Support Us

ފޭސް ދޭއްގެ ހަތް ވަނަ މިސްކިތް ބިނާކުރަން ހަވާލުކޮށްފި

ހުޅުމާލޭ ފޭސް ދޭއްގައި އިތުރު މިސްކިތެއް ޤާއިމު ކުރުމަށް މިއަދު ސޮއިކޮށްފިއެވެ. މިއީ އަލަށް މީހުން އާބާދުވެގެން އަންނަ ފޭސް ދޭއްގައި ބިނާކުރާ ހަތް ވަނަ މިސްކިތެވެ.

އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބިނާކުރާ މި މިސްކިތަކީ 11،643 އަކަފޫޓުގެ ބިމެއްގައި ޤާއިމު ކުރެވޭ މިސްކިތެކެވެ. ތިން ފަންގިފިލާގެ މި މިސްކިތަކީ 521 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އަރބަންކޯ އިން ބުނެއެވެ.

މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި އައި.ސީ.އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފަޔާޒެވެ. އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ.

އެތައް ހާސް ބަޔަކު ދިރިއުޅޭ ހުޅުމާލޭ ފޭސް ދޭއްގައި މިހާރު ވަގުތީ މިސްކިތްތަކުގެ އިތުރުން ދާއިމީ އެއް މިސްކިތް އެބަހުއްޓެވެ. އަދި ނިމުމާ ކައިރީގައި ބައެއް މިސްކިތް އެބަހުއްޓެވެ.

"ހުޅުމާލެ އަކީ ހުޅުމާލޭގައި ދިރިއުޅޭ އެންމަހާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ ބޭނުންތަކެއް ހިމެނިގެން ތަރައްޤީ ކުރެވޭ ރަށަކަށް ހެދުމަށް އަރބަންކޯގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ." އަރބަންކޯގެ ބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *