"ދިވެހީންގެރާއްޖެ" ދިވެހިންނަށް އިޔާދަކޮށްދިނުމުގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ ރިޔާސީ ކެންޕެއިންގައި މިއަދު ހުޅުމާލޭގައި ސައިކަލް ބުރެއް ބާއްވައިފި އެވެ. މި ސައިކަލް ބުރުގައި ޑރ. މުުއިއްޒުގެ ރަނިންގް މޭޓް ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ވެސް ބައިވެރިވެވަޑައިގެންވި އެވެ.
ފިޔާތޮށި ކުލައިގެ ދިދަތަކާއެކު ކުރިޔަށްދިޔަ މި ސައިކަލް ބުރުގައި އެތައް ސަތޭކަ ޒުވާނުންނެއް ވަނީ ބައިވެރިވެފަ އެވެ. މި ސައިކަލް ބުރު ހުޅުމާލޭ ދެވަނަ ފިޔަވަހި އަދި ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންގޮސް ނިންމާލީ ސެންޓަރަލް ޕާކް ސަރަހައްދުންނެވެ.
މީގެ އިތުރުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެންޕެއިން ދަތުރުފުޅުގައި މިއަދު ހަވީރު ލ. އަތޮޅަށް ވަނީ ވަޑައިގެންފަ އެވެ. ޑރ. މުއިއްޒު ކައްދޫއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަރުހަބާ ކިޔުމަށް ކައްދޫ އެއާޕޯޓަށް ޖަމާވެެފަ އެވެ.
ސަގާފީ ހަރަކާތްތަކާ އެކު މަރުހަބާ ދެންނެވުމަށް އެއްވެ ތިބި ގިނަ ބަޔަކު ގޮވަމުން ގެންދިޔައީ ޑރ. މުއިއްޒު އެއްބުރުން މި އިންތިހާބް ކާމިޔާބު ކުރައްވާނެ ކަމަަށެވެ. އަދި ޑރ. މުއިއްޒަށް ވެރިކަން ލިބިއްޖެނަމަ ރައީސް އަބްުދުﷲ ޔާމީން މިނިވަން ވެގެންދާނެ ކަމަށް އެއްވެ ތިބި މީހުން ބުނަމުން ދިޔަ އެވެ. އަދި މި ރިޔާސީ އިންތިހާބް ބޮޑު ތަފާތަކުން ޑރ. މުއިއްޒު ހޯއްދަވާނެ ކަމަށް ވެސް އެއްވެ ތިބި މީހުން ބުނަމުންދިޔަ އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.
ދިވެހީންގެ ރާއްޖެ | ޒުވާނުންގެ ސައިކަލް ބުރު
ނިމެނީ ! ނިމެނީ!@MMuizzu @HucenSembe #Vote4Muizzu#DrMuizzuSembe#DhiveheengeRaajje #FreePresidentYameen pic.twitter.com/FETvYaLKXL
— Progressive Party of Maldives (@ProgressPartyMV) September 1, 2023



advertisment