Support Us

"ފެމިލީ ގްރޯސަރ"ގެ މީހަކު އަލްމުދިޝް ކިރު ޕެކެޓެއް ދައްކާލަނީ.. -ފޮޓޯ: އަދިވެސް

އަލްމުދިޝް ކިރު ޕެކެޓެއް ގަނެގެން ތުރުކީ ދަތުރު ހޯދުމުގެ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

އަލްމުދިޝް ކިރު ޕެކެޓެއް ގަނެގެން ތުރުކީ ދަތުރާއި އެހެނިހެން އަގުހުރި އިނާމުތައް ހޯދުމުގެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ މުއްދަތު ސިބްކޯ އިން އިތުރުކޮށްފިއެވެ.

ސިބްކޯ އަކީ އޮމާނުގެ އުފެއްދުމެއް ކަމަށްވާ އަލްމުދިޝްގެ ރާއްޖޭގެ އޯތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލްކަމެއް ހޯދައިފައިވާ އަލްމުދިޝް ކިރު ސިބްކޯއިން އެތެރެކުރާތާ މިހާރު ހަތް އަހަރުވެއްޖެއެވެ.

ސިބްކޯގެ މާކެޓިން މެނޭޖަރ އަހުމަދު ހާނީ ނައީމު މިއަދު ވިދާޅުވީ އެ ކުންފުނިން މި އަހަރު ޖަނަވަރީގައި ފެށި މި ހާއްސަ ޕްރޮމޯޝަންގައި އަލްމުދިޝް ކިރު ޕެކެޓެއް ގަނެގެން ދެ މީހަކަށް ތުރުކީއަށް ދިއުމުގެ ޓިކެޓާއި 500 ޑޮލަރުގެ އިތުރުން ވެސް އަގުހުރި އިނާމުތައް ހޯދުމުގެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ މުއްދަތު އަންނަ އެޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

"ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް މި ޕްރޮމޯޝަނަށް ލިބެމުން އަންނަނީ. އެހެންވެ ކަސްޓަމަރުންގެ އެދުމުގެ މަތީން ޕްރޮމޯޝަންގެ މުއްދަތު އެޕްރީލްގެ ނިޔަލަށް އިތުރުކުރީވެސް،" ހާނީ ވިދާޅުވިއެވެ.

ހާނީ ވިދާޅުވީ ހެންވޭރު ޖަނަވަރީމަގުގައި ހުންނަ "ފެމިލީ ގްރޯސަރ"ގެ އިތުރުން، މާލެ އާއި އަތޮޅުތަކުގެ އެކިއެކި ފިހާރަތަކުން އަލްމުދިޝް ކިރު ޕެކެޓް ގަންނަން ލިބޭނެ ކަމަށާއި، އެޕްރީލްގެ ނިޔަލަށް ވިއްކާ ކޮންމެ ޕެކެޓެއްގައި ވެސް ސްޓިކާ ތަތްކޮށްފައި ހުންނާނެ ކަމަށެވެ.

ތުރުކީ ދެ ޓިކެޓާއި 500 ޑޮލަރުގެ އިތުރުން އެހެނިހެން އަގުހުރި އިނާމުތައް ހޯދުމަށްޓަކައި އަލްމުދިޝް 800ގ. 1800ގ. އަދި 2250ގ. ކިރު ޕެކެޓުގައިވާ ސްޓިކަރގައި ހިމެނޭ ސިއްރު ކޯޑު ކަހާލުމަށްފަހު ކިޔު އާރު ކޯޑު ސްކޭންކޮށްލާފައި ޕޯޓަލްގައި މަޢުލޫމާތު ފުރާލުމުން، ގުރުއަތުގައި ބައިވެރިވެވޭނެއެވެ. އިނާމުތައް ލިބޭނީ ގުރުއަތުން ހޮވޭ ފަރާތްތަކަށެވެ.

ސިއްރު ކޯޑު ކަހާލައިފައިވާ އަލްމުދިޝް ކިރު ޕެކެޓެއްގެ ސްޓިކަރއެއް

ހުށަހެޅިފައިވާ އިނާމުތައް

  • 1 ވަނަ އިނާމު: 2 މީހަކަށް ތުރުކީވިލާތު ދަތުރެއް އަދި 500 ޑޮލަރު
  • 2 ވަނަ އިނާމު: އައިފޯން 14
  • 3 ވަނަ އިނާމު: ޕްލޭ ސްޓޭޝަން 5
  • ނަސީބުވެރި އިތުރު 10 މީހަކަށް 1،000ރ