Support Us

އަލީ ރަމީޒުގެ ހުއްދަ ހިފަހައްޓައިފައި އޮތްކަން އެނގޭކަށް ނެތް: މިނިސްޓަރު

އަލީ ރަމީޒުގެ އިމާމުވެ ހުކުުރު ނަމާދާއި އީދު ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން އެއްވެސް އިރެއްގައި ހިފަަހައްޓާފައި އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އަލީ ރަމީޒަށް އިސްލާމިކް މިނިސްޓްރީން ދީފައިވާ އިމާމުވެ ހުކުުރު ނަމާދާއި އީދު ނަމާދު ކުރުމުގެ ހުއްދައިގެ ފޮޓޯއެއް ފޭސްބުކްގައި މިއަދު އާއްމުކޮށް، އެ ހުއްދަ އެ މިނިސްޓްރީން ހިފަހައްޓައިގެން އޮވެ ފަސް އަހަރުގެ ދައުރެއް ނިމުނީ ކަމަށް އޭނާ ބުނުމާ ގުޅިގެން "އަދިވެސް" އިން ދެންނެވި ސުވާލަކާ ގުޅިގެންނެވެ.

"އިތުރު ތަފްސީލް ދޭން ޖެހޭ ހާލަތެއް އައިސްފިނަމަ ދޭނަން އިންޝާﷲ" މާލެއާއި އަތޮޅުތަކުގެ ބައެއް މިސްކިތްތަކުގައި ބަންގި ގޮވައި އިމާމުވެ ނަމާދުކުރާ އަލީ ރަމީޒު އެ ޕޯސްޓްގައި އިތުރަށް ބުނެފައިވެ އެވެ.

އިސްލާމިކް މިނިސްޓަަރު ޑރ. ޒާހިރު ވިދާޅުވީ އަލީ ރަމީޒުގެ އިމާމުވެ ހުކުުރު ނަމާދާއި އީދު ނަމާދު ކުރުމުގެ ހުއްދަ އެއްވެސް އިރެއްގައި ހިފަހައްޓައިފައިވާކަން އެ މަނިކުފާނަށް އެނގިވަޑައިގެންފައިނުވާ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީން އެއްވެސް އިރެއްގައި އަލީ ރަމީޒަށް އިމާމެއްގެ ގޮތުގައި ނަމާދުުރުކުމަށް މިސްކިތެއް ހަވާލުކުރިކަން އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

އިމާމުވެ ހުކުުރު ނަމާދާއި އީދު ނަމާދު ކުރުމުގެ ހުއްދަ އަލީ ރަމީޒަށް ދެއްވައިފައި ވަނީ 11 އޮކްޓޯބަރު 2010ގައި، އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދެވެ.

މިނިސްޓަރު ވިދާޅުވި އެ ވާހަކަތަަކާ ގުޅިގެން "އަދިވެސް" އިން ގުޅާލުމުން އަލީ ރަމީޒު މިއަދު ބުނީ މިނިސްޓަރުގެ އެ ވާހަކައަށް އެއްވެސް ކޮންމެންޓެއް ދޭން އޭނާ ބޭނުންނުވާ ކަމަށެވެ. އަދި އިތުުރު ތަފްސީލް އަނެއްކާ ވެސް ދޭނީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްގައި ކަމަށްވެސް އަލީ ރަމީޒު ބުންޏެވެ.

ލަވަކިއުމުގެ ރޮނގުން ރާއްޖޭގައި އެންމެ ބޮޑު މަގުބޫލްކަމެއް ލިބިފައިވަނިކޮށް، ލަވަކިއުން ހުއްޓާލައި، ދީނީ ދައުވަތު ފެތުރުމުގެ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ އަލީ ރަމީޒުގެ އެފް.ބީ އެކައުންޓް 136،000 އަށްވުރެ ގިނަ މީހުން ފޮލޯކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އޭނާ ނުބުނޭނު އޭނާއަށް މިސްކިތެއް ހަވާލުކޮށްފަ އޮތް ވާހަކައެއް ޒާހިރޫ ވާހަކަ އޮޅުވާލަން މަސައްކަތް ކުރަނީ ޒާހިރަށް އެނގޭބާ އިސްލާމީ މަރުކަޒުގެ މިސްކިތުގެ ގަޑިހުއްޓިފަ ހުރިކަން ނޭގޭނެ. ބަލަން ބޭނުންވާ ކަނަ ތަކެއް ނޫން ވިއްޔަ. މުސާރަ ލިބެނިކޮށް ނިމުނީ އަދާލަތުގެ ބައިގަނޑަށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *