Support Us

ސްޕޯޓްސް އެންޑް ރިކްރިއޭޝަނަށް ޔޫތު މިނިސްޓްރީއަށް ހުޅުމާލޭން ބިމެއް ދީފި

ސްޕޯޓްސް އެންޑް ރިކްރިއޭޝަންގެ މަސައްކަތަށް ޔޫތު މިނިސްޓްރީއަށް ހުޅުމާލޭން ބިމެއް ދީފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 5.4 ހެކްޓަރުގެ މި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފާއި އަރބަންކޯގެ އެމްޑީ އަހުމަދު އާތިފެވެ.

"ހުޅުމާލެ އަކީ އަރބަން ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި މި ކުންފުނިން ކުރަމުން އަންނަ އެއް ކަމަކީ ޒުވާނުންނާ ގުޅުން ހުރި ކުޅިވަރުތަކާއި، އެހެނިހެން ރިކްރިއޭޝަން ހަރަކާތްތަކަށް ހުޅުމާލޭގައި ފުރުސަތު ހޯދައިދިނުމެވެ." ބިން ހަވާލުކުރުމުގެ ރަސްމީޔާތަށްފަހު އަރބަންކޯ އިން ނެރުނު ބަޔާނެއްގައިވެއެވެ.

މި ބިން ބޭނުންކުރަން ހަމަޖެހިފައިވާ ގޮތުގެ އެއްވެސް ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.