Support Us

އުނިމާ ޕާކިންގ ޒޯން: ހުޅުމާލޭގައި ޕާކް ކުރުމަށް ބޮޑު ހައްލެއް

ރެޑްވޭވް މެގަމޯލް ކައިރީގައި ހަދާފައިވާ އުނިމާ ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަ ކުއްޔަށްދިނުމަށް އަރބަންކޯ އިން ވަނީ ހުޅުވާލާފައެވެ. ބީލަމުގެ އުސޫލުން ދޫކުރުމަށް ޖުމުލަ 10 ޖާގަ ހުޅުވާލާފައި ވާއިރު ބީލަން ފެށޭ އަގަކީ 1،500 ރުފިޔާއެވެ. އަދި މި ޖާގަތައް ކުއްޔަށް ދިނުމަށް ކަނޑައެޅިވަފިވަނީ 12 މަސްދުވަހުގެ މުއްދަތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުން، އުމުރުން 18 އަހަރު ފުރިފައިވުން، އަދި އެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރަކަށް ޕާކުކުރަން ބޭނުންވާ ކާރު ވުން ހިމެނެއެވެ. އަދި އެފަރާތަކީ އަރބަންކޯ މިވަގުތު އެއްވެސް ޕާކިން ޖާގައެއް ކުއްޔަށް ހިފާފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެއެވެ.

މި ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބީލަމުގެ ގޮތުގައި ހުށަހަޅާ އަގަށް 80 ޕޮއިންޓު، އަދި އެ ނޭބަރހުޑްގައި ދިރިއުޅޭ ފަރާތްތަކަށް 20 ޕޮއިންޓު ކަނޑައަޅާފައި ވެއެވެ. މި ބީލަމާބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެއެވެ.

"މިކަމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭގައި ފަސޭހަކަމާއި އަދި ހަމަހަމަކަމާއެކު ކާރު ޕާކު ކުރުމަށް މަގުފައި ކޮށްދިނުމެވެ. ޖާގައިގެ ދަތިކަމުގެ ސަބަބުން ވެހިކަލް ޕާކު ކުރުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް އަރބަންކޯއިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ." އަރބަންކޯއިން ބުންޏެވެ. "މިގޮތުން ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ޕާކިންގ ސޮލިއުޝަން މި ކޯޕަރޭޝަނުން މިވަނީ މި ހަފުތާ ތެރޭގައި ތައާރަފުކޮށްފައެވެ. ފުރަތަމަ ސްމާޓް ޕާކިންގ ޒޯންގެ ގޮތުގައި ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ސްމާޓް ޕާކިންގ ޒޯނު ހުޅުވައި، އިތުރު ސްމާޓް ޕާކިންގ ޒޯނުތައް ތައާރަފު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން މިވަގުތު ދަނީ ކުރަމުންނެވެ. ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ އިންގިލާބީ ބަދަލެއް ޕާކިންގެ ކަންކަމަށް ގެނައުމަކީ މި ކުންފުނީގެ އުއްމީދެކެވެ."