Support Us

މަތިވެރީގެ ފެނުގެ ނިޒާމް އެމް.ޑަބްލިޔު.އެސް.ސީން ޤާއިމްކޮށް ނިންމާލައިފި

އއ. މަތިވެރީގެ ފެނުގެ ނިޒާމް އެމް.ޑަބްލިޔު.އެސް.ސީން ޤާއިމްކޮށް ނިންމާލައިފިއެވެ.

މަތިވެރީގެ ފެނުގެ މަޝްރޫޢަކީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 38.82 މިލިއަން ރުފިޔާއެވެ.

މަތިވެރީ ފެނުގެ ނިޒާމް ގުޅުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ޕްލޭނިންގ މިނިސްޓްރީ އާއި ސްޓެލްކޯ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ޓީމުން އެ ރަށަށް ގޮސް ކަމަށް ވެސް އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، މަތިވެރީގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރި ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، ފެން ރައްކާކުރުމަށް ތާނގީ ބަހައްޓައި، ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދޭނެއެވެ.

މި މަޝްރޫޢުގެ ސަބަބުން މަތިވެރީގެ ރައްޔިތުންނަށް ސާފު ބޯފެނާއި ނިޒާމެއް ލިބިގެންދާނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ.