ރައްޔިތުން ރިޔާސީ އިންތިހާބްގެ ފުރަަތަމަ ބުރުގައި ދިން ތަރުހީބަށް ޝުކުރު އަދާކުރެއްވި އެވެ. އަދި އެ ރަށުގައި ކުރިއަށްދާ އެއްވެސް މަޝްރޫއެއް ހުއްޓާނުލައްވާނެ ކަމަށާއި އެގޭ ބަދަލުގައި ރައްޔިތުން ބޭނުންވާ ހެޔޮ ބަދަލުތަކާ އެކު އެ މަޝްރޫއުތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ސްކޫލަށް ކްލާސް ރޫމްތައް އިތުރު ކުުރުމުގެ މަޝްރޫއާއި ސިއްހީ މަރުކަޒުގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ލެބޯޓަރީއެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އދ. ފެންފުއްޓަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަަކަފުޅުގައި ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި ފެންފުށީގެ ރައްޔިތުން ދިން ތާއީދަށްޓަކައި ޝުކުރު އަދާ ކުރެއްވި އެވެ. އަދި ދެވަަނަ ބުރުގައި ފެންފުށީގެ ރައްޔިތުން އިތުރު ތާއީދު ލިބިގެންދާނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ފެންފުށީގެ ތަރައްގީއަށް ކޮށްދެއްވާނެ ކަމަށް ވައުދު ވެވަޑައިގެންނެވި ހުރިހާ ކަމެއް އެއްވެސް ބަދަލެއް ނުގެނެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ޑރ. މުއިއްޒު އދ. ދަނގެއްޗަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެެއްކެވި ވާހަކަފުޅުގައި ރިޔާސީ އިންތިހާބްގެ ދެވަނަ ބުރަކީ ރާއްޖޭގެ ހާލަތު ރަނގަޅުކޮށް، ގައުމުގެ މުސްތަގުބަލު ކަނޑަައަޅަން ލިބޭ ފުރުސަތު ކަމަށާއި އެހެންކަމުން ކޮންމެ މީހަކު ވެސް ދިވެއްސަކަށް ވީތީ ފަހަރުވެރިވެ "ދިވެހީންގެރާއްޖެ" އަށް ދިއުމަށްޓަަކައި އަޒުމު ކަނޑައަޅައިގެން އިންތިހާބް ކާމިޔާބު ކޮށްދިނުމަށްޓަކައި އިތުރު އެއް ވޯޓް ހޯދުމަށް މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންނެވި އެވެ. އަދި ރައްޔިތުންގެ އިތުބާރާއި ތާއީދާ އެކު ވެރިކަމަށް ވަޑައިގެންފިނަމަ ދަނގެތީގެ ބަނދަރު ބޮޑުކުރުމާއި ބިން ހިއްކުމާއި ރަށްގިރާ ސަރަހައްދު ހިމާޔަތްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުުރުން ޑރ. މުއިއްޒު މިއަދު އދ. ހަންޏާމީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެރަށުގެ ތަރައްގީއަށްޓަަކައި ކުރަން ޖެހޭ ކަންތައްތައް ކުުުރުމުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ހަގީގަތަކަށް ހަދައިދޭނެ ކަަމަށް ވިދާޅުވި އެވެ. ޑރ. މުއިއްޒު ވިދާޅުވީ ހަންޏާމީދޫއަކީ ތާރީހީ ރަށަކަށް ވާއިރު އެރަށުގައި ޓޫރިޒަމް ތަރައްގީ ކުރާނީ އެރަށުގެ ތާރީހީ ބިނާތައް ހިމާޔަތްކޮށްގެން ޓޫރިޒަމާ އެކު އާއްމުދަނީ އިތުރުކުރެވޭނެ ފަދަ ގޮތަކަށް ކަމަށެވެ. އަދި ރަށްގިރުމުގެ މައްސަލައާއި ޒުވާނުންނަށް ރަނގަޅު ފެންވަރުގެ ދަނޑެއް ހަދާދެެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ހަންޏާމީދޫގައި ވެސް ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި ދޯނިފަހަރު އެހެލާ ސަރަހައްދު އެހެން ސަރަހައްދަކަށް ބަދަލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވަނީ އއ. އަދި އދ ގެ އަތޮޅުގެ ރަށްރަށަށް ވަަޑައިގެން އެރަށްރަށުގެ ތަރައްގީއަށް ކުރިއަށް ގެންދާ އެެއްވެސް މަސައްކަތަކަކީ ހުއްޓާލާނެ މަސައްކަތެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ރައްޔިތުން ބޭނުންވާ ގޮތަށް އެއަށް ވުރެ ވެސް ފުރިހަމައަށް އެ މަޝްރޫއުތައް ކުރިއަށް ގެންގޮސްދެެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *