Support Us

ރިޔާސީ އިންތިހާބު 2023

ދެވަނަ ބުރުގައި ވެސް ޑރ. މުއިއްޒަށް ތާއީދުކުރުމަށް ޔާމީން އެދިވަޑައިގެންފި

ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގައި ވެސް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުއަށް ތާއީދުކޮށްދިނިމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.

ރައީސް ޔާމީން މިކަމަށް އެދިވަޑައިގަތީ އިއްޔެ ބޭއްވި ރިޔާސީ އިންހާބިގެ ފުރަތަމަ ބުރުގައި ރައީސް ޔާމީން ކަނޑައަޅުއްވާފައިވާ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ބޮޑު ފަރަގަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ކުރި ހޯޯއްދަވައި މި އިންތިހާބްގެ ދެވަނަ ބުރު ކަށަވަރު ކުރެއްވުމާ ގުޅިގެން ދިވެހި ރައްޔިތުން ދެއްކި ހިތްވަރަށް ޝުކުރު އަދާކުރައްވާ ރައީސް ޔާމީންގެ ވަކީލުންގެ ޓީމު މެދުވެރިކޮށް މިއަދު ދެއްވި މެސެޖެއްގަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ދިވެހި ގައުމަށްްޓަކައި ދިވެހި ރައްޔިތުން ދެއްކި މި ހިތްވަރަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭގެ ފަސްގަނޑުން ބޭލުމަށް ލިބިގެންދާ އެންމެ ރަނގަޅު ފުރުސަތު ކަމަށާއި ރިޔާސީ އިންތިހާބްގެ ދެވަަނަ ބުރުގައި ވެސް ޑރ. މުއިއްޒަށް ތާއީދުކޮށް ފުރިހަމަ އަގުލައްބިއްޔަތު ހޯދައިދިނުމަށް ރައީސް ޔާމީން އެ މެސެޖްގައި އެދިވަޑައިގެންފައިވެ އެވެ.

"ޑރ. މުއިއްޒުއަށް ތިބޭފުޅުންގެ އިތުރު ތާއީދު ދެއްވައި، ހިތްވަރު ކުރައްވައި ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ. މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮ ފުރުސަތެއް," ޑރ. ޖަމީލް މެދުވެރިކުރްވައި ދެއްވި މެސެޖުގައި ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

އެގާރަ އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީން ގާނޫނީ ހަމަތަކުގެ މަތިން މިނިވަން ކުރެއްވުމުގެ މަސައްކަތް ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހުން ފެށިގެން ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބްގައި ޑރ. މުއިއްޒު ވަނީ ރައްޔިތުންނަށް ވައުދުވެވަޑައިގެންފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ޑރ. މުއިއްޒަށް 46 ޕަސެންޓަށް ވުރެ މަތިން ލިބިވަޑައިގަންނަވާއިރު އެމްޑީޕީގެ ރައީސް ސޯލިހަށް 39 ޕަސެންޓް ވޯޓު ލިބިވަޑައިގެންފައިވާ ކަމަށް ދައްކައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *