Support Us

ކްލޭއިން ތަކެތި އުފައްދާ ސްޓޫޑިއޯއެއް ހުޅުމާލޭގައި ހުޅުވައިފި

ކްލޭއިން ތަކެތި އުފައްދާ ސްޓޫޑިއޯއެއް ހުޅުމާލޭގައި ހުޅުވައިފިއެވެ. މިއީ ރާއްޖޭގައި ހިންގާ ޕޮޓަރީ އަދި ކްލޭ އާޓްގެ ފުރަތަމަ ސްޓޫޑިއޯއެވެ.

ރެއިން ކްރެސްޓް ރެސިޑެންސް އިމާރާތުގެ ތިރީބައިގައި ސެރަމިކް އާޓް އަދި ޕޮޓަރީ ތައްޔާރުކުރާ ކްލޭ ސްޓޫޑިއޯ ހުޅުއްވައިދެއްވީ ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފެވެ.

މި ސްޓޫޑިއޯ އިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ޕޮޓަރީ އަދި ސެރަމިކް އާޓްގެ ފަންނު ދަސްކޮށްދިނުމަށް ކޯސްތައް ހިންގުމާއި އެ މަސައްކަތް ތަޖުރިބާކޮށްލަން ބޭނުން މީހުންނަށް އެ ފުރުސަތު ދިނުން ހިމެނެއެވެ. އޭގެ ތެރޭގައި ރައްޓެހިންނާއި އެކުވެރިންނާ އެކު ނެގޭ ގަޑިތަކާއި އެކަނި ނެގޭ ގަޑިތައް ވެސް ހިމެނެއެވެ. އަދި ކުޑަކުދިންނަށް ވެސް މި ފަންނު ދަސްކޮށް ތަޖުރިބާކުރުމުގެ ފުރުސަތު މި ސްޓޫޑިއޯއިން ފަހިކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރަށް އެކި ވޯކްޝޮޕްތަކާއި ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ މައުރަޒުތައް ބޭއްވުމާއި ފްރީލާންސް އާޓިސްޓުންނަށްވެސް ސްޓޫޑިއޯ ބުކްކޮށް ބޭނުންކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.