Support Us

ހަވާސް ކޮލަމް

މި ވާހަކަ ނުކިޔާތި!

މ. ހަލޯ ކޭސޭހޭނ ޔާރް؟

ގރ. ހަލޯ އަޔޫބޮވަން. ހިންދީން ވާހަކަ ދައްކާކަށް އަހަންނަކަށް ނޭނގޭ އަބަދު މި ބުނަނީ. ސިންގަޅަ ބަހުން ދެއްކިދާނެ. ހެހެ. އަހަރެންގެ ހާލު ރަނގަޅު. ސާހިބާ ކިހިނެއްތޯ؟

މ. އަހަރެން ވެސް ރަނގަޅު. ވަރަށް ރަނގަޅު ހުރިހާ ކަމެއް ވެސް.

ގރ. މިހާ ދަން ގަޑިއެއްގައި ސާހިބާ ތިޔަ ގުޅާލެއްވީ އަނެއްކާ ކިހިނެއްވީތޯ؟

މ. ތަންކޮޅެއް ދަންވެއްޖެ ދެއްތޯ؟ ހެނދުނު ވެސް ގުޅާލަން އުޅުނީ. އެކަމަކު އޭރު ކުއްލި ކެބިނެޓް ބައްދަލުވުމެއް ބާއްވަން ޖެހިގެން ފަހުން ހަނދާނުން ކައްސައިލީ. އެކަމު ދެންމެ އަނެއްކާ ހަނދާންވެގެން ހިތަށް އެރީ މަނިކުފާނު ނިދީތޯ ބަލައިލާނަމޭ. މިކަމަށް ހައްލެއް އެބަ ހޯދަންޖެހޭ އެހެންވެ.

ގރ. ކޮންކަމެއްތޯ އަނެއްކާ؟ ވިދާޅުވޭ އަވަހަށް.

މ. އެއްކަލަ ޖޯރޭ ވަރަށް ވިޔާނުދާ ކަމެއް ކޮށްފިއެއްނު. އަހަރުމެންގެ ފްރެންޑް ޑޮކަށް ހަމަލާއެއް ދީފިއެއްނު މިއަދު ހެނދުނު ކަސްރަތުކުރަން ނުކުމެ އުޅުއްވަނިކޮށް. އަހަރުމެން ދެ މީހުން ޓެގްކޮށްފައި ޑޮކް އޮތެއްނު ޓުވީޓް ވެސް ކުރައްވާފަ. ނުބަލަންތަ؟

ގރ. އާނ. ތިބުނާ ޓްވީޓު ފެނިގެން މަ ޖޯރޭއަށް ގުޅާފަ ވަރަށް ދީފިން. އެކަހަލަ ކަންތައް ކޮށްގެން ނޫވާނުންހޭ، ބޮޑެތި ބޭފުޅުންނަށް އިހްތިރާމް ކުރަންވާނެނޫންހޭ ބުނިން.

މ. އާނ. ޖޯރޭ ވެސް ދެން އެކަހަލަ ކަންތައް ކޮށްގެން ނުވާނެދޯ؟ ޖޯރޭމެން އެހެން ހަދަންޏާ ޑޮކް މާލޭގައި މަޑެއް ނުކުރައްވާނެ. އެކަމަކު މާލެއިން ފުރާއިރަށް ގޮވާނެ ފިލީއޭ ފިލީއޭ ކިޔައިގެން ވެސް.

ގރ. ފިލަނީކީ ނޫން ދޯ އެއީ އަސްލު؟ ކީއްވެތަ ފިލަންވީ ދޯ؟

މ. ހޫނ. ނުފިލާނެ ޑޮކެއް. އެއީ އެކަހަލަ ބޭފުޅެއް ނޫން. މާ އަޒުމް ވަރުގަދަ ބޭފުޅެއް އެއީ.

ގރ. އާނ. ޖޯރޭ އެއްބަހެއްނުވޭ ޑޮކްއާ ދިމާލަށް އެއްޗެއް ބުނި ކަމަކަށް. އޭނާގެ ދަބަހަށް ބަޔަކު އެއްޗެއް ލާން އުޅުނީމަ އެ މީހުންނާ ދިމާލަށް ކޮންމެސް އެއްޗެއް ބުނީމޭ ޖޯރޭ ބުނީ. ޑޮކް ކަސްރަތުކުރައްވަން ހުރީ މާދުރުގަޔޯ ބުނީ. ދެން މަ ބުނިން އެ ގަޑީގައި ޖޯރޭ އެތާ ހުރި ކަމަށްވިއްޔާ ހުވާކަށަވަރޭ ކޮންމެވެސް އެއްޗެކޭ ބުނެވިފައޭ ތި އޮންނާނީ. ޖޯރޭގެ ކަންތައް ހުންނަ ގޮތް މަށަށް އެނގޭނެނޫންހޭ. މަށާ ދިމާލަށް ވެސް ކިހާ އެއްޗެއް ގޮވިހޭ ޒުލޭއަށް އޭރު މަ މެސެޖެއް ކޮށްލައިގެން.

މ. ޖޯރޭ އެއްޗެއް ބުނެފާނެކަން މަށަށް ވެސް ޔަގީން. އަނެއްކާ ކުރީ ފަހަރު އެއްކަލަ ކާޅުތައް ކޮއްޓަށް ލައިގެން ޖޯރޭމެން އުސްފަސްގަނޑު މަތީގައި ކޭމްޕު ޖަހައިގެން އުޅުނުއިރު ވަރަށް އަނިޔާވެސް ކޮށްފައޭ ހުރީ. އެހެންވެ ނުފެނި އެހާ ގިނަ ދުވަސްވެފައި ހުއްޓާ އުސްފަސްގަނޑު މަތިން ކުއްލިއަކަށް ޑޮކް ފެނުނީމަ ޖޯރޭ ހަމައިން ނެއްޓިދާނެ ހަމަ.

ގރ. އެކަމަކު ވެސް އެންމެންގެ ތެރޭގައި އެގޮތަށް ފޮށިގެންނުވާނުން ޖޯރޭ ވިޔަކަަސް. ޖޯރޭގެ އެ އަމަލް މަ ކުށްވެރިކުރަން ހަރުކަށި ޢިބާރާތުން.

މ. ދެން ކީއްވެ އެ ޓްވީޓަށް މަނިކުފާނު ޖަވާބެއް ނުދެއްވީ؟

ގރ. މަ ޖަވާބެއް ދީފިއްޔާ ޖޯރޭމެންގެ ޕާޓީ މީހުން ނައްޓާނުން.

މ. އެކަމަކު އަހަރުމެނަށް ޑޮކް ޓެގް ކުރައްވާނީ ކޮންމެވެސް ކަމެއް ވެގެންނު.

ގރ. ޖޯރޭ ތިކޮޅަށް ގެންދަންވީނުން ދުވަސްކޮޅަކަށް ނަމަވެސް. ބޭސްފަރުވާ ކޮށްލައި، ތާޖުމަހަލް ދައްކާހަދާލަން.

މ. ތީ ރަނގަޅު ވިސްނުމެއް. މަވެސް ޖޯރޭ މިކޮޅަށް ގެންނަން ބޭނުންވެފައި މިހުރީ. މިގޭ ދޮންނަމެޝިނު ހަލާކުވެގެން ކިތަންމެ ދުވަހެއް. އެންމެ ފަހުން ވެސް މަރާމާތުކުރީ ޖޯރޭ. އެހެން ނޫނަސް ކޮންމެ ކޮންމެ މީހަކު މި ގެއަކަށް ނުވެސް ވެއްދޭނުން. ވަރަށް ފަރުވާތެރިކަމާއެކު ޖޯރޭ އެކަންތައް ކޮށްދޭނެ. އެކަމަކު ބޯޑަރުތައް ބަންދުކޮށްފަ އޮތީމަ ޖޯރޭ ނުގެނެވިގެން އަދިވެސް. ކިހިނެއް އޭނަ ގެންނާނީ؟

ގރ. އެހެންތޯ؟ މިގޭ ފެންމޯޓަރު ވެސް އަބަދު ވެސް ހަދަނީ ޖޯރޭ ލައްވާ. ގުޅާލާއިރަށް މިކޮަޅަށް އަންނާނެ. ޖޯރޭ ގެންދަން އެހާ އުނދަގުލެއް ނުވާނުން. ތި ގައުުމުގެ މަނަވަރުތައް ބައިވަރު އެބަދޭނުން މީހުން ބަލާ. އޭގެން އެއްޗެއްގަ ޖޯރޭ ގެންދަވަން މަށަށް ފެންނަނީ.

މ. މަނަވަރުގައި؟

ގރ. ހމމމ. މަނަވަރު އޯކޭވާނުން. އޭގަ އޮންނާނުން ތަން ވެސް ޖޯރޭގެ އެއްކަލަ ބެޓްރީ ބައިސްކަލް ދުއްވާލަން ވެސް.

މ. ޚާއްސަ މަނަވަރެއް ވެސް ފޮނުވިދާނެ ޖޯރޭ ބަލާ. އެހާ މުހިންމުވެއްޖެ ދޯ ޖޯރޭ ގެންނަން. އެހެންވީމާ މިރޭ މަ ގުޅާނަން ޖޯރޭއާ. ރެޑީގައި ހުންނަން ބުނާނަން. މަނަވަރުތައް ކޮބައިތޯ ވެސް ބަލާނަން މިހާރު.

ގރ. ވަރަށް ރަނގަޅު. ކުރިއަށް ގެންދަވާ.

މ. އެކޮޅުގައި ސިޔާސީ ކަންކަން ކިހިނެއް މި ދަނީ މިހާރު؟ މަޖިލިސް ތެރޭގައި ވަރަށް ފޯރި ގަދަ ކަމަށް ވަނީ. ތިން ބާރު ވަކިކޮށްފައި އޮތަސް، މަޖިލިސް ތެރެއަށް ހުރިހައި ބާރުތަކެއް ޖަމާކުރަމުންނޯ ގެންދަނީ.

ގރ. އެއީ ވަރަށް ދެރަކޮށް ހިނގާ ކަމެއް. ވެރިކަން ހިންގުމުގެ ބާރުގެ ތެރެއަށް ގާނޫނު ހަދާ މަޖިިލިސް ވަދެގެން ނުވާނެ ދޯ؟ އެތައް މަސައްކަތެއް ކޮށްގެން މިދިޔަ ފަހަރު ވެސް ކާމިޔާބުކުރެވުނީ.

މ. އާނ. އަހަރުމެން މި ގެންދާ ގޮތަށް ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ނުދެއްކުނު އެ މީހުންނަކަށް. މާ ބޮޑަށް އަވަސްއަރުވާލައިގެން އުޅޭތީ ވާ ގޮތެއް އެއީ.

ގރ. ރަނގަޅަށް ތިޔަ ވިދާޅުވީ. މިކޮޅުގައި އަހަރުމެން ދެބެން ވެގެން މުޅި ގައުމު މި ހިފަހައްޓަނީ. ވަރަށް އޮމާންކޮށް ދަނީ. މަޖިލިސް އިންތިހާބު ވެސް ބާއްވާނަން ވަރަށް އަވަހަށް. އެކޮޅުން ވެސް ކިހާ ރަނގަޅަކަށް ގެންދެވޭނެ. ހަމަ އެއްބަޔެއްނު.

މ. ހމމމ. ތިހެން ވާންޖެހޭނީ. އެކަމަކު އަހަރުމެންގެ ދޯސްތު ވަރަށް ބޯހަރުވާނެ.

ގރ. އަދިވެސް ޔާ ޖަލުގައި ދޯ؟

މ. އާނ. އެއީ ވައުދެއްނު. އެކަން ދާނީ އެގޮތަކަށްނު.

ގރ. އެކަމަކު އެކަމުގައި ބައިވެރިވާ އެހެން މީހުން ގޭގައި އަރާމުގައި. ބްރޯ ވެސް. އެއީ ގޮތެއް ނޫނެއްނު.

މ. ވައުދު ތެރޭގައި ނުހިމެނޭ އެހެން މީހުންނެއް. އަނެއްކާ ފަނޑިޔާރުގެ އެ އޮތީ މިނިވަންވެފައެއްނު މިހާރު.

ގރ. ވަރަށް ބޮޑަށް ޝުކުރިއްޔާ. މި ގަޑީގައި ވެސް ގުޅުއްވާލެއްވީތީ. އަޅުގަނޑުގެ ފޯނުން ޗާޖުވެސް ހުސްވަނީ. ނޭގެ ޗާޖަރު ވީތަނެއް ވެސް.

މ. ކިތަށް ޕަސެންޓު.

ގރ. 5 ޕަސަންޓް.

މ. މަނިކުފާނު ވެސް 5 ޕަސަންޓުތޯ؟ ހެހެހެ. ހަމަ އެއްތާކު ދޯ؟ އޯކޭ ކަނޑާލީ. ދެން މާބޮޑު ކަމެއް ވެސް ނެތްވިއްޔާ ދޯ. ޖޯރޭ ކަންތައް ހަމަޖައްސާފަ މަ އަންގާނަން. ޝުބްރާތްރީ. ނަމަސްތޭ.

ގރ. އާނ. ދެން މިފަހަރު މިހެން ހަދާލާނީ ދޯ. ޝުބްރާތްރިޔަކް