Support Us

ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން ފަށައިފި

ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށައި، ގިނަ އަދަދެއްގެ ވެހިކަލްތަކެއް އެޗް.ޑީ.ސީން މިއަދު ނަގައިފިއެވެ.

ހުޅުމާލޭ މަގުތަކާއި ޕާކިން ޒޯންތަކާއި ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ހަލާކުވެ އަދި ސުންބޯޑުގައި ހުރި އުޅަނދުތައް ބަލައި ސަރވޭ ރިޕޯޓެއް އެކުލަވާލައިފައިވާ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އަދި ގަވައިދާ ހިލާފަށް އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގިނަ ދަތިތަކާ ކުރިމަތިވަމުންދާތީ، އެ ވެހިކަލްތައް ނެގުމުގެ މަސައްކަތް ކަމާ ބެހޭ މުވައްސަސާތަކާ ގުޅިގެން ކުރާނެ ކަމަށް ހުސްވި ޑިސެމްބަރު މަހުގެ 26 ގައި އެޗް.ޑީ.ސީން ވަނީ އާންމުކޮށް އިއުލާންކޮށްފައެވެ.

ނަމަވެސް އެ އިއުލާނަށް އިޖާބަނުދީ، ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް މިއަދު ވަނީ ނަގަން ފަށައިފައެވެ. ނަމަވެސް މިއަދު ނަގައިފައި ވަނީ ކިތައް އުޅަނދު ކަމެއް އެޗް.ޑީ.ސީއަކުން ނުބުނެއެވެ.