Support Us

ބީ.އެމްލްގެ ސީ.އީ.އޯ އާއި ޑެޕިއުޓީ ސީ.އީ.އޯ

އަނެއްކާ ވެސް ބީ.އެމް.އެލްގެ އެކައުންޓަކުން ބޮޑު ވައްކަމެއް

ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ އެކައުންޓަކުން އަނެއްކާ ވެސް ބޮޑު ވައްކަމެއް ކުރި މައްސަލައެއް ފަޅާއަރައި، އެ ވައްކަން ކުރި ގޮތް ވަރަށް ތަފްސީލްކޮށް މީހަކު ކިޔައިދޭ ޕޯސްޓެއް މީސްމީޑިއާގައި ދައުރުވަމުން އެބަދެއެވެ.

މާލޭ ކައިރި ރިސޯޓެއްގައި މަސައްކަތްކުރާ ސަންރައިސް ޖަމްބެ ނަމަކަށް ކިޔާ އެ މީހާގެ އެފް.ބީގައި ޕޯސްޓުކޮށްފައިވާ ވީޑިއޯ މެސެޖުގައި ބުނީ އޭނާގެ އެކައުންޓުން ވިޔަފާރިކޮށް، އަދި ޑޮލަރު އެކައުންޓުގައި ހުރި ފައިސާ ރުފިޔާ އެކައުންޓަށް ބަދަލުކުރަމުންދިޔައީ އޭނާ އެޕުން ބަލަން އިންދާ ކަމަށާއި އެކަމުގައި ބެންކަށް ކުރެވުނު ކަމެއް ނެތް ކަމަށާއި ބުނީ ފުލުހުންނަށް ގުޅުމަށް ކަމަށެވެ.

"ބެންކު އޮފް މޯލްޑިވްސްގައި އޮތް އަޅުގަނޑުގެ އެކައުންޓް ތިން މިނިޓް ތެރޭގައި ބަޔަކު ކޮށްލި ވައްކަން. މީ މި ބެންކު ބޭނުން ކުރާ ކޮންމެ ފަރާތެއްވެސް ވިސްނަންޖެހޭ ބޮޑު މައްސަލައެކެވެ. މީގެ އެންމެ ދެރަކަމަކީ މިކަމުގެ އެއްވެސް ޒިންމާއެއް ބެންކު ނުނަގާކަން. އޭގެ ސަބަބުން ޗޯރުން ބޭނުން ގޮތަކަށް ދަނީ ބެންކު އޮފް މޯލްޑިވްސްގައި ހުންނަ ރައްޔިތުންގެ ލާރި ނަގަމުން. މިޔަކީ ލިންކަކަށް ފިއްތައިގެން ދިމާވާ ކަމެއް ނޫން. މީގެ ސިއްރު ބެންކުން ހޯދާ! ހޯދޭނެ،" ވީޑިއޯގެ ތައާރަފެއްގެ ގޮތުން އޭނާ ލިޔެފައިވެއެވެ.

މި ޕޯސްޓާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ ކޮމެންޓްކުރަމުންނެވެ. ގިނަ މީހުން ބުނަނީ މިފަދަ ކަންކަން ހިންގަނީ ބޭންކުގެ މުވައްޒަފުން އަޑީގައި ތިބެގެން، އެ މީހުންނާ ގުޅިގެން ކަމަށެވެ.

މި ޕޯސްޓާ ގުޅިގެން މައުލޫމާތު ސާފުކޮށްލުމަށް ބީ.އެމް.އެލްގެ މީޑިއާއާ ބެހޭ އޮފިޝަލަކަށް "އަދިވެސް" އިން މިއަދު ގުޅުމުން އޭނާ ވިދާޅުވީ މިފަދަ ވަކިވަކި ކޭސްތަކާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ނުދެއްވާ ކަމަށާއި ނަމަވެސް މިފަދަ ސްކޭމްތަކާ ބެހޭ ގޮތުން ބޭންކުން ނެރެފައިވާ ބަޔާނެއް އެބައޮތް ކަމަށެވެ. އޭނާ ފޮނުއްވި އެ ބަޔާން ތިރީގައި މި ވަނީއެވެ.

"މިހާރަކަށް އައިސް މަކަރާއި ހީލަތުން ކަސްޓަމަރުންގެ އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމް އަދި ޕާސްވޯޑް ހޯދައިގެން އިންޓަރނެޓް ބޭންކިންގ އަށް އެކްސެސްވެ، ފިހާރަތަކަށް އެޕް މެދުވެރިކޮށް ކިއު އާރު ޕޭމަންޓްތައް ހަދަމުން އަންނަކަން މިވަނީ ފާހަގަކުރެވިފައެވެ. އަޅުގަނޑުމެން ކަސްޓަމަރުންގެ ކިބައިން އެދެނީ ބީއެމްއެލް އަދި އެކި މުއައްސަސާތަކުގެ ނަމުގައި ފޮނުވާ ސްކޭމް މެސެޖުތަކުގައި ހުންނަ އެއްވެސް ލިންކެއް ނުހުޅުވުމަށެވެ. އިންޓަރނެޓް ބޭންކިންގ އަށް ލޮގިންވާ ކޮންމެ ފަހަރަކު ބޭންކުން މިދަނީ ނޮޓިފިކޭޝަންވެސް ފޮނުވަމުންނެވެ. ކަސްޓަމަރަށް ނޭގި ލޮގިން ކޮށްފިނަމަ ވަގުތުން އިންޓަރނެޓް ބޭންކިންގ ޕާސްވޯޑް ރިސެޓްކުރުމަށްވެސް އިލްތިމާސްކުރަމެވެ. އަދި އެއްވެސް ފަރާތަކާ އިންޓަރނެޓް ޔޫސަރނޭމް އަދި ޕާސްވޯޑް ހިއްސާނުކުރާށެވެ. މީގެ ކުރިން ސްކޭމްތަކުގައި އާންމުކޮށް އީމެއިލް ކޮންމްޕްރޮމައިޒްވުމުގެ ނަތީޖާއެއްގެ ގޮތުން އީމެއިލަށް ލިބޭ އޯޓީޕީ، ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމުގެ ފުރުސަތު ހުއްޓުވުމުގެ ގޮތުން ބޭންކުންވަނީ އީމެއިލް މެދުވެރިކޮށް އޯޓީޕީ ފޮނުވުން ހުއްޓާލާފައެވެ. ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް ދިވެހިރާއްޖޭގައިވެސް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގައި ދަނީ އެކި އުކުޅުތައް ބޭނުންކުރަމުންނެވެ. މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ގޮތްތަކަށް ބަދަލުތައް އަންނަމުންދާއިރު، ބޭންކުން ވެސް މިދަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް މަސައްކަތްތައް ކުރަމުންނެވެ. އަޅުގަނޑުމެން ކަސްޓަމަރުންގެ ކިބައިން އެދެނީ ސްކޭމް ހިންގާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ދެނެގަނެ، އެއްވެސް ޒާތީ މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާނުކުރެއްވުމެވެ."

ދިވެހި ރައްޔިތުންގެ ބޭންކު ކަމަށް ދައުވާކުރާ ބީ.އެމް.އެލްގެ އިހުމާލާއި ފަރުވާކުޑަ ކަމުގެ މައްސަލަތައް ވަނީ ފުނިޖެހިފައެވެ. ބީ.އެމް.އެލްގެ އިހުމާލުން ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓްތައް ކަމާ ނުބެހޭ މީހަކަށް ދިނުމުން އޭނާ ވަދެ އޭގެން ފައިސާގެ މުއާމަލާތެއް މިދިޔަ އަހަރު  ވަނީ ހިންގައިފިއެވެ. އަދި ބީ.އެމް.އެލްގެ ނަމުގައި އެކި މީސްމީހުން ފޯނުކޮށް، މަކަރާއި ހީލަތުން އެކައުންޓް ނަންބަރާއި ޕާސްވޯޑް ހޯދައިގެން އެކި މީހުންގެ އެކައުންޓުން ފައިސާ ނެގުން ރާއްޖޭގައި ވަނީ އާންމުވެފައެވެ. އަދި ބޭންކުގެ އެކައުންޓްތަކުން ބީ.އެމް.އެލްގެ މުވައްޒަފުންވެސް ވަގަށް ފައިސާ ނަގާކަން ވަރަށް ގިނަ ފަހަރު ވަނީ ފަޅާއަރައިފައެވެ. މީގެ އިތުރުން އިންޓަނެޓް ބޭންކިންގެ ހިދުމަތް އިރުއިރުކޮޅާ މެދުކެނޑުމާއި އެކައުންޓުގައި ހުންނަ ފައިސާގެ އަދަދު ސުމަކަށް ބަދަލުވުމާއި އޭޓީއެމްތަކުންނާއި ޕީ.އޯ.އެސް އިން ހިދުމަތް މެދުކެނޑިފައި ގިނަ އިރުތަކަކު ހުންނަންޖެހުމާއި ވަރަށް ގިނަ ފަހަރު އޭޓީއެމްތަކުން ފައިސާ ހުސްވެފައި ހުރުން ފަދަ އެތައް ކަމަކާ ހުރެ އާންމުންގެ ޝަކުވާ އަބަދުމެ އޮންނަނީ ފުނިޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. އަބަދުވެސް އަހަރެން މިބުނަނީ ވައްކަން މިކުރަނީ ސީދާ ބޭންކުންނޭ….މުޅި ބޭންކު އޯވަހޯލް ކޮށްގެން ނޫނީ ތޔަކަމެއް ނުހުއްޓުވޭނެ.

  2. Dhivehi bank akah ithubaareh nukureveyne. Aharenge beybege accountun 30,000 Rf gellunu hadhaanveg 2012 vana aharu. Bank ah dhiyaama emyhun can’t zimmaain rekifai.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *