Support Us

ގުރުއާނުގެ ތަފްސީރު ވެބްސައިޓް ގާސިމް ލޯންޗްކޮށްދެއްވައިފި

ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާ "ބަޔާންވެގެންވާ ފަސޭހަ ތަފްސީރު"ގެ ވެބް ސައިޓް ވިލާ ފައުންޑޭޝަންގެ ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ލޯންޗްކޮށްދެއްވައިފި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ދެެއްކެވި ވާހަަކަފުޅުގައި ވިދާޅުވީ ރެ އަކީ ވަރަށް ޒަމާނުއްސުރެ ހިތްޕުޅުގައި އޮތް އުއްމީދެއް ހާސިލްވެވަޑައިގެންނެވި ރެއެއް ކަމަށެވެ. އަދި މި ވެބްސައިޓް ލޯންޗްކޮށްދިނުން އަވަސްކޮށްދިނުމަށް އެދިވަޑައިގަތީ ދުނިޔޭގައި ހުރެ މިކަންތައް ކުރެއްވުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިއީ ގާސިމް ދުނިޔޭގައި ނެތް ދުވަހަކުން ނަމަވެސް ގާސިމްގެ ދަރިކަލުންނަށް ކުރުމަށް ވަސިއްޔަތް ކުރައްވާފައިވާ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"މި މަސައްކަތް އަވަސް ކުރުމަށް ނިންމީ ދުނިޔޭގައި ހުރެގެން މިކަން ކުުރުމުގެ އުފާ ލިބިގަތުމަށް. އަދި ފޮތް ޗާޕްކުރުމުގެ ކުރިން އެއްވެސް ކުށެއް ވާނަމަ އެކުށެެއް ރަނގަޅު ކުރުމުގެ ފުރުސަތު ހޯދުން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ވެބްސައިޓްގެ ސަަބަބުން ދިވެހިންނަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށާއި އަދި ވެބްސައިޓުން އެއްވެސް ކުށެެއް ފެނިއްޖެ ނަމަ އެކަން އަންގަވާދެއްވުމަށް ވެސް އެދިވަަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ކީރިތި ގުރުއާނުގެ ދިވެހި ތަފްސީރު އެކުލަވާލުުގެ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އަރަބި ބަހުގެ އުސްތާޒެއް ކަމުގައިވާ އިޔާޒު ޖާދުﷲ ނަސީމް ވިދާޅުވީ މި މަސައްކަތުގެ ތެރެއަށް ވަދެވުނީ ގާސިމް ބޭނުންފުޅުވެގެން ދިވެހި ބަހަށް މި ތަފްސީރު ފޮތް ތަރުޖަމާ ކުރައްްވަން އަދި މި ފޮތް ދިވެހި ބަހަަށް ތަރުޖަމާކުރުމުގައި އެންމެ އެކަށީގެންވާ ފަރާތެެއް ހޯދުމަށް އެދިވަޑައިގަތުމުން ކަމަށެވެ. އަދި އެކަމަށް އެންމެ އެކަށީގެންވާ އެންމެ ގާބިލް ބޭފުޅަކީ އައްޝައިހް މުހައްމަދު އަބްދުﷲ ކަމަށް ވިދާޅުވުމާ ގުޅިގެން އެ މަސައްކަތް ޝައިހް އަބްދުﷲ އާ ގާސިމް ހަވާލުކުރެއްވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުހައްމަދު އަބްދުﷲއަކީ މަދީނާ ޔުނިވާސިޓީން ގްރޭޖުއޭޓް ވެވަޑައިގެންނެވިއިރު 85 އަކުން މަތިން މާކްސް ހުރިހާ މާއްދާއަކުން ވެސް ހޯއްދެވި ރާއްޖޭގައި ހުރި ހަމައެކަނި ދީނީ އިލްމުވެރިޔާ އެވެ.

"އަޅުގަނޑު ދެންނެވިން ތިކަަމަށް އެންމެ ޔަގީންކަން އޮތީ މުހައްމަދު އަބްދުﷲ އަށް ކަމަށް،" އިޔާދު ވިދާޅުވި އެވެ.

މި ތަފްސީރު ދިވެހި ބަހަށް ތަރުޖަމާ ކުުރުމަށް މުހައްމަދު އަބްދުﷲ ނަންގަވާފައިވަނީ ދެ އަހަރު ދުވަހު އެެވެ. އެއަށްފަހު ފޮތް ފާސްކުރުމުގެ މަސައްކަތް ފެށުނު ކަމަށެވެ. އެ ފޮތް ފާސްކޮށްދެއްްވީ 2018 ގައި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެވެ. ނަމަވެސް އޭރު ޒާހިރު ހުންނެވީ އެ މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

ދިވެހި ރާއްޖެ އިސްލާމްވުމަށް ފަހު މިވީ 800 އަހަރު ތެރޭގައި ކީރިތި ގުރުއާނުގެ 30 ފޮތުގެ ފުރިހަމަ ތަފްސީރެއް ދިވެހި އުއްމަތަށް ފޯރުކޮށްދެވިފައި ނުވާކަން އިޔާޒު ފާހަގަކުރެއްވި އެވެ.

ކީރިތި ގުރުއާން އެއްކޮށް ތަރުޖަމާ ކޮށްފައިވެ އެވެ. ނަމަވެސް ތަރުޖަމާގައި ފުރަތަަމަ ފަނަރަ ފޮތުގެ ތަފްސީލީ ތަފްސީރެއް ނެތެވެ. އެ ފޮތް ތަރުޖަމާ ކުރެއްވީ މަލިންގޭ ހުސެއިން ދީދީ މަލިކުގައި ހުންނަވައިގެންނެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ކީރިތި ގުރުއާނުގެ ތަރުޖަމާއެއް 23 އަހަރު ދުވަހުގެ ތެރޭގައި ބޮޑު ޓީމަކާ ހަވާލުކުރައްވައިގެން ކުރެއްވި އެވެ.

މި ތަފްސީރު ދިވެހި ބަހަށް ތަރުޖަމާކޮށް ވުޖޫކުރުމުގައި ބައިވެވެރިވެވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް ގާސިމް ޝުކުރު އަދާކުރެއްވި އެވެ. އަދި ވަރަށް އަަވަހަށް ކީރިތި ގުރުއާންގެ ދިވެހި ތަފްސީރު ފޯންތަކަށް ލިބޭނެ އެޕެއްް ވެސް ތައާރަފްކޮށް، ތަރުޖަމާ ވަރަށް އަވަހަށް ޗާކްކޮށްދެއްވާނެ ކަމަށް ވެސް މި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވި އެވެ.

އައްޝައިހް މުހައްމަދު އަލީ ޞާބޫނީ ހަލަބީގެ "އައްތަފްސީރުލް ވާލިހުލް މުޔައްސިރު" މި ތަފްސީރު ފޮތް ގާސިމްގެ ފަރާތްޕުޅުން ތަރުޖަމާވެގެން ދިވެހި އުއްމަތަށް ލިބުމުގައި މެދުވެރިވި ސަބަބަކީ ސައުދީ އަރަބިއްޔާގެ ވަޒީރުލް ހައްޖުގެ މަގާމުގައި 1999 ވަނަ އަހަރުން 2005 ވަނަ އަހަރުގެ ނިޔަލަށް ހުންނެވި އައްސައިދު އިޔާދު މަދަނީ ރާއްޖެ ވަޑައިގެން ރޯޔަލް އައިލެންޑްގައި ހުންނެވިއިރު ގާސިމާ އެކު އުފެދުނު ގާތް ގުޅުމުގެ ސަބަބުން ގާސިމާއި އާއިލާއަށް ދެއްވި ހައްޖު ދަތުރުފުޅުގައި އައްސައިދު އިޔާދު އެ ފޮތް ގާސިމަށް ދެއްވި އެވެ. އޭގެ ފަހުން 2016 ވަނަ އަހަރުު "އައްތަފްސީރުލް ވާލިހުލް މުހައްސިލް" ފޮތް ގާސިމްގެ އަތްޕުޅަށް އެރީއްސުރެ ގާސިމް ހުންނެވީ އެ ފޮތުގެ ދިވެހި ތަރުޖަމާ ދިވެހި އުއްމަތަށް ފޯރުކޮށްދިނުމުގެ ނިޔަތް ގަންނަވައިގެންނެވެ. އެގޮތުން އެފޮތް ތަރުޖަމާކޮށްދިނުމަށް ގާސިމް އެދިވަޑައިގަތުމުގެ މަތިން އައްޝައިހް މުހައްމަދު އަބްދުﷲ އާ ވިލާ ފައުންޑޭޝަނާ ދެެމެދު އެގްރީމަންޓް ކޮށްފައިވަނީ 2016 ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *