Support Us

ބީ.އެމްލްގެ ސީ.އީ.އޯ އާއި ޑެޕިއުޓީ ސީ.އީ.އޯ

ބީ.އެމް.އެލްގެ އެކައުންޓުތަކުން ކުރާ ވައްކަންތައް ހާމަކުރާން ބޮޑު ވައިބަރ ގްރޫޕެއް

ބީ.އެމް.އެލް އެކައުންޓުތަކުން ކުރާ ވައްކަންތައް ހާމަކޮށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމަށް ބޮޑު ވައިބަރ ގްރޫޕެއް ހަދައިފިއެވެ. "ބީ.އެމް.އެލް ވިކްޓިމްސް"ގެ ނަމުގައި އިއްޔެ ތައާރަފުކުރި މި ވައިބަރ ކޮމިއުނިޓީ ގްރޫޕުގައި މިއަދު މެންދުރު 12 ޖެހުމާ ހަމައަށް ދެ ހާހަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

"ބީ.އެމް.އެލް ވިކްޓިމްސް"ގެ ބޭނުމަކީ ބީ.އެމް.އެލްގައި ހުޅުވާފައި އެކައުންޓުތަކުން ކެނޑިނޭޅި، ބޮޑެތި އަދަދުތަކުން ވައްކަންތައްކުރުން ތަކުރާރުވެފައި ވީ ނަމަވެސް، އެކަމުގައި ބޭންކުގެ ވެސް، އަދި ސަރުކާރުގެ ފަރާތުން އެދެވޭ ހައްލެއް ލިބިފައި ނެތުމުން، އެ ހުރިހާ ފަރާތްތަކާއި މީޑިއާގެ ސަމާލުކަމަށް އެ ވައްކަންތަކުގެ މައުލޫމާތު އެންމެން ގުޅިގެން ހިއްސާކޮށް އެ ކަމަށް ހައްލެއް ހޯދުން ކަމަށް އެ ގްރޫޕު އުފެއްދި މީހުން ބުނެފައިވެއެވެ. އަދި ރާއްޖޭގެ ބައެއް މީޑިއާތަކަށް ބީ.އެމް.އެލް އިން ސްޕޮންސަރ ދީ އެ މީހުންގެ އަނގަބަނދެފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

"ބީ.އެމް.އެލް ވިކްޓިމްސް" ގްރޫޕުގައި ބައިވެރިވާ ގިނަ މީހުން ދަނީ އެ މީހުންގެ އެކައުންޓުން ވަގަށް ނެގި ފައިސާތަކުގެ ތަފްސީލާއި، އެކަންކަން ހައްލުކުރުމަށް ބޭންކުގެ އިތުރުން ފުލުހުންނާ ގުޅައިގެން ކުރި މަސައްކަތްތަކުގެ ތަފްސީލް ވެސް ހާމަކުރަމުންނެވެ.

ބައެއް މީހުން ގޮވަމުންދަނީ ވައްކަންތަކުގެ ސަބަބުން ބީ.އެމް.އެލް ބޮއިކަޓްކުރުމަށެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް މި ވައްކަންތައް ކުރަމުންދަނީ ބޭންކުގެ މުވައްޒަފުންނާ ގުޅިގެން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ. ބީ.އެމް.އެލްގެ އެކައުންޓްތަކުން ފައިސާ ވަގަށް ނެގުމުގައި ބައެއް މުވައްޒަފުން ބައިވެރިވެފައިވާކަން ވަނީ ކިތަންމެ ފަހަރަކު ފަޅާއަރައިފައި ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

("ބީ.އެމް.އެލް ވިކްޓިމްސް" ވައިބަރ ގްރޫޕާ ގުޅުމަށް މި ލިންކަށް ފިތާލާ) 



ދިވެހި ރައްޔިތުންގެ ބޭންކު ކަމަށް ދައުވާކުރާ ބީ.އެމް.އެލްގެ އިހުމާލާއި ފަރުވާކުޑަ ކަމުގެ މައްސަލަތައް ވަނީ ފުނިޖެހިފައެވެ. ބީ.އެމް.އެލްގެ އިހުމާލުން ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓްތައް ކަމާ ނުބެހޭ މީހަކަށް ދިނުމުން އޭނާ ވަދެ އޭގެން ފައިސާގެ މުއާމަލާތެއް މިދިޔަ އަހަރު  ވަނީ ހިންގައިފިއެވެ. އަދި ބީ.އެމް.އެލްގެ ނަމުގައި އެކި މީސްމީހުން ފޯނުކޮށް، މަކަރާއި ހީލަތުން އެކައުންޓް ނަންބަރާއި ޕާސްވޯޑް ހޯދައިގެން އެކި މީހުންގެ އެކައުންޓުން ފައިސާ ނެގުން ރާއްޖޭގައި ވަނީ އާންމުވެފައެވެ. އަދި ބޭންކުގެ އެކައުންޓްތަކުން ބީ.އެމް.އެލްގެ މުވައްޒަފުންވެސް ވަގަށް ފައިސާ ނަގާކަން ވަރަށް ގިނަ ފަހަރު ވަނީ ފަޅާއަރައިފައެވެ. މީގެ އިތުރުން އިންޓަނެޓް ބޭންކިންގެ ހިދުމަތް އިރުއިރުކޮޅާ މެދުކެނޑުމާއި އެކައުންޓުގައި ހުންނަ ފައިސާގެ އަދަދު ސުމަކަށް ބަދަލުވުމާއި އޭޓީއެމްތަކުންނާއި ޕީ.އޯ.އެސް އިން ހިދުމަތް މެދުކެނޑިފައި ގިނަ އިރުތަކަކު ހުންނަންޖެހުމާއި ވަރަށް ގިނަ ފަހަރު އޭޓީއެމްތަކުން ފައިސާ ހުސްވެފައި ހުރުން ފަދަ އެތައް ކަމަކާ ހުރެ އާންމުންގެ ޝަކުވާ އަބަދުމެ އޮންނަނީ ފުނިޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޑިސްޕިއުޓް ހުށަހެޅުމުން، އެތައް ދުވަހެއްކޮށްފަ ޖަމާކޮށްދިިނީ މަދުން. ކީއްވެގެންތޯ ސުވާލުކުރުމުން ބޭންކުން ބުނީ އެއީ ޓްރާންސެކްޝަން އަށް ކަނޑާފައޭ!އެއީ އަޅުގަނޑު ކުރިކަމެއްނޫންނެއްނޫންތޯ ބުނީމަވެސް އެކެނޑިބައި ނުދިންތާނގަ ކާދުވެސް ހަދާނުދޭތާ ދެއަހަރުދުވަހަށް ވުރެވެސް ގިނަދުވަސްވީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *