ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެއް ދަންފަޅިއަށް ކިޔަވާދޭނެ ކަމަށް އެ ޕާޓީގެ ރިޔާާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގައުމީ ކެންޑިޑޭޓުގެ ނަމުގައި ކެމްޕޭނުން ކުރައްވަމުން ޖޭޕީގެ ލީޑަރު ހދ. އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ނޮޅިވަރަމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ނޮޅިވަރަމް ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދޭން އެރަށުގެ ރައްޔިތުން އެދިފައިވާ ކަމަށެވެ.
"މާތްﷲ ގެ ވާގިފުޅާ އެކު އަޅުގަނޑު ބޭނުންވަނީ ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެއް ދަންފަޅިއަށް ކިޔަވައިދޭން. ކުރާނަން ކުރާނަން ކިޔައިގެން އަޅުގަނޑު ނުއެއް ދަންމާނަން. އެކަން ކުރެވެވޭނެ، އެހެން ކަމުގައިވާނަމަ އޭގެތެރޭގައި ނޮޅިވަރަމް ވެސް ހިމެނޭނެ،" ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ޒަމާނީ ފެންވަރުގެ ފުޓްބޯ ދަނޑަކާއި ވޮލީ ކޯޓެއް މިހާރު ނެތް ރަށްރަށުގައި ގާސިމްގެ ވެރިކަމެއްގައި އެ ވަސީލަތްތައް ގާއިމްކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ނޮޅިވަރަމްގެ ބަނދަރު އަޕްގްރޭޑް ކޮށްދިނުމަށާއި ރަށުގެ މަގުތައް ހަދައިދިނުމަށާއި ރަށުގެ ހުޅަނގު ފަރާތުގައި އަރައިފައިބާނެ ފާލަމެއް ގާއިމްކޮށްދިނުމަށް އެރަށުގެ ރައްޔިތުން އެދިފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ އެރަށުގެ ރައްޔިތުން އެދުނު ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ރަށުގެ މަގުތައް ވެސް ދައުލަތުގެ ބަޖެޓް ހަމަޖެހެމުންދިޔަ މިންވަރަކުން ދަރަނި އަދާކުރަމުންދާ މިންވަރެއްގެ މައްޗަށް ބެލުމަށްފަހު ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް ކޮށްދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.
އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސި އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.
ގައުމީ ކެންޑިޑޭޓް އޮނަރަބަލް @qasimibrahim އަދި ރަނިންމޭޓް ޑރ. @ameenmaldives ނޮޅިވަރަމަށް ވަޑައިގެން ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ. #ހާސްކަނޑާލާހަމަޖެހޭނެ#ޤާސިމްއަމީން2023#QaumeeCandidate#QasimAmeen2023 #Qasim2023 pic.twitter.com/Zp36oS9eW0
— QasimAmeen2023 (@qasim2023mv) August 18, 2023



advertisment