Support Us

އެއް ވަނަ އިނާމަކަށް ލިބުނު، ދެ މީހަކަށް ތުރުކީވިލާތު ދަތުރު އަދި 500 ޑޮލަރާ ނަސީބުވެރިޔާގެ ފަރާތުން ހަވާލުވަނީ

އަލްމުދިޝް ކިރު ޕެކެޓުގެ ނަސީބުވެރިންނާ އިނާމުތައް ހަވާލުކޮށްފި

އަލްމުދިޝް ކިރު ޕެކެޓެއް ގަނެގެން ތުރުކީ ދަތުރާއި އެހެނިހެން އަގުހުރި އިނާމުތަކާއެކު މިއަހަރު ޖަނަވަރީން ފެށިގެން ސިބްކޯއިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި ބައިވެރިވެ އެންމެ އަގުހުރި އިނާމުތައް ލިބުނު ތިން ނަސީބުވެރިންނާ އިނާމުތައް ހަވާލުކޮށްފިއެވެ.

ސިބްކޯ އިން ބުނީ އަލްމުދިޝް ކިރު ޕެކެޓެއް ގަނެގެން ތުރުކީ ދަތުރުގެ އިތުރުން އައިފޯން 14 އާއި ޕީ.އެސް ފައިވް އާއި އެހެނިހެން އަގުހުރި އިނާމުތައް ހުށަހެޅި ހަތަރު މަސް ދުވަހުގެ ޕްރޮމޯޝަންގެ އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ނަސީބުވެރިންގެ ފަރާތުން އިނާމާ ހަވާލުވުމަށް ފޮނުވި މީހުންނާ މިހާރު ވަނީ އިނާމު ހަވާލުކޮށްފައި ކަމަށެވެ.

ހުށަހެޅިފައިވާ އިނާމުތައް

  • 1 ވަނަ އިނާމު: 2 މީހަކަށް ތުރުކީވިލާތު ދަތުރެއް އަދި 500 ޑޮލަރު
  • 2 ވަނަ އިނާމު: އައިފޯން 14
  • 3 ވަނަ އިނާމު: ޕްލޭ ސްޓޭޝަން 5
  • ނަސީބުވެރި އިތުރު 10 މީހަކަށް 1،000ރ

ގުރުއަތުން ހޮވުނު ނަސީބުވެރިން

ސިބްކޯ އިން ބުނީ ރަން ތިން ނަސީބުވެރިންގެ އިތުރުން ހޮވި 10 މީހުންނާ ވެސް އިނާމު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ދެ ވަނަ އިނާމަކަށް ލިބުނު އައިފޯން 14 އާ ނަސީބުވެރިޔާގެ ފަރާތުން ހަވާލުވަނީ
ތިން ވަނަ އިނާމަކަށް ލިބުނު ޕްލޭ ސްޓޭޝަން 5 އާ ނަސީބުވެރިޔާގެ ފަރާތުން ހަވާލުވަނީ

ސިބްކޯ އަކީ އޮމާނުގެ އުފެއްދުމެއް ކަމަށްވާ އަލްމުދިޝްގެ ރާއްޖޭގެ އޯތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލްކަމެއް ހޯދައިފައިވާ އަލްމުދިޝް ކިރު ސިބްކޯއިން އެތެރެކުރާތާ މިހާރު ހަތް އަހަރުވެއްޖެއެވެ.

ވިދާޅުވުމަށް

އަލްމުދިޝްގެ ދެ ޕެކެޓު ކިރުން ނަސީބުވެރިއަކަށްވެ އިހުސާނަށް ތުރުކީ ދަތުރު

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *