...

Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

ދިވެހިރާއްޖެ- މިހާރަށްވުރެ ހިތްފަސޭހަ ތަނަކަށް ހެދިދާނެތަ؟

ހިތްފަސޭހަ ދިވެހިރާއްޖެ

ދިވެހި ރާއްޖެއަކީ ދުނިޔޭގައިވާ އެންމެ ހިތްގައިމު ރީތި ޖަޒީރާތައް ކަމީ އެކަކުވެސް ދެބަސްވާނެ ކަމެއް ނޫނެވެ. އަޅުގަނޑު މި ދިރާސާ ކުރީ މިރާއްޖެ މިހާރަށް ވުރެންވެސް އުޅެން ފަސޭހަ ހިތްގައިމު ތަނަކަށް ވާނީ ކިހިނަކުންތޯ ބެލުމުގެ ޝައުގު ހިތުގައި އުފެދިގެންނެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި ރާއްޖެއަކީ މިހާރުވެސް ބޭރު ގައުމުތަކުގެ މީހުން ނޭވާ ހިފަހަށްޓާލަން ޖެހޭ ފަދަ ރީތި ގައުމެއް ކަމަށް މިވަނީ މަޝްހޫރުކަން ހޯދައިފައެވެ. މިއީ މި ޖަރީރާތަކުގައި ދިރިއުޅޭ މީހުންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް އުފާވެރިކަމާއި ހިތްފަސޭހަކަން ލިބުމުގެ ގާބިލްކަން ހުރި ތަނެކެވެ. ދެމެހެއްޓެނިވި ތަރައްޤީއާއި، އިޤްތިޞާދީ ތަފާތުކުރުމާއި، އިޖުތިމާޢީ ރަނގަޅު ގުޅުންތަކާއި، ހެޔޮ ވެރިކަމެއް ފަދަ ދާއިރާތަކަށް ފޯކަސްކޮށްގެން، މިއަށް ވުރެންވެސް ބޮޑަށް މިޤައުމަށް އުޖާލާ އަދި ފާގަތި މުސްތަޤްބަލަކަށް މަގުފަހިކުރެވިދާނެ ކަމަށް މި ކުޑަ ދިރާސާއިން ދައްކައިދެއެވެ.

ދެމެހެއްޓެނިވި ތަރައްޤީ:

ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތައް ބަލައިގަތުމަކީ ރާއްޖެއަށް ކުރިއަށް އޮތް ތާނގައި ވަރަށް މުހިންމު ކަމެކެވެ. ޤައުމަށް އިސްކަންދެވޭނީ އީކޯ ފްރެންޑްލީ ފަތުރުވެރިކަމާއި، ކަނޑުގެ އަދި ބިމުގެ އިކޯސިސްޓަމްތައް ހިމާޔަތްކުރުމާއި، އިއާދަކުރަނިވި ހަކަތަ ފަދަ ކަންކަން ކުރިއަރުވައި އެއަށް އިންވެސްޓް ކުރެވިގެންނެވެ. މި އުސޫލުތައް ހިފަހަށްޓާނަމަ މިޖަޒީރާތަކުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމުގެ އިތުރުން އިގްތިސާދަށް މުހިންމު ދައުރެއް އަދާކުރާ ފަތުރުވެރިކަމުގެ ދެމެހެއްޓެނިވިކަން ވެސް ކަށަވަރުވެގެންދާނެ އެވެ. ޒިންމާދާރު މަސްވެރިކަމުގެ އުސޫލުތަކާއި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއަރުވާ ސިޔާސަތުތައް ތަންފީޒުކުރުމަކީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވެ، ދިރިއުޅުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.

އިޤްތިޞާދީ ތަފާތު ގޮތްތައް ހޯދުން:

ފަތުރުވެރިކަން ފަދަ އެއް ސިނާއަތަކަށް ބަރޯސާވުން ކުޑަކުރުމަކީ އިގްތިސާދީ ގޮތުން ކުރިއަރައި ތަނަވަސްކަން ހޯދުމަށް މުހިންމު އަދި ބޭނުންތެރި ކަމެކެވެ. އިއާދަކުރަނިވި ހަކަތަ، އިންފޮމޭޝަން ޓެކްނޮލޮޖީ، އަދި ދެމެހެއްޓެނިވި މަސްވެރިކަން ފަދަ ދާއިރާތައް ދެނެގަނެގެން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތައް ގެނެވޭނެ އެވެ. މި މިފަދަ ތަފާތު ގޮތްގޮތުން އާ ކަންކަން ކުރާނެ ގޮތު ދެނެގަނެވުމުން ވަޒީފާގެ ފުރުސަތުތައް އުފެދި، އިތުރަށް ކުރިއެރުން ލިބިގެން ދާނެއެވެ. އަދި ބޭރުގެ ގައުމުތަކަށް އަންނަ ލޮޅުންތަކުން ރާއްޖޭގެ ނާޒުކް އިގްތިސާދަށް އަސަރު ފޯރާ މިންވަރު ކުޑަވެގެންދާނެ އެވެ. މީގެ އިތުރުން ވިޔަފާރިވެރިކަމަށް ހިތްވަރުދިނުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމާއި، ރިސާޗް އެންޑް ޑިވެލޮޕްމަންޓް އިސްނެގުންތަކުގެ ތެރެއިން އީޖާދީ ކަންކަން ކުރިއެރުވުމަކީ އިގްތިސާދީ ކުރިއެރުމާއި ތަނަވަސްކަން އިތުރަށް ކުރިއަށް ދާނެ ކަމެކެވެ.

ހދ. ނޮޅިވަރަންފަރުގައި ބޭއްވި ސަގާފީ ހަރަކާތެއްގެ ތެރެއިން: މާލެއަށްވުރެ ބޮޑަށް އަތޮޅުތަކުގައި ސަގާފީ ކަންކަމަށް އިސްކަންދޭ

އިޖުތިމާޢީ ހެޔޮ ދުޅަހެޔޮކަން:

އިޖުތިމާޢީ ހެޔޮ ދުޅަހެޔޮކަމަށް އިންވެސްޓް ކުރުމަކީ ރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން އުފެއްދުމަށް އަސާސީ ކަމެކެވެ. ފެންވަރު ރަނގަޅު ޖިސްމާނީ އަދި ނަފްސާނީ ސިއްހީ ހިދުމަތްތައް ލިބޭނެ ގޮތްތައް ފަހިކޮށް، ސިއްހީ ދާއިރާގެ އިންފްރާސްޓްރަކްޗާ ފުޅާކޮށްގެން ސިއްހީ ހިދުމަތަށް ސަރުކާރުން އިސްކަންދެވިދާނެ އެވެ. ހަމަ އެފަދައިން ތަޢުލީމާއި، ވޮކޭޝަނަލް ޓްރޭނިންގއާއި، ހުރިހާ އުމުރުފުރައަކަށް އުނގެނުމުގެ ޕްރޮގްރާމްތަކަށް އިންވެސްޓް ކުރުމަކީ، ރައްޔިތުން ބާރުވެރިކޮށް، ވަޒީފާގެ ފުރުޞަތު އިތުރުވެ، އިޖުތިމާޢީ ރޮނގުން ކުރިއަރައިގެން ދާނެ ކަމެކެވެ. ޖިންސުގެ ހަމަހަމަ ކަމާއި ތަރައްގީގައި އެންމެންގެ ބައިވެރިވުން ހިމެނުމަކީ ، އިޖުތިމާޢީ ރައްކާތެރިކަމުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް މުހިންމު ކަމެކެވެ. މީގެ އިތުރުން ވެސް އާމްދަނީގެ ތަފާތުތައް ހައްލުކުރުމަކީ ހުރިހާ ފަރުދުންނަށް ކުރިއެރުމާއި ކާމިޔާބީގެ ހަމަހަމަ ފުރުޞަތުތައް ލިބޭނެ ހިތްފަސޭހަ މުޖުތަމަޢެއް އުފެއްދުމަށް މުހިންމު ކަމެކެވެ.

ހެޔޮވެރިކަމެއް:

ތަނަވަސް، އުފާވެރި ޤައުމެއް ބިނާކުރުމަށް ހެޔޮވެރިކަމެއް ކޮންމެހެން ބޭނުންތެރިއެވެ. މުއައްސަސާތައް ހަރުދަނާ ކުރުމާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ސަމާލުކަން ދެވިދާނެއެވެ. ގާނޫނުގެ ވެރިކަން ކަށަވަރުކޮށްދީ، އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ޖަވާބުދާރީވުން އާލާކޮށްގެން، އިންވެސްޓްމަންޓަށް ހިތްވަރުދީ، އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތްކޮށް، ވިޔަފާރި ކުރިއެރުމަށް އެހީތެރިވެދޭ މާހައުލެއް ސަރުކާރަށް އުފެއްދިދާނެ އެވެ. ކަންކަން ހިންގުމާއި ރޭވުންތަކުގައި ރައްޔިތުން ބައިވެރިކުރެވޭ އުސޫލެއް ގާއިމު ކުރެވުމުން ތަރައްގީ ހަލުއިވެ އެކަމުގެ ސަބަބުން ދިވެހީންގެ އަމިއްލަވަންތަ ކަމުގެ ފަޚުރުވެރިކަން އިޙްސާސް ކުރެވޭނެއެވެ.

ނިންމާލަމުން:

ނިންމާލަމުން ދަންނަވާނަމަ ގިނަ މީހުން ސުވަރުގެ ފަދަ މަންޒިލެއްގެ ގޮތުގައި ދެކޭ ރާއްޖެއަށް ކުރިމަތިވާ ކޮންމެ ގޮންޖެހުމަކުން ރާއްޖޭގެ ހުރިހާ ރަށްރަށެއްގެ އުފާވެރިކަމަށް އަސަރު ފޯރާނެ އެވެ.

އެހެންކަމުން ތިރީގައި މިވާ ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.

*) އިޤްތިޞާދީ ތަފާތު ކަންކަން ކުރިއެރުވުމާއި އާމްދަނީގެ ތަފާތުތައް ކުޑަކުރުން.
*) ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބަލަހަށްޓައި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް އިސްކަންދިނުން.
*) ހެލްތްކެއާ އިންފްރާސްޓްރަކްޗަރ އާއި ތައުލީމީ ފުރުސަތުތަކަށް އިންވެސްޓްކުރުން.
*) ބަލިމީހުންނާއި ނިކަމެތީންނަށް އެހީތެރިވުމަށް އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން.
*) ނަފްސާނީ ސިއްހަތަށް ޚާއްސަގޮތެއްގައި ހޭލުންތެރިކަން އިތުރުކޮށް، އެހީތެރިވުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުން.
*) މުހިންމު ނިންމުންތައް ނިންމުމުގެ ނިޒާމުގައި ކޮމިއުނިޓީގެ ބައިވެރިކުރުން އިތުރަށް ހިމެނުން.
*) ހެޔޮވެރިކަމާއި، ހާމަކަން ބޮޑުކަމާއި، ޖަވާބުދާރީވުން އިތުރަށް ކުރިއެރުވުން.

މިދެންނެވި ފިޔަވަޅުތައް ތަންފީޒުކޮށްގެން، ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ ރައްޔިތުންނަށް އުފާވެރިކަމާއި، ދުޅަހެޔޮކަމާއި، ތަނަވަސްކަން ލިއްބައިދޭ މާހައުލެއް އުފެއްދި ދާނެކަމަށް މި ކުރު ދިރާސާއިން ދައްކައިދެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.