Support Us

ކޮލަމް: ސަރަންދީބު
ރިޔާސީ އިންތިހާބު 2023

ބުއްދީގެ ހަމަތަކުން ކިރައިލީމާ މި ފަހަރު ވޯޓުދޭން އެންމެ ހައްގީ ހަމަ ގާސިމަށް

އާ ދުވަހަކަށް އިރު ފެނުންތޮޅިލައިފިއެވެ. ތައުލީމުގެ އައު އުފާވެރި ޒަމާނަކަށް ދިވެހިރާއްޖެ ސަފުހާއެއް އެއްލައިފިއެވެ. މަތީ ތައުލީމު ހާސިލްކުޅައުމުގައި އެކި ރޮނގުތަކުން ދަރިވަރުން ޔުނިވަރސިޓީގެ އެކިއެކި ފުރުސަތުތައް ލިބިގަނެ ތައުލީމު އުނގެނެނީއެވެ. މަސައްކަތު ތައުލީމާއި ހުނަރާއި ފަންނުތައް ވެސް އުނގެނި ދަސްކުރަނީއެވެ. ހާސްކަމެއް ނެތިއެވެ. ފިކުރުބޮޑުވުމެއް ނެތިއެވެ. އެ ކުއްޖަކު ބޭނުން ޔުނިވަރސިޓީއަކުންނެވެ. ސަރުކާރުގެ ފުރިހަމަ ޚަރަދުގައެވެ.

އާދެ! މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާކަމުގެ މަޤާމަށް ތިޔަ ބޭފުޅުން އޮނަރަބަލް ޤާސިމް އިބްރާހިމް ހޮއްވަވައިފި ނަމަ އެ މަނިކުފާނު އެކުލަވައިލައްވާ ސަރުކާރުން ތަޢުލީމަށް ކޮށްޓަވައި ދެއްވާނެ ފަހި ރާސްތާގައި ދިވެހި ދަރިވަރުން އުޅޭނެ ގޮތުގެ މާދަމާގެ ތަސްވީރެކެވެ. އެ މަނިކުފާނު ވަނީ މިހައި ތަނަށް އެ މަނިކުފާނުގެ އެހީތެރިކަމުގެ ދަށުން ތަޢުލީމު ޙާޞިލްކުޅަ ހުރިހައި ކުދީންނަށް ލޯނު މާފުކޮށްދެއްވައިފައެވެ. އަދި އެ މަނިކުފާނުގެ ސަރުކާރެއްގައި ތަޢުލީމަށް ލޯލާރިއެއް ވެސް އެއްވެސް ކުއްޖަކު ހޭދަކުރާން ނުޖެހޭނޭ ކަން އަންގަވައި އިޢުލާނުކުރައްވައިފައެވެ.

ޖުމުހޫރީ ޕާޓީގެ ވަޢުދުނާމާ އިފްތިތާޙުކުރައްވަން ކުނޫޒުގައި މި އޮގަސްޓުމަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވީ، ވިލާ ފައުންޑޭޝަނުން ނުވަތަ އޭނާގެ އަމިއްލަފުޅު ނަމުގައި މަތީ ތައުލީމު ޙާސިލްކުރަން ދަރިވަރުންނަށް ދޫކުރައްވައިފައިވާ ހުރިހައި ލޯނެއް މާފުކޮށްދެއްވައިފި ކަމުގައެވެ.

ހަގީގަތުގައި އެ ކޮށްދެއްވީ ވަރަށް ބޮޑު ކަމެކެވެ. މީހެއްގެ ހިތަށް ވެސް ނުގެނެވޭ ވަރުގެ ބޮޑު ކަމެކެވެ. މި ދައްކަނީ ދެތިން ލައްކައެއް ހައި ރުފިޔާ މާފުކުރެއްވި ވާހަކައެއް ނޫނެވެ. ވިސްނައިވަޑައިގަންނަވާށެވެ. ފިކުރުފުޅު ހިންގަވާށެވެ. ޤާސިމް އެ ވިދާޅުވީ އެ މަނިކުފާނުގެ އަމިއްލަ މަސައްކަތްޕުޅުން ހޯއްދަވައިފައިވާ އެތައް ހާސް އެތައް މިލިޔަން ފައިސާއެއްގެ ވާހަކަފުޅެވެ. އެކި ރޮނގުތަކުން އެކިއެކި ޤައުމުތަކުން ޤާސިމް އިބްރާހިމްގެ އެހީތެރިކަމުގެ ތަށުން މަތީތަޢުލީމު ޙާޞިލްކުރަމުން އަންނަ، އަދި ތަޢުލީމް ޙާޞިކޮށް ނިމިފައި ތިވި ދިވެހި އެތައް ހާސް ދަރިވަރަކު އެބަ ތިއްބެވެ. ގިނަ ދަރިވަރުން ކިޔަވަނީ އަދި ކިޔެވީ ލޯނުތަކުގެ ވަކި އިންސައްތައެއް އަނބުރައި ދައްކާ ގޮތަށެވެ. ޤާޞިމް ވިދާޅުވީ މި ގޮތުން މަތީ ތަޢުލީމަށް ހޭދަކުރައްވަމުން ގެންދަވައިފައިވާ ލޯނުގެ ޢަދަދު ބިލިޔަނަކާ ކައިރި ކުރާނެ ކަމުގައެވެ. "އެ ހުރިހައި ކުދިންގެ އެ ހުރިހައި ފައިސާއެއް އަޅުގަނޑު މާފުކޮށްފިން،" ކަމުގައި އެ ޖަލްސާގައި ޤާސިމް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވަރަށް މުހިންމު އެހެން ވާހަކަފުޅެއް ވެސް އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އެ މަނިކުފާނަށް ކާމިޔާބު ކުރެއްވިއްޖެ ނަމަ މަތީ ތައުލީމަށް ދައުލަތުން ދޫކުރައްވައިފައިވާ ހުރިހައި ސްޓޫޑެންޓް ލޯނެއް ވެސް މާފުކޮށްދެއްވާނޭ ކަމަށެވެ. އެއީ އެމަނިކުފާނުގެ ވަޢުދުފުޅެއް ކަމުގައި ވެސް ވިދާޅުވިއެވެ.

ދިވެހި ލޮބުވެތި ރައްޔިތުންނޭވެ! ދިވެހި ގައުމާއި ތިޔަ ލޮބުވެތި ރައްޔިތުންނަށް ޓަކައި ޤާސިމް އިބްރާހިމް ވެވަޑައިގަންނަވާ ލޯބި އެއީ ބަޔާންކުރަން ފަސޭހަ ކުލުނެއް ނޫނެވެ. އެއީ އެ މަނިކުފާނުގެ ހިތްޕުޅާއި ރޫޙުފުޅުން ވެވަޑައިގަންނަވާ ލޯބިފުޅެކެވެ. ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާކަން ހޯއްދަވަން އެ މަނިކުފާނު ކިހައި މަސައްކަތްޕުޅެއް ކުރައްވައިފިތޯއެވެ! ދިވެހި ރައްޔިތުންގެ ގާތަށް އެމަނިކުފާނު މި އެދުންފުޅާ ވަޑައިގެން 2008ވަނަ އަހަރުން ފެށިގެން އެބަ އާދޭސް ދަންނަވައެވެ. ދިވެހި ކޮންމެ ރައްޔިތެއްގެ އަޑު އެ މަނިކުފާނު އައްސަވަނީ އަމަލީ އިޖާބައެއް ދެއްވަމުންނެވެ. އެކަމަކު ދިވެހިރައްޔިތުން އެ މަނިކުފާނުގެ އަޑުފުޅަކަށް ނުވަތަ އެދިވަޑައިގެން ދަންނަވާ ވާހަކަފުޅަކަށް އެންމެ އެދެވޭ އަމަލީ އިޖާބައެއް ނުދެއްވައެވެ.

މި ފަހަރު އަޅުގަނޑުމެން އެންމެން އޮނަރަބަލް ޤާސިމް އިބްރާހިމްގެ އޯގާވެރި ދީލަތި އަޑުފުޅު އަޑު އަހަމާތޯއެވެ! އެ މަނިކުފާނަށް ޢަމަލީ ހެޔޮ އިޖާބައެއް ދެމާތޯއެވެ! އެ މަނިކުފާނު ފަދަ ދެވަނަ ބޭފުޅެއް ރިޔާސީ ލިސްޓުން ހަގީގަތުގައި ފެންނާނަކަށް މިފަހަރަކު ވެސް ނެތެވެ. އެ މަނިކުފާނަކީ ނަތީޖާ ނެރުއްވައިފައިވާ ބޭފުޅެކެވެ.

ދިވެހިރައްޔިތުންނޭވެ! ސެޕްޓެންބަރު 9ގައި ލާ ވޯޓުން އޮނަރަބަލް ޤާސިމް އިބްރާހިމް ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާކަމުގެ މަޤާމަށް ހޮއްވަވައިދެއްވާށެވެ! އަޅުގަނޑުމެންގެ އެކަކު އަނެކެއް ތަފާތެއްނުކުރައްވައި ހަމަހަމަކަމާ އެކު އަދުލާއި އިންސާފުގެ މަގުން ކަންކޮށްދެއްވާނެ ރައީސަކަށް އެ މަނިކުފާނު ވެވަޑައިގަންނަވާނެއެވެ. ދަރީންގެ މުސްތަގުބަލަށާއި ރާއްޖޭގެ އުޖާލާ ކުރިމަގަށް މި ނިންމުން މިފަހަރު ނިންމަމާތޯއެވެ! އެ މަނިކުފާނުގެ ނަންފުޅު އޮންނާނީ ފަސްވަނަ އަށެވެ. ފަހެއް ޚިޔާރުކޮށް ހެޔޮ ފާހަގައެއް ލާށެވެ! އޭގެ ފަހަތަށް ވެސް އަދި ކުރިޔަށް ވެސް ބަލާނެ ކަމެއް ނެތެވެ. ވޯޓު ކަރުދާހުން ސީދާ ނަންބަރު ފަހެއް ހޯދާށެވެ. ހަގީގީ ކެންޑިޑޭޓަކީ އޮނަރަބަލް ޤާސިމް އިބްރާހީމެވެ. އެ މަނިކުގާނުގެ ނަންފުޅާ ދިމާގައި ހެޔޮ ފާހަގަ ލާށެވެ! ކޮންމެކޮންމެ ދިމާއެއްގައި ވޯޓު ފާހަގަ ޖަހައި ވޯޓު ބޭކާރުނުކުރާށެވެ! ވޯޓު އެއީ ނަތީޖާއެއް ނެރެދޭ އެއްޗަކަށް ހަދަން ނަތީޖާ ނެރެދައްކަވައިފައިވާ ބޭފުޅަކަށް ދޭށެވެ! އެ ބޭފުޅަކީ ކެންޑިޑޭޓް ނަންބަރު ފަހެއް އޮންރަބަލް ޤާސިމް އިބްރާހިމެވެ. "ހާސްކަނޑައިލާ! ހަމަޖެހޭނެ!" ކަމަށް ހިތާއި ރޫހުން ގަބޫލުކޮށް މި ފަހަރު ވޯޓު ގާސިމަށް ދޭށެވެ! ހަގީގީ އުފާވެރިކަމާއި ހަމަޖެހުން ދިވެހި ރައްޔިތުންނަށް ލިބެން އޮތީ އަޅުގަނޑުމެން އެންމެހައި ރައްޔިތުން މި މަގު ޚިޔާރުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ކިރާކަން ބޭނުން މިކުރާ ކައްޓާއިން ކިރާލީމަ ގާސިމައް ވޯޓުދޭން ޖެހޭ ސަބަބެތް ނުވިސްނޭ އަޅުގަނޑު ގެންގުޅެނީ ޒަމާނީ ކައްޓާއެއް އޭތީގެ ސުކްރީނައް އަރަނީ ސޭޓަކީ އިބޫގެ މީހެކޭ ދެވަނަ ބުރުގަ ކޯލިޟަން ހަދާނީ އިބޫއާއެކީ ސޭޓު މިކަމާ ބެހޭގޮތުން ކީކޭ ބުނަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *